''ވޭތުވި ދެ އަހަރު ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިއްޖެ''
ވޭތުވި ދެ އަހަރަކީ ލާމަރުކަޒީ ޚިދުމަތްތައް ފުޅާކުރުމަށް އިތުރު ބާރާއި، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވުނު ދުވަސްތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރާ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ރައީސް ވަނީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ގެނެވުނު ހެޔޮ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ރައީސްގެ ޚިޠާބުގައި ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ޖިއޮގްރަފީ އުފެދިފައިވާ ގޮތުން އެންމެ އިހު ޒަމާނުއްސުރެ...