ވަކަރުފަޅި އައިލެންޑް ރިސޯޓު އެންޑް ސްޕާގެ މުވައްޒަފުން މުޒާހަރާ ކުރަމުން އެބަދެއެވެ. “ރިސޯޓު ބޯއީސް” ފޭސް ބުކް ޕޭޖުގައި ހިއްސާކޮށްފައިވާ ވަކަރުފަޅީގެ މުވައްޒަފުން މުޒާހަރާ ކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއްގައި އެ ރިސޯޓުގެ މުވައްޒަފަކު ބުނީ އެ ރިސޯޓުގައި މުޒާހަރާ ކުރަމުންދަނީ ރިސޯޓުގެ ހުރިހާ މުވައްޒަފުން ނޯޕޭލީވަށް ދިޔުމަށް ރިސޯޓުގެ މެނޭޖްމަންޓުން އެންގުމާއި ގުޅިގެން ކަމަށެވެ. އިތުރަށް އެ މުވައްޒަފު ބުނީ އެ މުޒާހަރާއަކީ ސުލްހަވެރި މުޒާހަރާއެއް ކަމަށާއި، ބޭނުމަކީ ރިސޯޓުގެ ހުރިހާ މުވައްޒަފުން...
ޔުމްނާ ޢަލީ
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ފޯރުކޮށްދެމުން އަންނަ ކުށާއި ދަރަނީގެ ރެކޯޑު އީމެއިލް މެދުވެރިކޮށް ސާފުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. ޑީޖޭއޭ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ކަންކަމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށްޓަކައި، ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު އައި.ޑީ ކާޑުގެ ކޮޕީއަކާއިއެކު records@judiciary.gov.m...
އަލީ އާދިލް
އަންނަ ހަފުތާގައި ގްރޭޑު 1،2،3،4،5 އަދި 6 ގެ ދަރިވަރުންނަށް ޓެލިކިލާސް ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިރޭ ވިދާޅުވެއްޖެ އެވެ. ކީ ސްޓޭޖު 1 އަދި 2 ގައި ހިމެނޭ ގްރޭޑު 1،2،3،4،5 އަދި 6 ގެ ދަރިވަރުންނަށް އަންނަ ހަފުތާގައި ޓެލިކިލާސްތައް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވީ މިރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ކޮވިޑް-19 އަށް […]
ޝިއުނާ އާދަމް
ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް އެހީތެރިވުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން 3 މިލިއަން ޔޫރޯ (50.5 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ދިނުމަށް ނިންމައިފި އެވެ. އީޔޫ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މި އެހީގެ ތެރޭގައި ހިމެނެނީ، ރާއްޖޭގެ ސިއްހީ ދާއިރާ އަށް ދޭ 1 މިލިއަން ޔޫރޯ (16.8 މިލިއަން ރުފިޔާ) އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދޭ 2 މިލިއަން ޔޫރޯ (33.7 މިލިއަން ރުފިޔާ) ގެ […]
ޝިއުނާ އާދަމް
މާލެ ސިޓީގެ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ކޮންމެ ދުވަހެއްގެ ހަވީރު 5 ން 8 އަށް ހިންގި ކާފިއު މިއަދުން ފެށިގެން ބާޠިލް ކޮށްފިއެވެ. އެޗްޕީއޭއިން ކުރި އާންމު ޢިއުލާނެއްގައި ބުނީ މާލެއާއި، ވިލިމާލެއާއި، ހުޅުމާލޭގައި، ކޮންމެ ދުވަހެއްގެ ހަވީރު 6:00 އިން ރޭގަނޑު 8:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީ މީހުން އުޅުން ހުއްޓައިލުމާއި ޕަބްލިކް ޓްރާންސްޕޯޓު (ބަހާއި ފެރީ) ގެ ޚިދުމަތް ދިނުން ހުއްޓައިލުމަށް އެންގި އެންގުން އޭޕްރީލް 9 ވަނަ […]
ޔުމްނާ ޢަލީ
މެލޭޝިޔާގައި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ. މިއަދު މެލޭޝިޔާގެ ހެލުތު މިނިސްޓްރީއިން ހާމަ ކޮށްފައިވާ އެ ޤައުމުން ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވްވީ މީހުންގެ މައުލޫމާތުތަކުގައި ދިވެއްސަކު އެ ޤައުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ދައްކައެވެ. https://twitter.com/KKMPutrajaya/status/1248176707766349833?s=19 އެ މަޢުލޫމާތުތަކުން ރާއްޖެގެ އިތުރުން އަވަށްޓެރި އިންޑިއާގެ37 މީހަކުވެސް މެލޭޝިޔާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ...
ޝިއުނާ އާދަމް
އުމުރުން 13 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ރާއްޖޭގެ ދެކުނު ރަށަކުން ހައްޔަރުކޮށްފި އެވެ. މީޑީޔާތަކަށް މަޢުލޫމާތުދެމުން ފުލުހުން މިއަދު ބުނީ ދެކުނު ޕޮލިސް ޑިވިޝަންގެ ރަށެއްގައި 13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އިއްޔެ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ 18 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. ދެކުނު ޕޮލިސް ޑިވިޝަންގެ ރަށެއްގައި ޖިންސީ […]
ޝިއުނާ އާދަމް
ޓްރިވެންޑްރަމް އަދި ކޮޗިންގައި ދިރިއުޅޭ ދިވެހިންނަށް އެހީގެ ތަކެތި ހިލޭ ފޮނުވައިދެވޭނެ އިންތިޒާމްތައް ފޮރިންމިނިސްޓްރީ އިން ހަމަޖައްސައިފިއެވެ. 11 އޭޕްރީލް 2020 ވަނަ ދުވަހު ތިރިވަނަންތަޕޫރަމްއަށް މޯލްޑިވިއަން އިން ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓުގައި ދިވެހި ޢާއިލާތަކުން ފޮނުވަން ބޭނުންވާ ތަކެތި ހިލޭ ފޮނުވައިދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައިކަމަށް ފޮރިންމިނިސްޓްރީ އިން ހާމަ ކުރަށްވައެވެ. އެމިނިސްޓްރީއިން ބުނީ މިއިންތިޒާމް ހަމަޖެއްސީ ކޮވިޑް-19 އާއި ގުޅިގެން ތިރިވަނަންތަޕޫރަމް އާއި ކޮޗިން...
ޝިއުނާ އާދަމް
ކަންނެލި ގަންނަނީ ލޯނު ހޯދަން އެއްބަސްވާ އަގަކަށް ނޫންކަމަށް ކުރީގެ ޤައުމީ ޓީމްގެ ގޯލް ކީޕަރު އިމްރާން މުޙައްމަދު ބުނެފިއެވެ. މަސްވެރިއްނާއި ދޭތެރޭ ކިރިޔާވެސް ހެޔޮ އެދޭ ނަމަ މިވަގުތު މިހެން ކަންތަކެއް ނުކުރާނެކަމަށްވެސް އިމްރާން ބުނެފައިވެއެވެ. ކަންނެލި މަސްވެެރިކަން ކުރާ މީހުންގެ ހައްޤުގައި އިމްރާން ކުރި ޓުވީޓެއްގައި ބުނީ 25 ރުފިޔާ އަށް ހުރިހާ ކައްނެލި ނަގަން އެއްބަސްވެ، އެގްރީމެންޓް ގައި ސޮއިކޮށް ލޯނު ހޯދައިގެން އެއްބައި ކައްނެލި 15 ރުފިޔާ އަށް ގައްނަ ކުންފުނި […]
ޝިއުނާ އާދަމް
ކޯވިޑް-19 އާއި ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ މުއްދަތު އިތުރު ކުރަން ޖެހިދާނެކަމަށާއި މި ފިޔަވަޅުތައް ރޯދަމަހާއި ހަމައަށް ދެމިގެން ހިނގައިދާނެކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ޢަމީން ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ކޯވިޑް-19 އާއްމުންގެ ތެރޭގައި ފެތުރެން ފަށާނީ ކޮންއިރަކު ކަމެއް ނޭނގޭނެ ކަމަށާއި އެކަމަށް ތައްޔާރުވުމަށްޓަކައި މިހާރުންސުރެ މުހިއްމު ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށެވެ. މިގޮތުން ހާލަތަށް ރިޢާއަތ...
ޖަލްވާން ޖާދުﷲ
ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ ކަނޑިތީމު ރަށްވެހިންނަށް ކައުންސިލުން އެހީތެެރިވުމުގެ މަސައްކަތް ފަށައިފިއެވެ. އެކައުންސިލްގެ ފޭސްބުކް ޕޯސްޓެއްގައި ވަނީ ރިސޯޓްތަކުގައާއި ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރާ ކަނޑިތީމު ރަށްވެހިންގެ ތެރެއިން 01 މާރޗް 2020 ފެށިގެން އެއްވެސް ފަރާތެއްގެ ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާނަމަ އެފަރާތްތަކުގެ މަޢުލޫމާތު އެކައުންސިލާއި ހިއްސާ ކޮށް ދިނުމަށް އެދޭ ކަމަށެވެ. އެފަދަ ފަރާތެއް ހުރިނަމަ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް ހުށަހަޅައިގެން ހައްލު ހޯދައި...
ޝިއުނާ އާދަމް
މި ހަފުތާއެކޭ އެއްގޮތަށް އަންނަ ހަފްތާގައިވެސް ސަރުކާރުގެ އޮފީސްތައް ނުހުޅުއްވުމަށާއި، ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގެ ކިޔެވުން ބަންދުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިކަމަށް ރައީސް އޮފީހުން ބުނެފިއެވެ. މިގޮތަށް މި ނިންމެވީ، ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ދިވެހިރާއްޖޭގައި ފެތުރިގެން ހިނގައިދާނެތީއާއި، ރާއްޖޭގައި މިބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުޞަތު ބޮޑުކަމަށް ބެލެވޭކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވ...
ޔުމްނާ ޢަލީ
ކޮވިޑް-19 އާއި ގުޅިގެން ކަރަންޓްރީން ފެސިޓީއެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކ. ވިލިވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ބުނީ ކ. ވިލިވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިގެން ފަޔަރޓީމު ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ. K.Villivaru Island Resort gai alifaanuge haadhisaa eh higaigen MNDF Fire and Rescue Service in harakaaiytherivaan fashaifi. Mi haadhisaa ge report libifai vanee mirey 19:41 haairu. — Maldives National Defence […]
ޝިއުނާ އާދަމް
ކޮވިޑް-19 އާއި ގުޅޭ ރާއްޖޭގެ ހާލަތު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ހިއްސާ ކުރަށްވައި، އެޖަމްޢިއްޔާއާއި މަޝްވަރާކުރަށްވައިފިއެވެ. ރާއްޖޭގެ ހާލަތު، ރައީސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ހިއްސާ ކުރެއްވީ ފޯނު މެދުވެރިކޮށް އެ ޖަމްއިއްޔާގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔުސެސްއާ މިއަދު ކުރެއްވި މަޝްވަރާގައެވެ. President @ibusolih discusses COVID-19 situation with @WHO Director General @DrTedros https://t.co/PclnseOro3 — The President...
ޝިއުނާ އާދަމް
ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަން ހުއްޓި، ރިސޯޓުތަކުން ފަރުމަސް ގަތުން މެދުކަނޑާލުމާއި ގުޅިގެން ރިސޯޓުތަކަށް ފަރުމަސް ވިއްކައިގެން އާމުދަނީ ހޯދަމުން ދިޔަ ފަރުމަހުގެ މަސްވެރިކަންކުރާ މަސްވެރިން މަގުމަތިވެއްޖެ ކަމަށާއި، އެމަސްވެރިންނަށް މަސްވިއްކޭނެ މަގެއް ހޯދައިދޭން ޖެހޭކަމަށް ރައްޔިތުން މަޖިލިސްގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ހުސައިން ވިދާޅުވެއްޖެއެވެ. މަސްހޫރު ޤާނޫނީ ވަކީލު ޢަލީ ޙުސައިން ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން ރިސޯޓުތައް ހުއްޓިފައި މިވާ ދަނޑިވަޅުގައި، ފަރުމަހުގެ މަސްވެރިކަން ކޮށްގެ...
އަލީ އާދިލް