ކޮވިޑް-19 އަށް ރާއްޖޭގައި ފުރަތަމަ ޕޮޒިޓިވްވި މީހާ ރަނގަޅުވެއްޖެ ކަމަށް ސަރުކާރުން ހާމަކުރަށްވައިފިއެވެ. އެކަން ހާމަކުރެއްވީ ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިހާރު ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލްވުމުގައި އައިޖީއެމްއެޗް ގެ ޑަކްޓަރު، ޑރ. މޫސާ މުރާދެވެ. ޑރ. މުރާދު ވިދާޅުވީ އެޔާއިއެކުވެސް ފާހަގަ ކުރެވެމުންދާ ކަމަކީ އަދިވެސް ވަރަށް ގިނަ މަސައްކަތް ކުރަން ހުރިކަން ކަމަށެވެ. މިހާރު އަޅާފައި ހުރި ފިޔަވަޅުތަކުގައި އެހާ ބޮޑު ލުއިތަކެއް ގެނެވެން...
ޔުމްނާ ޢަލީ
6 އަހަރު ކުރިން
ކޮވިޑް-19 ގެ ސަބަބުން ލޭ ހަދިހާ ކުރާ ކޭމްޕްތައް ހުއްޓި، ތެލެސީމިއާ ކުދިންނަށް ލޭ ހޯދުމުގައި ދިމާވަމުން ދާ ދަތި އިތުރަށް ބޮޑުވެ، އާންމުންގެ އެހީތެރި ކަމަށް އަނެއްކާ ވެސް މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) އިން އެދިއްޖެ އެވެ. އެކަމާއި ގުޅިގެން އެމްބީއެސް އިން ކޮށްފައިވާ ޓުވީޓެއްގައި ބުނީ ބްލަޑް ބޭންކްގައި ލޭ ވަރަށް ބޮޑަށް މަދުވެއްޖެ ކަމަށެވެ. ހާއްސަކޮށް ‘އޯ’ ޕޮޒިޓިވް އާއި ‘ބީ’ ޕޮޒިޓިވް ލޭ ހުރި މިންވަރު ވެސް ވަރަށް މަދު […]
ޝިއުނާ އާދަމް
6 އަހަރު ކުރިން
މިހާރު ފެތުރެމުންދާ ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ދެކުނު އޭޝިޔާ ސަރަހައްދުން އެންމެ ބޮޑަށް ނުރަނގަޅު އަސަރެއް ކުރާނީ ދިވެހިރާއްޖޭގެ އިގްތިސާދަށްކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭގެ ފަގީރުކަމުގެ ނިސްބަތް އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފިއެވެ. ވޯލްޑް ބޭންކުން އެކުލަވާލި “ސައުތު އޭޝިޔާ އިކޮނޮމިކް ފޯކަސް: ސްޕްރިންގް 2020” ރިޕޯޓްގައި ބުނީ ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ކޮރޯނާ ވައިރަހުގެ ސަބަބުން އެންމެ ބޮޑު އިގްތިސޯދީ ގެއްލުމެއްވާ ރާއްޖޭގެ އިގްތިސާދުގެ ކ...
ޝިއުނާ އާދަމް
6 އަހަރު ކުރިން
އިތުރު ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. އެޗްޕީއޭއިން ވިދާޅުވީ މި ބައްޔަށް ޕޮޒިޓިވްވީ އެރިޔަދޫ ކަރަންޓައިން ފެސިލިޓީ ގައި ކަރަންޓީނު ކުރެވިފައިވާ ދިވެއްސެއްކަމަށެވެ. މި މީހަކީ ފިލިޕީންސް އިން އެނބުރި އައި މީހެއްކަމަށްވެސް އެޗްޕީއޭޢިން ވިދާޅުވެއެވެ. Samples taken from a Maldivian national, who was placed in Eriyadhoo Quarantine Facility after returning from Philippines, has tested POSITIVE for #COVID19 and is been transferred to Velidhoo Isolation […]
ޝިއުނާ އާދަމް
6 އަހަރު ކުރިން
އަންނަ ރޯދަ މަހުގެ އިނާޔަތުގެ ފައިސާ މިހިނގާ އޭޕްރިލް މަހުގެ 20 ވަނަ ދުވަހުގެ ކުރިން ދޭން ފިނޭންސް މިނިސްޓްރީއިން އަންގައިފި އެވެ. މިމަހުގެ 20 ގެ ކުރިން ރޯދަ އިނާޔަތް ހުރިހާ މުވައްޒަފުންނަށް ދޭންޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ކަނޑައަޅައި ސަރުކާރުގެ މުވައްޒަފުންނަށް އެ އިނާޔަތް ދިނުމުގައި އަމަލު ކުރާނެ އުސޫލު އެ މިނިސްޓްރީން އާންމުކޮށްފައި ވަނީ ނެރުނު ބަޔާނެއްގައިއެވެ. ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މިއަހަރުވެސް ރޯދަ އިނާޔަތުގެ ގޮތުގައި ކޮންމެ މުސްލިމް […]
ޝިއުނާ އާދަމް
6 އަހަރު ކުރިން
ދަނޑުވެރިކަމަށް ބިން ދޫކުރެވެން ހުރި ރަށްރަށުން، ކުއްޔަކާ ނުލައި ތިން އަހަރަށް ދަނޑުވެރިކަމަށް ބިން ދޫކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ. ސަރުކާރުގެ ފަރާތުން އެކަން ހާމަކުރެއްވީ ދަރުބާރުގޭގައި ހުންނަ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދަނޑުވެރިކަމާއި ބެހޭ ވަޒީރު ޒަހާ ވަހީދެވެ. މިނިސްޓަރު ޒަހާ މިރޭ ވިދާޅުވީ ބިން އޮތް ރަށްރަށުގެ ކައުންސިލްތަކުން ދަނޑު ބިން ދޫކުރުމުގެ މަސައްކަތް ކުރެވޭނެ ގޮތް ހަމަޖެއްސުމަށްޓަކައި، ޕްލޭނި...
ޝިއުނާ އާދަމް
6 އަހަރު ކުރިން
ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތައް ބަންދު ކޮށްފައިވާތީ އެޑިޔުކޭޝަނުން ކުރިއަށް ގެންދާ ޓެލިކިލާސް ތަކުގެ ކީ ސްޓޭޖް 1، 2 ގެ ފުރަތަމަ ހަފުތާގެ ތާވަލު އާންމު ކޮށްފިއެވެ. މާދަމާއިން އަންނަ ބުރާސްފައްޗަށް ތާވަލު ކޮށްފައިވާ ކީ ސްޓޭޖް 1، 2 ގެ ޓެލިކިލާސްތައް ކުރިއަށް ގެންދަން ހަމަޖައްސާފައިވަނީ ކީ ސްޓޭޖް 1 ގެ ކިލާސްތައް ހަވީރު 1600 އިން 1630 އަށް ކުރިއަަށް ގެންދާ ގޮތަށެވެ. ކީ ސްޓޭޖް 2 ގެ ކިލާސްތައް ހަވީރު 1630 […]
ޝިއުނާ އާދަމް
6 އަހަރު ކުރިން
ކޮވިޑް-19 އާއި ގުޅިހެން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން މާލެސިޓީއާއި، ރިސޯޓުތަކުގައި ޖަމާއަތުގައި ނަމާދު ނުކުރުން އަނެއްކާވެސް ދައްމާލައިފިއެވެ. މިފަހަރު މާލެސިޓީގެ މާލެ، ހުޅުމާލެ، ވިލިމާލެ އަދި ރިސޯޓުތަކާއި އަދި ސަރުކާރުން މިހާލަތުގައި އަރާފޭބުން މަނާކުރާ ކޮންމެ ރަށެއް ހިމެނޭހެން ޖަމާއަތުގައި ނަމާދު ނުކުރުން އިތުރުކުރީ މިހިނގާ އޭޕްރިލް މަހުގެ 18 ވަނަ ދުވަހުގެ އަޞުރުނަމާދުގެ ނިޔަލަށެވެ. މިނިންމުމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން އާންމު ކުރި ސަރކިއުލާއެއްގައި ބުނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތު...
ޝިއުނާ އާދަމް
6 އަހަރު ކުރިން
ބޮޑު ގަސްގަނޑެއް ކަނޑުމަތީ އޮޔާ ދާތީ ސަމާލު ވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ. އެމްއެންޑީއެފުން ބުނީ މާލެ ސިޓީގެ އިރު ދެކުނު ކަންމަތިން ބޮޑު ގަސް ގަސް ގަނޑެއް އޮޔާ ދަމުން ދާކަމަށެވެ. މިސަރަހައްދުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރަށްވައެވެ. Male' ge iru dhekunun 0.57nm beyrun bodu gasgandeh fenmathin oyaadhaathee, mi sarahadhun dhathuru kurahvaa faraaiythakun mikamah khaassa samaalu kameh dhinumah ilthimaas kuran. pic.twitter.com/TymqyVYBOP [...
ޝިއުނާ އާދަމް
6 އަހަރު ކުރިން
ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ޤައުމުތަކުގައި ބޭނުންކުރާ އެންޓި މެލޭރިއާ ޑްރަގް އިންޑިއާއިން ފޮނުވާ ޤައުމުތަކުގެ ލިސްޓް ރާއްޖެ ހިމެނިއްޖެއެވެ. އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް އަދި ސެކެއްޓަރީ ދަމޫ ރާވީ އިއްޔެ އެޤައުމުގެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ އެންޓި މެލޭރިއަލް ޑްރަގް ވަރަށް ގިނަ ގައުމުތަކަކުން ހޯދަން އެދިފައިވާ ކަމަށާއި، އެ ބޭހުގެ ޑިމާންޑް ބޮޑުވެފައިވާކަމަށެވެ. މިގޮތުން އެ ބޭސް އެކި ގައުމުތަކަށް ބަހަން ނިންމީ [...
ޔުމްނާ ޢަލީ
6 އަހަރު ކުރިން
ކޮރޯނާވައިރަހާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ރާއްޖެއިން އެދިއްޖެ ކޮންމެ ހިނދެއްގައި އެހީވެދޭން މިތިބީ ތައްޔާރަށް ކަމަށް ޗައިނާގެ ފޮރިން މިނިސްޓަރު އަދި ސްޓޭޓް ކައުންސިލާ ވަންގް ޔީ ވިދާޅުވެއްޖެއެވެ. ޔީ މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޗައިނާގެ ފޮރިން މިނިސްޓަރު ޔީ އިއްޔެ ފޯނުން ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދާއި ޗައިނާގެ ފޮރިން މިނިސްޓަރު ޔީގެ ފޯނު ކޯލުގައި، ދެ ބޭފުޅުން ވަނީ ކޮރޯނާ ވައިރަސް ކޮންޓްރޯލު ކުރުމަށް ދެ ގައުމުން ކު...
އަލީ އާދިލް
6 އަހަރު ކުރިން
އަލިހުރަސް ކަނޑުތެރެއިން ބާޖެއް އޮޔާދާކަމުގެ މަޢުލޫމަތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާތީ އެ ސަރައްޙައްދުން ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އިލްތިމާސް ކޮށްފިއެވެ. މި ބާޖު، ކ.ގިރާވަރުގެ ދެކުނު ކަނޑުއޮޅިން ނުކުމެ އޮޔަށް ގެންދަނީ ހުޅަނގު ދެކުނަށްކަމަށާއި މި ބާޖުގައި އެއްވެސް މީހަކު ނެތް އިރު އަލިކަމެއް ވެސް ނުހުންނާނެކަމަށް ބާޖުގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. މި އުޅަނދަކީ ދިގުމިނުގައި ގާތްގަނޑަކަށް 100 ފޫޓު ހުރި ދަގަނޑ...
ޔުމްނާ ޢަލީ
6 އަހަރު ކުރިން
މެލޭޝިއާގައި ހުއްޓާ ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހި މީހާ މިހާރު ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ސަރުކާރުން މިރޭ ބުނެފިއެވެ. ކޮވިޑް-19 ގެ މައުލޫމާތު ދިނުމަށް މިރޭ ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި (އެޗްޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މެލޭޝިއާގައި ހުއްޓާ ކޮވިޑް-19 އަށް ފައްސިވި ދިވެހި މީހާ ބަލިން މުޅިން ރަނގަޅުވެ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. މެލޭޝިއާގައި ހުއްޓާ ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވްވި ހަބަރު […]
ޔުމްނާ ޢަލީ
6 އަހަރު ކުރިން
ކޮވިޑް-19 އިން ރައްކާތެރިވެ، އެބަލި ކޮންޓްރޯލްކުރުމަށް މުޅި ރާއްޖެ އަށް އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކުރަން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ނިންމަވައިފި އެވެ. އެކަން ހާމަކުރަށްވައި މިރޭ ނެރުއްވި ޤަރާރުގައި ބުނެފައިވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ދިވެހިރާއްޖޭގައި ފައްސިވި ފުރަތަމަ ރޭސް 7 މާރިޗު 2020 ގައި ފެނުނު ފަހުން، އެ ބަލި ފެތުރުން އިތުރުވަމުން އައިސްފައި ވާކަމަށެވެ. ކޮވިޑް-19 […]
ޝިއުނާ އާދަމް
6 އަހަރު ކުރިން
ރިސޯޓުތަކުގައި ތިބި މީހުން އެހެން ރަށްރަށަށް ދިއުމުގެ ހުއްދަ ދީފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރޭ ކުރި އާންމު ޢިއުލާނެއްގައި ބުނީ ފަތުރުވެރިން އެތެރެވުމަށްޓަކައި ދެވޭ އޮން އެރައިވަލް ވިސާ 2020 މާރިޗް 27 ވަނަ ދުވަހުން ފެށިގެން ހުއްޓާލާފައި ވާތީ، އެޗްޕީއޭއިން އަންގާފައިވާ އެންގުމުގެ ހާލަތަށް ބަލައި ރިސޯޓުތަކުގައި ތިބި މީހުން އެހެން ރަށްތަކަށް ދިއުމަށް ހުއްދަ ދީފިކަމަށެވެ. ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި ޕްރެސް ބްރީފިންގައި ހެލްތު […]
ޝިއުނާ އާދަމް
6 އަހަރު ކުރިން