ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ރައްޔިތުންނަށް ގެއްލުންވާނެ ކަމަށް ވިދާޅުވަމުން އަންނައިރު، ރައްޔިތުންނަށް މިކަމުން ވާނެ ގެއްލުމުގެ ތަފްސީލުތައް ވިދާޅުވެދެއްވުމަށް ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު، އިދިކޮޅު އެމްޑީޕީގެ އިސްވެރިންނަށް ގޮވާލައްވައިފި އެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކޮންގްރެސް ޕާޓީން މީޑިއާތަކުގެ ޒަރިއްޔާއިން ކުރިއަށްގެންދާ ކެމްޕެއިން ހަރަކާތް “ދިވެހިންގެ ރާއްޖެ” ޕްރޮގްރާމުގައި ރ...
އައިޝަތު ޢާދަމް
އިދިކޮޅު އެމްޑީޕީން އުޅެނީ ގައުމުގެ މަސްލަހަތު ނަގާލަންކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބަންދެއް ނެތްކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެ އެެވެ. މެންބަރު މިފަދައިން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އެ އަވަށުގެ ގޮނޑިތަކަށް ވާދަކުރައްވާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދައިދެއްވުމަށް އެ ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަަޑައިގަތުމަށް ރައީސް އެ އ...
އައިޝަތު ޢާދަމް
ވޭތުވެދިޔަ އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ރައްޔިތުންނަށް ވީ ވައުދުތައް މެންޑޭޓާ އެއްގޮަށް ނުފުއްދުނީ ޕާޓީގެ އެތެރޭގެ ކޯޅުމާ ހެދި ކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ އާރިފް ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ފަރާތުން މާލެ ސިޓީގެ މާފަންނު އުތުރު ދާއިރާގައި ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި ބައިވެރިވެވަޑައިގެން، އެ ސަރަހައްދުގައި ހުންނަވައި މީޑިއާ އަށް ދެއްވި ބަސްދީގަަތުމ...
އައިޝަތު ޢާދަމް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ޓާމިނަލްގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އެކްސްޗޭންޖް ކައުންޓަރަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ވަޅިން ބިރުދައްކައި ފޭރުނު މައްސަލާގައި 8 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ. ޕީޖީ އޮފީހުން މިއަދު ބުނިގޮތުގައި މި މައްސަލާގައި ދައުވާތައް ހުށަހަޅާފައިވަނީ ފެބްރުވަރީ 8 އަދި 26 ވަނަ ދުވަހުއެވެ. މި ހާދިސާ ހިނގާފައިވަނީ 27 އޮކްޓޯބަރ 2025 ދުވަހުގެ ފަތިހު 4:15 އެހައިކަށްހައިއިރުއެވެ. ބީއެމްއެލްގެ ދެ […]
ޔުމްނާ ޢަލީ
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތާޢީދު ކުރައްވަނީ ހަމައެކަނި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންނަށް ކަމަށް އެމަނިކުފާނު މިއަދު ހާމަކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ ހުޅުމާލެ ދެކުނު ދާއިރާގެ ގޭގެއަށް ޒިޔާރަތްކުރެއްވުމަށްފަހު މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ. ހުޅުމާލެ ދެކުނު ދާއިރާގައި ދޮރުންދޮރަށް ހިންގެވުމަށްފަހު މިއަދު ރައީސް ވިދާޅު...
ޔުމްނާ ޢަލީ
އިސްރާއީލުގެ ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ފަލަސްތީނު ރައްޔިތުންގެ އަމިއްލަ ގެދޮރު ހިސާރުކޮށް، އެ ތަންތަން އަސްކަރީ މަރުކަޒުތަކަކަށް ބަދަލުކުރުމުގެ އަމަލުތައް ފަހަކަށް އައިސް އިތުރުވަމުންދާ ކަމަށް އެ ސަރަހައްދުގެ ރައްޔިތުން ބުނެފިއެވެ. މިކަމުގެ ސަބަބުން ގިނަ އާއިލާތަކެއް މަގުމަތިވެ، އިންސާނީ ހައްގުތަކަށް އުނިކަން ލިބެމުންދާ ކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. މިފަދަ އެއް ހާދިސާ ހިނގާފައިވަނީ ހެބްރޯންގެ ދެކުނުން އޮންނަ ޔައްތާ އަވަށުގައެވެ. އެ އަވަށުގެ ރައްޔިތެއް...
ނާޒިމާ އަލީ
2026 ވަނަ އަހަރުގެ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު މިއަދު ޢާންމުކޮށްފިއެވެ. މި އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 299,876 މީހުންނަށް ލިބިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 144,506 އަންހެނުންނާއި 150,370 ފިރިހެނުންނެވެ. މި ފަހަރުގެ ލޯކަލް ކައުންސިލްތަކާއި އަންހެ...
ޔުމްނާ ޢަލީ
ދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމްގެ ދަށުން މިހާތަނަށް 54 ފަރާތަކަށް 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ ދަނޑުވެރިކަމާއި ބެހޭ ވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ، ދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމްގެ ދަށުން މިހާތަނަ...
ޔުމްނާ ޢަލީ
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ތާއީދުކޮށްފިއެވެ. އެ ޕާޓީން މިކަމަށް ތާއީދުކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އިންތިޚާބުތައް އެއްކޮށްލުމުން ދައުލަތުން އިންތިޚާބުތަކަށް ކުރަންޖެހޭ ބޮޑެތި ޚަރަދުތައް ސަލާމަތްވެ، ދައުލަތުގެ ދަރަނި މެނޭޖްކުރުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މިއީ ގައުމުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ޕާޓީން ސިފަކުރެއެވެ. އެ ޕާޓީނ...
ޔުމްނާ ޢަލީ
ހުޅުމާލެ ފޭސް 1 ގައި ހުންނަ ރެސްޓޯރެންޓެއްގެ ބައެއް މުވައްޒަފުން، ކަންބޮޑުވުންތަކެއް ހުރުމުން މަސައްކަތް ހުއްޓާލައި އިހުތިޖާޖުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 2026 މާރިޗު 10 ވަނަ ދުވަހުގެ ހަވީރު 15:50 އެހައިކަންހާއިރުއެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް، ރެސްޓޯރެންޓުގެ މެނޭޖްމަންޓާއި އިހުތިޖާޖުކުރަމުންދިޔަ މުވައްޒަފުންނާ ބައްދަލުކޮށްފައެވެ. ފުލުހުން މައުލޫމާތު ސާފުކުރުމުން އެނގުނު ގޮތުގައި، މު...
ޔުމްނާ ޢަލީ
ފެހި ޤާނޫނުއަސާސީގެ މަސައްކަތް ކުރެވެމުން އައި ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ރިޔާސީ އިންތިޚާބާއި މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ތިން ހުށަހެޅުމެއް ހުށަހަޅުނުކަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ހަނދާން އައުކޮށްދެއްވައިފިއެވެ. ނާޒިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިޚާބު ބާއްވާނެ ތާރީޚުތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ފުޅާ ދާއިރާއެއްގައި ބަހުސްކުރެވިފައިވާ ކަމ...
އަލީ އާދިލް
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ބިދޭސީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނެ ކުރެވޭ ތުހުމަތުތަކާ ގުޅިގެން، އެފަދަ އެއްވެސް ޝަކުވާއެއް އެ މީހާގެ ފަރާތުން މިހާތަނަށް ލިބިފައިނުވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ބިދޭސީ މީހާއަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) އިން ތަހުގީގު ކުރަމުންދާކަން ފުލުހުންގެ ހިދުމަތަށް އަންގާފައިވާ ކަމަށެވެ. އަދި އެ ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގަށް ފު...
ޔުމްނާ ޢަލީ
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް (މޯލްޑިވްސް ނޭޝަނަލް ސަރވިސް) ގެ ދަށުން ކުރިއަށް ގެންދާ “ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ” ގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ދިފާޢީ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މުހިންމު ތަމްރީނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށެވެ. އުމުރުން 18 އަހަރު ނުފުރޭ ކުދިންނަށް ބައިވެރިވެވޭނީ އެ ކުއްޖެއްގެ ޝަރުޢީ ނުވަތަ [...
ޔުމްނާ ޢަލީ
މޫސުމީ ވިލުންތެރިކަން އިތުރުކުރުމާއި، ލުއި މާލީ އެހީ (ކޮންސެޝަނަލް ފައިނޭންސިންގ) ހޯދުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނީގެ މައްސަލަތަކަށް ހައްލު ހޯދުމަށް ކޮމަންވެލްތުގެ ޤައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. ރައީސް މިކަމަށް އިލްތިމާސްކުރެއްވީ މިއަހަރުގެ ކޮމަންވެލްތު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ. ރައީސްގެ މެސެޖުގައި، ކޮމަންވެލްތަކީ ސުލްހަ މަސަލަސްކަމާއި، ހެޔޮވެރިކަމާއި، ދެމެހެއްޓެނިވި ތަރައްޤީގެ އިތު...
ޔުމްނާ ޢަލީ
ގެދޮރު އިމާރާތްކުރުމުގެ ބޮޑެތި މަޝްރޫޢުތަކާއި މަގުހެދުން ފަދަ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގެ ކުރިން ކުރަންޖެހޭ ތިމާވެށްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ (އީއައިއޭ) ރިޕޯޓު ހަދަން ނުޖެހޭ ގޮތަށް ސަރުކާރުން “ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު” އިސްލާހުކޮށްފިއެވެ. މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ގެނައި މި އިސްލާހުގެ މަގުސަދަކީ ތަރައްޤީގެ މަޝްރޫޢުތައް އަވަސްކުރުމާއި، އާންމު ފަރުދުންނަށް ދިމާވާ ދަތިތައް ހައްލުކުރުމެވެ. މި ބަދަލާއެކު، ރައ...
ޔުމްނާ ޢަލީ