މެލޭޝިޔާގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އައުމަށް ބޭނުންވި މީހުންގެ ތެރެއިން 200 މީހަކު މޯލްޑިވިއަންގެ އެހީގައި ރާއްޖެ ގެނެސްދީފިއެވެ. މެލޭޝިޔާއިން ރާއްޖެ އައި މި މީހުންނަށް ރާއްޖެ އާދެވުނީ ފަތިހު 4:45 އެހާކަށްހާއިރުއެވެ. ކޮވިޑް19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ތައްޔާރުކޮށްފައިވާ އެސްއޯޕީގައިވާ ގޮތުން ރާއްޖެއަށް އަންނަ ޓޫރިސްޓުން ފިޔަވައި އެންމެން ވެސް 14 ދުވަހަށް ކަރަންޓީން ފެސިލިޓީއެއްގައި ތިބެން ޖެހޭނެއެވެ. އެހެންކަމުން މެލޭޝިޔާއިން އައި މި ހުރިހާ އެންމެން ވެސް 14 […]
ޔުމްނާ ޢަލީ
ކައުންސިލް އިންތިހާބު ބޭއްވެން ދެން މިހާރު ތިބި ހުރިހާ ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ވަގުތީ ޤާނޫނެއްގެ ބިލެއް ރައްޔިތުންގެ މަޖިލިސްއަށް ހުށަހަޅައިފިއެވެ. އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި އެ ބިލުގެ ފުރަމަ ކިއުން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. ގާނޫނު އަސާސީ އިސްލާހު ނުކޮށް އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ލޯކަލް ކައުންސިލަރުންގެ ދައުރު ދެމިގެންދާނެ ގޮތަކަށް އަމަލު ކުރާނެ އުސޫލުތައް...
ޝިއުނާ އާދަމް
ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް ނޫމާން އަވަހާރަވެއްޖެ އެވެ. ކޮމިޝަނާ އޮފް ކަސްޓަމްސް އާއި ހަވާލުވެވަޑައިގެންނެވި ނުއުމާން އަވަހާރަވީ، ކިޑްނީ ޓްރާންސްޕްލާންޓް އޮޕަރޭޝަނަށް އިންޑިއާ އަށް ވަޑައިގެން އުޅުއްވަނިކޮންނެވެ. Adhaalath Party ge Insaanee Haqquthakaai behey Committee ge Raees adhi Commissioner General of Customs, Akh Ahmed Numan niyaavi khabarakee mi party ashaai Dhivehi Qaumah libunu nuhanu hithaama veri khabarekeve. pic.twitter.com/1oJdQ3ecp8 — Adhaalath Party (@AdhaalathOffice) […]
ޖަލްވާން ޖާދުﷲ
ކޮވިޑް-19ގެ ސަބަބުން އިންޑިއާގެ ޓްރިވެންޑްރަމްގައި ތާށިވެފައި ތިބި ދިވެހިން ރާއްޖެ ގެންނަން މިމަހުގެ 11 ވަނަ ދުވަހު ޤައުމީ އެއަރލައިން މޯލްޑިވިއަން އިން ދަތުރެއް ކުރުމަށް ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޯލްޑިވިއަންގެ މެނޭޖަރ ޕީއާރް އެންޑް ކޮމިއުނިކޭޝަންސް މޫސާ ވަސީމް އެވެ. އެނޫސްވެރިންގެ ބައްދަލުވުމުގައި މޫސަ ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ޓްރެވެންޑަރަމަށް އަޅާ ހާއްސަ ފްލައިޓުން ރާއްޖެ އަންނާނީ ހުސްވި މާރިޗް މަހުގެ 21 ވަނަ ދުވަހު މޯލްޑިވިއަންގެ ފ...
ޔުމްނާ ޢަލީ
ރ. ކިނޮޅަހު ރައްޔިތުންނަށް އެރަށު ކައުންސިލުން ދީލަތި އެހީތަކެއް ދޭން ނިންމައިފިއެވެ. އެކައުންސިލުގެ ފޭސްބުކް ޕޭޖުގައި ބުނެފައިވާ ގޮތުން ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހު ރ. ކިނޮޅަހުގެ ގޭބިސީތަކަށް ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް ހަދިޔާ ކުރުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން އެރަށުގެ ކޮންމެ ގޭބިސީއަކަށް ކުރިޔަށް އޮތް ރަމަޟާންމަހު 1 ބަސްތާ ހަނޑޫ، 1 ބަސްތާ ހަކުރު، 16 ކިލޯ ފުއް، 12 ދަޅު އަލަނާސި، 10 ކިލޯ ފިޔާ، 1 ކިލޯ […]
ޝިއުނާ އާދަމް
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ އިޤްތިސާދަށާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން އިއުލާނުކޮށްފައިވާ އިކޮނޮމިކް ރިލީފް ޕެކޭޖްގެ ތަފްސީލް ސަރުކާރުން ހާމަކޮށްފިއެވެ. ފިނޭންސް މިނިސްޓްރީއިން ހާމަކުރެއްވި ސަރުކާރުގެ އިކޮނޮމިކް ރިލީފް ޕެކޭޖްގެ ތަފްސީލް 1. ވާކިން ކެޕިޓަލް ލޯނު އަދި އަމިއްލަ މަސައްކަތް ކުރާ ފަރުދުންނަށް ލޯނު ދޫކުރުން. މި ލޯނުތައް ދޫކުރާނީ ބޭންކް އޮފް މޯލްޑިވްސް އަދި އެސް.އެމް.އީ ޑިވެލޮޕްމަންޓް...
ހުސައިން ހަބީބް
ކޮވިޑް ވިލެޖާއި، އެޗްއައިއެޗް ކަރަންޓީނު ފެސެލިޓީ މަރާމާތު ކުރުމުގެ މަސައްކަތުގައި ފެނަކައިން ބައިވެރިވެރިވެއްޖެއެވެ. ކޮވިޑް-19 ގެ މިހާލަތުގައި، ރައްޔިތުންނާއި ޤައުމުގެ ރައްކާތެރިކަމަށްޓަކައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ ފެނަކައިން ދެމުންދާ އެއްބާރުލުންތަކުގެ ތެރެއިން، ކޮވިޑް ވިލެޖާއި، އެޗްއައިއެޗް ކަރަންޓީނު ފެސެލިޓީ މަރާމާތު ކުރުމުގެ މަސައްކަތުގައި އެކުންފުނީގެ މުވައްޒަފުން މިވަގުތުވެސް ބައިވެރިވަމުން ދާ ކަމަށް އެކުންފުނިން ބުނެއެވެ. https://twitter.co...
ޔުމްނާ ޢަލީ
ކޮވިޑް-19 ގެ މި އުނދަގޫ ވަގުތުގައި ސިއްހީ ހިދުމަތް ތެރީން ކުރަށްވަމުން ގެންދަވާ މަސައްކަތުގެ އަގު ވަޒަން ކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެފަރާތްތަކަށް ޝުކުރު ދަންނަވައިފި އެވެ. ސިއްހީ ހިދުމަތްތެރިންނަށް ރައީސް ޝުކުރު އަދާކުރައްވާފައި ވަނީ ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން އެމަނިކުފާނު ކުރެއްވި ޓުވީޓެއްގަ އެވެ. އެ ޓުވީޓުގައި ރައީސް ވިދާޅުވީ ސިއްހަތު ދުވަސް އަޅުގަނޑުމެންނާއި މިބައްދަލުކުރީ މި ޖީލުގެ އެންމެ ބޮޑު ސިއްހީ ކާރިސާގެ ވަގުތުގައި ކަމަށެވެ. This #WorldHealthDay...
ޝިއުނާ އާދަމް
އާންމުންގެ ތެރޭގައި ކޮވިޑް-19 ނުފެތުރޭކަން ކަށަވަރަން ދިރާސާއެއް ހަދަމުން އަންނަކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ރޭ ބުނެފި އެވެ. އެކަން ހާމަކުރެއްވީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭ ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގެވެ. ޑރ. ނަޒްލާ ވިދާޅުވީ އާންމުންގެ ތެރޭގައި ބަލި ފެތުރިފައިވާ ކަމުގެ އެއްވެސް އަލާމާތެއް މިހާތަނަށް އަދި ނުފެންނަ ކަމަށެވެ. ނަމަވެސް އެކަން އިތުރަށް ޔަގީން ކުރުމަށް ސާވޭއެއް ހެދުމުގެ […]
ޝިއުނާ އާދަމް
ޖޭޑަބްލިއު މެރިއަޓް މޯލްޑިވްސްގައި މަސައްކަތް ކުރާ މީހަކު މޫދަށް ފުންމާލުމުން ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ ޖޭޑަބްލިއު މެރިއަޓް މޯލްޑިވްސް އެންޑް ސްޕާގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފެއް ގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފްގެ ނޯދަން އޭރިއާއިން ހަރަކާތްތެރިވާން ފަށާފައި ވާކަމަށެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފްގެ ނޯދަން އޭރިއާއަށް ލިބިފައިވަނީ މިރޭ 22:13 ހާއިރުކަމަށް އެމްއެންޑީއެފުން ބުންޏެވެ. ރިސޯޓުގެ ސީސީޓީވީން ފެންނަ ގޮތުގައި، އެ މީހާ...
ޝިއުނާ އާދަމް
ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންގެ އޮންލައިން ބުކިން ސިސްޓަމަށް ބަޔަކު ހަމަލާ ދެމުން ދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. މޯލްޑިވިއަނުން ކުރި ޓުވީޓެއްގައި ބުނީ އޮންލައިންކޮށް އެ ކުންފުނީގެ ބުކިން ސިސްޓަމަށް އެޓޭކްތަކެއް ދޭ ކަމަށް ސިސްޓަމް އެޑްމިނިސްޓްރޭޓަރއިން މަޢުލޫމާތު ދީފައިވާކަމަށެވެ. މި ފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައި މިފަދަ ދަށު ދަރަޖައިގެ ކަންތައްތައް ކުރަމުންދިއުމަކީ އެ ކުންފުނިން ހިތާމަކުރާ ކަމެއްވެސް މޯލްޑިވިއަނުން ބުނެފައިވެއެވެ. އޮންލައިންކޮށް އަޅުގަނޑުމެންގެ ބުކިން ސިސްޓަމަ...
ޝިއުނާ އާދަމް
ގެއްލިގެން ހޯދަމުންދިޔަމީހެއް ވައިގޮޅިތެރޭ މަރުވެފައި އޮއްވާ ފެނިއްޖެކަމަށް ފުލުހުން ބުނެފިއެވެ. ނޫސްތަކަށް މަޢުލޫމާތުދެއްވަމުން ފުހުން ބުނެފައިވަނީ މާފަންނު ގައި ހުރި ގެއަކުން މިއަދު ހެންދުނުން ފެށިގެން 37 އަހަރުގެ ދިވެހި ފިރިހެނަކު ނުފެނިގެން މިރޭ 22:17 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. މިހާދިސާ އާއި ގުޅިގެން އެ މީހާ ހޯދުމަށް ފުލުހުން ކުރި މަސައްކަތުން، އެ ގޭގެ ވައިގޮޅި ތެރެއަށް ވެއްޓިފައި އޮއްވާ މިރޭ 22:36 އެހާކަންހާއިރު ފުލުހުނަށް ފެނިފައިވާކަމަށާއި އެ މީހާ މިހާރު ވަނީ އައިޖީއެމްއެ...
ޝިއުނާ އާދަމް
މާލެ ދަތުރުކުރާ ބޯޓެއްގައި ހުރި މީހަކު ވަދު އަޅަން އުޅުނުމުގެ ތެރޭގައި އަތަށް ދާވަނި ހެރި ޒަހަމްވެއްޖެއެވެ. އެމީހާ އަތަށް ދާވަނި ހެރި ލޭ މަނާ ނުވެގެން އުޅެނިކޮށް އެމްއެންޑީއެފުން މިހާރުވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ އެމްއެންޑީއެފުން ބުނީ ފުވައްމުލަކުން ފުރައިގެން މާލެ ދަތުރު ކުރަމުން ދިޔަ “ނިރުވާ” ބޯޓު މ. ކޮޅުފުށި 8 ނޯޓިކަލް މޭލު ބޭރުގައި ވަދު އަޅަން އުޅުމުގެ ތެރޭގައި އެބޯޓުގައި ހުރި މީހެއްގެ އަތަށް ދާވަނި ހެރި ލޭ މަނާ ނުވެގެން އެމްއެންޑީއެފުން ސެންޓްރަލް […]
ޔުމްނާ ޢަލީ
ގާނޫނުއަސާސީ އިސްލާޙުކުރުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް ބަންޑާރަ ނާއިބް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ. ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައުންސިލްތަކުގެ އުމުރު އޮތީ ކަނޑައެޅިފައި ކަމަށާއި ޖޫން ތިނެއްގެ ފަހުން ކައުންސިލްތައް ދެމި އޮންނާނީ ގާނޫނުއަސާސީ އިސްލާހުކޮށްގެން ކަމަށެވެ. ” ކައުންސިލްތަކުގެ ޢުމުރު އޮތީ ކަނޑައެޅިފަ. 3 ޖޫންގެ ފަހުން ކައުންސިލްތައް ދެމިއޮންނާނީ ޤާނޫނުއަސާސީ އިޞްލާހުކޮށްގެން. ރައީސުލްޖުމްހޫރިއްޔާ ޤާނޫނުއަސާސީގެ 253 ވަނަ މާއް...
ޔުމްނާ ޢަލީ
މާލެގައި ކާފިއު ހިންގި ވަގުތު ބޭރުގައި އުޅުނު އެކަކު ޖޫރިމަނާކޮށް، 146 މީހަކަށް މިއަދު ނަސޭހަތް ދީފަ ވާނެކަމަށް ފުލުހުންވިދާޅުވެއްޖެއެވެ. ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކޮންމެ ދުވަހަކު ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އަށް ކާފިއު ހިންގަމުންނެވެ. މިއަދު މިއީ ކާފިއު ހިންގި ތިންވަނަ ދުވަހެވެ. ފުލުހުން ވިދާޅުވީ މިއަދު ކާފިއު ހިންގި ތިން ގަޑިއިރު ބޭރުގައި އުޅުނު އެކަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެެ. […]
ޖަލްވާން ޖާދުﷲ