މިހާރު މި އޮތް ހާލަތަކީ އެންމެ ނުރައްކާތެރި ހާލަތު ކަމަށާއި، ކޮންމެ މީހަކު ވެސް ވިސްނަންވީ އެ މީހަކަށް އެޅެން އޮތް ފިޔަވަޅެއް އެޅޭތޯ ކަމަށް ކޮވިޑް-19 ޓާސްކް ފޯހުގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ހަވީރު ދަރުބާރު ގޭގައި ހުންނަ ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލު ވުމުގައި މަބްރޫކު ވިދާޅުވީ ކޮންމެ މީހަކު ވެސް ވިސްްނަންވީ އެ މީހަކަށް އެޅެން އޮތް ފިޔަވަޅެއް އެޅޭތޯ ކަމަށާއި، މިވަގުތަކީ ވީވަރަކުން އަޅުގަނޑުމެން ގައުމީ ކަމެއްގެ ގޮތުގައި މިކަން ދެކެންވީ ވަގުތު ކަމަށެވެ.
އާންމު ދިރިއުޅުމަށް ބޭނުންވާ ހުރިހާ ކަމެއް ނުކުރެވިދާނެކަމަށާއި، ސަރުކާރުން އަޅާފައި ހުރި ފިޔަވަޅުތައް އަޅާފައި އެހުރީ އެންމެންގެ ސަލާމަތަށް ޓަކައި ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.
" ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބަޔަކު ފައްސިވެދާނެ، އެކަން އެގޮތަށް ދިމާވެއްޖެ ނަމަ ވިސްނަން ޖެހޭ ކަމަކީ ފައްސި ވާ އެންމެން ހޮސްޕިޓަލުގައި އެންމެން ތިބޭކަށް ނުޖެހޭނެ. އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި 20 ޕަސެންޓް މީހުން ގިނަވެގެން ހޮސްޕިޓަލަށް ގެންދަން ޖެހޭނީ. އެކަމަށް ބޭނުންވާ ފެސިލިޓީތައް ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ހުޅުމާލޭގައި ވެސް ނިމޭނެ." މަބްރޫކު ވިދާޅުވިއެވެ.
ކޯވިޑް-19 އަށް މިހާތަނަށް ރާއްޖެއިން 28 މީހަކު ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން 16 މީހުން ރަނގަޅު ވެފައިވާއިރު ބަލިން ރަނގަޅު ނުވާ ބާރަ މީހުންގެ ތެރެއިން ދެ މީހަކު ތިބީ އެމީހުންގެ ޤައުމުގައިއެވެ. ރާއްޖެއިން މިބައްޔަށް ފައްސިވެފައި ވަނީ 13 ދިވެހިންނާއި 15 ބިދޭސީންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!