މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ކުރި ރިޝްވަތު ފަސް ދައުވާ ސާބިތުނުވެ, އޭނާ މިއަދު ސަލާމަތްވެއްޖެ އެވެ.

މައުމޫންގެ މައްޗަށް ދައުލަތުން ދައުވާކުރީ ޕީޕީއެމްގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުރިއިރު 2016 ވަނަ އަހަރު މޯލްޑިވްސް ގޭހާއި މުއާމަލާތްކުރި ކުންފުންޏެއްގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެ އެވެ.

Ad
rt

އެ މައްސަލާގައި ރިޝްވަތުގެ ހަތް ދައުވާއެެއް އޭނާގެ މައްޗަށް އުފުލިއިރު,އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވެ ކުރިން އޮތީ، 12 އަހަރާއި ނުވަ ނުވަ މަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

ބާކީ ފަސް ދައުވާގައި ކްރިމިނަލް ކޯޓުން މިއަދު ނިންމީ މައުމޫންގެ މައްޗަށް އެ ދައުވާތައް ސާބިތުނުވާ ކަމަށެވެ.

މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަ ބަލަމުން ދަނިކޮށް މައުމޫން ރާއްޖެއިން ބޭރަށް ގޮސް ގިނަ ދުވަސްތަކެއް ވަންދެން އުޅުނީ ރާއްޖެއިން ބޭރުގަ އެވެ. ނަމަވެސް 2024 ވަނަ އަހަރު އޭނާ ރާއްޖެ އައުމުން، އޭނާ ފުރުން މަނާކޮށް, ދައުވާކުރި އެވެ