މާލެ ސިޓީގެ ގޭ ބިސީތަކުން ކުނި ނެގުމަށް ވެމްކޯގެ މުވައްޒަފުން ދާނީ ކޮންމެ ދުވަހެއްގެ މެންދުރު 12.00ން ފެށިގެން މެންދުރު ފަސް 14.00 އާ ދެމެދުގެ ވަގުތު ކަމުގައި ވެމްކޯއިން ބުނެފިއެވެ. ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުޙައްމަދު ވިދާޅުވީ މިއަދު ވެމްކޯގެ ޚިދުމަތްތައް އަލުން ފަށާނެ ކަމުގައެވެ. ވިޔަފާރިކުރާ ތަންތަނާއި ގޭބީސީތަކުގެ ކުނި ނެގުމުގެ މަސައްކަތް މިއަދު އެ ކުންފުނިން ކުރާނެ […]
ޝިއުނާ އާދަމް
6 އަހަރު ކުރިން
ކޯވިޑް-19 އަށް މާލެ ތެރޭން މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން މެދުކަނޑާލި ވެމްކޯގެ ކުނި ނެގުމުގެ ޚިދުމަތް މިއަދު ދޭން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. ވެމްކޯގެ ޖެނެރަލް މެނޭޖަރ އޮޕަރޭޝަންސް އަޙުމަދު ޝާފިޢު ވިދާޅުވީ، މާލޭގެ ހާލަތަށް އައިސްފައިވާ ބަދަލާގުޅިގެން ވެމްކޯގެ ޚިދުމަތްތަކަށްވެސް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. އެގޮތުން ކުއްލިއަކަށް ކުނި ނެގުމުގެ ޚިދުމަތް މެދުކަނޑާލާފައި އޮތްނަމަވެސް މިއަދުގެ މެންދުރު ފަހުން ފެށިގެން އެ ޚިދުމަތް ފަށާނެކަމަށާއި، ނަމަވެސް ޢާއްމުން ސަމާލުކަން ދޭންޖެހ...
ޖަލްވާން ޖާދުﷲ
6 އަހަރު ކުރިން
މާލެއިން 3 ވަނަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. އެކަމާ ގުޅޭގޮތުން އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ، ބުދަ ދުވަހު މާލެއިން ފުރަތަމަ ޕޮޒިޓިވްވި މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި ފަރާތެއްގެ ސާމްޕަލްގެ ނަތީޖާ ލިބިފައިވާ ކަމަށާއި، އޭނާ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 3 އަށް އަރާފަައެވެ. Samples taken from a Maldivian national who was a Direct Contact of Case: MAV021 has tested […]
ޝިއުނާ އާދަމް
6 އަހަރު ކުރިން
ކޯވިޑް-19 އާއި ގުޅިގެން ބޭރަށް ކުރާ ރަސްމީ ދަތުރުތައް ހުއްޓާލައިފާ ޤައުމީ އެއަރލައިން މޯލްޑިވިއަން ގެ ތިންވަނަ ކާގޯ ފްލައިޓް ރާއްޖެ އައިސްފިއެވެ. މިހާލަތުގައި ރާއްޖެއަށް ކޮންމެހެން ބޭނުންވާ ސާމާނު ގެނައުމަށް ބާއްވަމުންދާ މޯލްޑިވިއަންގެ ކާގޯ ފްލައިޓް މިފަހަރު ކާގޯ ގެނެސްފައިވަނީ އިންޑިއާގެ ޗެންނާއީ އިންނެވެ. މިދަތުރުގައި 7760 ކިލޯގެ ކާގޯ ރާއްޖެއަށް ގެނެސްފައިވާ ކަމަށް މޯލްޑިވިއަނުން ބުންޏެވެ. އެ ފްލައިޓް އައިސްފައި ވަނީ މިރެއެވެ. Our 3rd #CargoFreighter from #Chennai has arrived @VelanaAirport...
ޝިއުނާ އާދަމް
6 އަހަރު ކުރިން
ކޯވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި 14 މީހަކު ހުޅުލޭ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް އެޗްޕީއޭއިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ މި 14 މީހުންނަކީ މިއަދު މާލެއިން ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓުން ކަމަށެވެ. #ކޯވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި 14 މީހަކު ހުޅުލޭ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންމި 14 މީހުންނަކީ މިއަދު މާލެއިން ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓުން — Health Protection Agency […]
ޔުމްނާ ޢަލީ
6 އަހަރު ކުރިން
މާލެއިން ދެވަނަ އަށް ޕޮޒިޓިވްވެފައިވަނީ ފުރަތަމައަށް ޕޮޒިޓިވްވި އަންހެން މީހާގެ ތުއްތު ދަރިފުޅު ކަމަށް އެޗްޕީއޭއިން ބުނެފިއެވެ. މީގެ އިތުރުން އެއިނާއާއި ޑައިރެކްޓް ކޮންޓެކުވި 10 މީހެއްގެ ނަތީޖާ ނެގެޓިވް ވެފައިވާކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެ ދެމައިން މިހާރު ތިބީ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްފަ އެވެ. ދެމައިން ދިރިއުޅޭ ޖަރީމާގެއިން ދެން ޓެސްޓްކުރި 10 މީހުން ކޮވިޑް-19 އަށް ނެގެޓިވް ކަމަށް ވެސް އެޗްޕީއޭއިން މިރޭ ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އަދިވެސް ކޮންޓެކްޓް ޓްރޭސިން ދަނީ ކުރަމުންނެވެ...
ޔުމްނާ ޢަލީ
6 އަހަރު ކުރިން
ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ، ކުޑަކުދިންނަށް ކުރާ އަނިޔާތަކަކީ އެ ސާވިސް އިން ވަރަށް ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެއް ކަމަށާއި ކުއްޖާގެ އައިޑެންޓިޓީގެ ރައްކާތެރިކަމަށްޓަކައި އެ މައްސަލަ ހިނގި ރަށުގެ މައުލޫމާތު ހިއްސާ ނުކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އައި ނަމަވެސް އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި އެ މައް...
ޔުމްނާ ޢަލީ
6 އަހަރު ކުރިން
މާލެ ސައުވީސް ގަޑިއިރަށް ލޮކްޑައުން ކޮށްފައިވާ ހާލަތުގައިި ކޮންމެހެން ގެއިން ބޭރަށް ދާން ޖެހިއްޖެ ހާލަތެއްގައި ރަޖިސްޓަރީ ވުމަށް ފުލުހުން އެދިއްޖެއެވެ. ފުލުހުން ކޮށްފައިވާ ޓުވީޓެއްގައި ބުނީ ލޮކްޑައުން ކޮށްފައިވާ ވަގުތުގައި ކޮންމެހެން ގައްނަން ޖެހޭ އެއްޗެއް ގަންނަން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި 3034444 ނަމްބަރު ފޯނާގުޅައި ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ގާއިމުވެ ތިބޭ ފުލުންގެ ޑެސްކުގައި އަމިއްލައަށް ރަޖިސްޓަރީވުމަށް އެދޭ ކަމަށެވެ. During this lockdown, if anybody has an URG...
ޝިއުނާ އާދަމް
6 އަހަރު ކުރިން
ިތިމާގެ ހިތްހަމަޖެހުމަށްވުރެން އަނެކާގެ ރައްކާތެރިކަން ޙިޔާރުކުރަން އެންމެހާ ދިވެހިނަށް މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން އިލްތިމާސް ކޮށްފިއެވެ. އެމްއެމްއޭ އިން އެގޮތަށް ބުނީ މިރޭ ކޮށްފައިވާ ޓުވީޓު ތަކެއްގައިއެވެ. އެ ޓުވީޓުތަކުގައި އެ އެސޯސިއޭޝަނުން ބުނީ ހުރިހާ އެންމެންގެ ރައްކާތެރިކަމަށް ސިއްހީ ހިދުމަތްތެރިން ކުރަންޖެހޭ ކަންކަން ކުރަން ޖެހޭނެކަމީ ޔަޤީންކަމެއް ކަމަށެވެ. މިގޮތުން ނަގަންޖެހޭ ޒިންމާގެ ދަށުން ނިންމާ ކަންކަމުން ސިއްހީދާއިރާގެ ހިދުމަތްތެރިންނަށް ފުރައްސާރަކޮށް ބިރުދ...
ޔުމްނާ ޢަލީ
6 އަހަރު ކުރިން
މިއަދު މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއާއި ކޮންޓެކްޓްވި މީހަކު ޕޮޒިޓިވްވެއްޖެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ. އެޗްޕީއޭއިން ދެންމެ ކުރި ޓުވީޓެއްގައި ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. މާލެއިން ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި މީހަކު ޕޮޒިޓިވްވެފައިވާއިރު އޭނާއާއި 65 މީހަކާ ވަނީ ޑައިރެކްޓް ކޮންޓެކްޓްވެފައިވާކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލު ވުމުގައި ސަރުކަރުން ވަނީ ބުނެފައެވެ. Samples taken from a Maldivian national who was a Direct Contact of the positive case has tested POSITIVE for […]
އިބްރާހިމް އަސްވާޤް
6 އަހަރު ކުރިން
ކޯވިޑް-19 ގެ ސަބަބުން ސްކޫލްތައް ބަންދުކޮށްފައި ވާތީ، އެޑިޔުކޭޝަން މިނިސްޓްރީއިން ކުރިއަށް ގެންދިޔަ ޓެލިކިލާސްތައް މެދު ކަނޑާލައިފިއެވެ. އެކަމާއި ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީއިން ބުނީ 2020 އޭޕްރިލް 15 ގެ މެންދުރުފަހު 3:30 ގެ ފަހުން ފެށިގެން 24 ގަޑިއިރުގެ މުއްދައްތަކަށް މާލެ ސަރަހައްދު ފުރަބަންދުކުރުމާއި ގުޅިގެން މާދަމާއިން ފެށިގެން ވަކި ގޮތެއް އަންގަންދެން ޓެލިކިލާސްތައް މެދުކަނޑާލެވިފައިވާ ކަމަށެވެ. 2020 އޭޕްރިލް 15ގެ މެންދުރުފަހު 3:30ގެ ފަހުންފެށިގެން 24 ގަޑިއިރުގެ މުއްދައްތަކަށް މާލެ ސަރަ...
ޝިއުނާ އާދަމް
6 އަހަރު ކުރިން
މިއަދު މާލޭސިޓީއިން ކޯވިޑް-19 އަށް ފައްސިވި މީހާގެ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތުގެ ތެރެއިން ފާހަގަކުރެވިގެން ދެ ގެޔަކާއި، އެޕާޓްމަންޓަކާއި އަދި ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ. އެޗްޕީއޭއިން ބުނީ އެގޮތުން ހ. ރަތްކުރެދި އިމާރާތުގެ 4 ވަނަ ފަނގިފިލާ އަދި ނޫމަސްވާދީ، މ. ޖަރީމާގެ އަދި ސ. ހިތަދޫ މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައި ކަމަށެވެ. މިއަދު މާލޭސިޓީއިން #ކޯވިޑް19 އަށް ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތުގެ ތެރެއިން ފާހަގަކުރެވިގެން ހ. ރަތްކުރެދި އިމާރާތުގެ […]
ފާތިމަތު ސިނާޒާ
6 އަހަރު ކުރިން
ރޭ ފަތިހު އދ. މަހިބަދޫގައި ހިނގާފައިވާ އަލިފާނުގެ ހާދިސާގައި ލޯންޗުތަކުގައި ރޯކޮށްލީ ބައެއްގެ މުދާ ގަސްދުގައި ރޯކޮށްލުމަށް ކަމަށާއި، މިއީ ގަސްދުގައި ހިންގާފައިވާ އަމަލެއް ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ. ޕޮލިސް ކޮމިޝަނަރު މިހެން ވިދާޅުވީ ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން މިރޭ ބާއްވާ ނޫސްވެރިންގެ ބައްދަލްވުމުގައެވެ. ސީޕީ ހަމީދު ވިދާޅުވީ، މިހާތަނަށް ފުލުހުން ކުރި ތަހުގީގުން އެ ހާދިސާ ހިންގާފައި ވަނީ ބަޔަކު ގަސްތުގައި އެ ތަ...
ޔުމްނާ ޢަލީ
6 އަހަރު ކުރިން
ބަންގްލަދޭޝްއިން ދިވެހި ރާއްޖެއަށް ހަދިޔާކުރާ 100 ޓަނުގެ ހިލޭ އެހީގެ ޝިޕްމަންޓް ހިފައިގެން ބަންގްލަދޭޝްގެ ނޭވީގެ މަނަވަރެއް ރާއްޖެ އައުމަށް މިއަދު ފުރާފައިވާކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ. ކޯވިޑް-19 އާ ގުޅިގެން ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކުރަން ނިންމާފައިވަނީ ކާޑުގެ ބާވަތްތަކާ ބޭހާއި މެޑިކަލް އިކުއިޕްމަންޓްސް ކަމަށް ފޮރިން މިނިސްޓްރީން އިން ބުނެއެވެ. ބަންގްލަދޭޝްއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީގެ ތެރޭގައި ކާޑުގެ ބާވަތްތަކާއި، ރާއްޖޭގައި ކެއުމަށް އާއްމުކޮށް ބޭނުންކުރާ މޭވާ އަދި ތަރ...
އިބްރާހިމް އަސްވާޤް
6 އަހަރު ކުރިން
އާސަންދަ ކުންފުންޏާއި ސިއްހީ ހިދުމަތް ދޭ ބައެއް މަރުކަޒުތައް ގުޅިގެން އޮންލައިން ކްލިނިކްތަކެއް ގާއިމްކޮށްފިއެވެ. އާސަންދަ ކުންފުނިން ބުނި ގޮތުގައި މާލެ އިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެ، ކޮންޓެކްޓް ޓްރޭސިން އަށް މާލެ ލޮކްޑައުން ކޮށްފައިވާ މި ހާލަތުގައި އާސަންދަ ކުންފުންޏާ ސިއްހީ ހިދުމަތް ދޭ ބައެއް މަރުކަޒުތައް ގުޅިގެން އޮންލައިން ކްލިނިކްތަކެއްގެ އިންތިޒާމު ހަމަޖައްސާފައި ވާކަމަށެވެ. އެގޮތުން ހަމަޖައްސާފައި ވަނީ މާލެ ސިޓީ އިން ނުވަ މަރުޒަކާއި އައްޑޫ ސިޓީން އެއް މަރުކަޒެކެވެ. މާލެ […]
ޝިއުނާ އާދަމް
6 އަހަރު ކުރިން