ލޯންޗެއް ބަންޑުންޖަހާލައި، މީހުން ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފި
ކ. ގުޅީފަޅު ކައިރިން ދަތުރުކުރަމުންދަނިކޮށް، ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއް ބަންޑުންޖަހާލައިފިއެވެ. މި ހާދިސާގައި ކަނޑުވި މީހުންނަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. “ބުލެޓް ސްޕީޑް” ނަމަކަށް ކިޔާ މި ލޯންޗު ބަންޑުންޖަހާލިއިރު، އޭގައި 9 ފަތުރުވެރިންނާއި، 2 ފަޅުވެރިންގެ އިތުރުން ލޯންޗުގެ ކެޕްޓަން ހިމެނޭހެން ޖުމްލަ 12 މީހުން ތިއްބެވެ. ލޯންޗު ބަންޑުންޖަހާލުމާ ގުޅިގެން ކަނޑުވެފައި ތިއްބައި މި އެންމެން ފުރަތަމަ ނަގާ...