ގަސްމުށިތަކެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރި މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ސ. ހިތަދޫ، ވެހެތާނުގެ، އަބްދުﷲ ސޯދިގުގެ މައްޗަށް އެ ހުކުމް އައީ ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއްގައި 2024 ވަނަ އަހަރު ރާއްޖެ އައުމުން އޭނާ ހުއްޓުވައި ފާސް ކުރިއިރު އޭނާގެ ލަގެޖުން ފެނުނު ވާސްތަކެއްގެ ތެރެއިން 300 އެއްހާ ގްރާމްގެ މަސްތުވާތަކެތި ފެނުމުންނެވެ.
ކްރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު އިއްވި ހުކުމްގައި ބުނީ އެ ތަކެއްޗާ ގުޅިގެން ސުވާލުކުރުމުން، ދޮގުހަދައި އޮޅުވާލަން އޭނާ މަސައްކަތްކޮށްފައިވާ ކަމަށެވެ. ދޮގު ހަދައި އޮޅުވާލަން މަސައްކަތްކުރަން ޖެހޭނީ ކަމެއް ފޮރުވަން ކަމަށް ހުކުމްގައިވެ އެވެ.
މަސްތުވާތަކެތި ފެނިފައިވަނީ އޭނާ ރާއްޖެ އައިިއިރު ގެނައި ފޮށިން ކަމަށްވާއިރު، އެކަމަށް އިންކާރުކޮށްފައިނުވާތީ އެ ތަކެެއްޗަކީ އޭނާ ރާއްޖެ އެތެރެކުރި ތަކެތިކަން ސާބިތުވާ ކަމަށް ވެސް ހުކުމްގައިވެ އެވެ.
އެހެންވެ, އޭނާގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވައި، 100،000ރ. އިން ޖޫރިމަނާކުރަން ވަނީ ހުކުމްކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!