ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން ކުރަމުން އަންނަ މަސައްކަތްތަކުގެ މައިގަނޑު އަމާޒަކީ ރައްޔިތުންނަށް ހަމަޖެހުމާއި، ތަރައްގީއާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށް އިގްތިސާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ހުސައިން ޒާމިރު ވިދާޅުވެއްޖެ އެވެ.
ކޮންގްރެސް ޕާޓީގެ ހދ. އަތޮޅު މާލޭ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ހުސައިން ޒާމިރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަރައްގީގެ "ކަޅުއޮއްފުންމި" ބޮޑުތިލަދުއްމައްޗަށް އަންނައިރު ކައުންސިލަށް ހޮވަންޖެހޭނީ "ވަލުގައި" ހިފައިގެން ކުރިއަށްދާނެ ބައެއް ކަމަށެވެ.
ކޮންގްރެސް ޕާޓީގެ ހދ. އަތޮޅު މާލޭ ޖަގަހައިން ކުރަމުންދާނީ ރައްޔިތުންގެ ހައްގުގައި ކުރާ މުހިންމު މަސައްކަތްތައް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި މަސައްކަތަކީ އަޅުގަނޑުމެންގެ ސަރުކާރުގެ އަމާޒުކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ތަރަހައިގެ މަތީން ތަރައްގީގެ ލަނޑުދަނޑި، ރައްކާތެރިކަމުގެ ލަނޑުދަނޑި، ރައްޔިތުންގެ ހަމަޖެހުމުގެ ލަނޑުދަނޑި ހާސިލުކޮށްދިނުމަށް ކުރެވޭ މަސައްކަތް. " - އިގްތިސާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ހުސެއިން ޒާހިރު
މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރަނގަޅު ވިސްނުމެއްކަމަށް ވިދާޅުވެ ސްޓޭޓް މިނިސްޓަރ ވަނީ ކޮންގްރެސް ޕާޓީގެ ސްޓޭންޑާ އެއްގޮތަށް ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެންނަ ކަމަށް ވޯޓު ދެއްވުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!