މާލެ ސަރަހައްދުގެ ކަނޑުމަތީގައި ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައި ވަނީ ވިލިމާލެ އާއި ތިލަފުއްޓާ ދެމެދުގައި ކަމަށެވެ.

Ad
rt

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، އެކްސިޑެންޓުވި ދެ ލޯންޗަށް ވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ފާހަގަކުރެއެވެ.

މި ތަނުން އެއް ލޯންޗްގައި 21 މީހުން ތިބިއިރު، އަނެއް ލޯންޗްގައި 4 މީހުން ތިއްބެވެ.

މި އެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ މިރޭ 21:05 ހާއިރުކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.