‌‎ކަރުދާހުގައި 24 ގަޑިއިރަށް ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 ހަރުލާފައި ހުރިކަމަށް ދިރާސާއިން ދައްކާ ކަމަށް ޑރ. ފައިސަލް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ބަލި ފެތުރެން ފެށީއްސުރެ ރާއްޖޭގެ އާންމު ރައްޔިތުންނަށް އެބައްޔާއި ގުޅޭ ހޯދުން ތަކުގެ މަޢުލޫމާތު މީސް މީޑިއާގައި ހިއްސާ ކުރަށްވަމުންދާ ދިވެހި ޑަކްޓަރުން ތެރޭ ހިމެނި ވަޑައި ގަންނަވާ އައިޖީއެމްއެޗްގެ ޑަކްޓަރ، ޑރ. ފައިސަލް އެހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައިއެވެ.

Ad
rt

ޓުވީޓަރ މެދުވެރިކޮށް މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައި ޑރ. ފައިސަލް ވިދާޅުވީ ކަރުދާހުގައި 24 ގަޑިއިރަށް ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 ހަރުލާފައި ހުރިކަމަށް ދިރާސާއިން ދައްކާ ކަމަށެވެ.

އަންގި ބޭނުން ކުރަންވީ ގޮތާއި އެމީހާ ކޮށްފައިވާ ސުވާލުގެ ޖަވާބު ދެއްވަމުން ޑރ. ފައިސަލް ވިދާޅުވީ ކޮންމެ ވައްތަރެއްގެ އަންގި ލިޔަސް އަންގި ބޭލުމަށް ފަހު އަތް ދޮންނަންޖެހޭނެ ކަމަށެވެ.. އަޅުގަނޑުމެން (ފުރަތަމަ) އަންގި ލުމުގެ ކުރިންވެސް އަތް ދޮންނަ ކަމަށްވެސް ޑރ. ފައިސަލް ވިދާޅުވިއެވެ.

‏ނޫޓުންނާއި ލާރިން ކޮވިޑު ފެތުރޭކަމަށް އެނގިފައެއްނެތް ކަމަށާއި އަދި ނުފެތުރޭކަމަށްވެސް އެނގި ފައެއް ނެތް ކަމަށް އިތުރު މައުލޫމާތު ހިއްސާ ކުރައްވަމުން ޑރ. ވިދާޅުވެފައި ވެެއެވެ.

" އެނގޭ ކަމަކީ، އެކައްޗެއްގައި ގިނަ އަތްޖެހުމަކީ ނުރައްކަލެއްކަން، އަތް ދޮންނަން ޖެހޭކަން، މޫނުގައި ހުންނަ ޖަރާސީމުވަންނަ ދޮރުތަކުގައި (ނޭފަތް، އަނގަ، ލޯ) އަތް ނު އުގުޅަންވީކަން." ޑރ. ފައިސަލް ވިދާޅުވިއެވެ.

މާލޭގައި 15 މީހަކު ވަނީ ކޯވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 14 މީހަކީ ދިވެހިންނެވެ. އަނެއް މީހާއަކީ ބަންގްލަދޭޝް މީހެކެވެ. އޭގެ ތެރޭގައި، މާބަނޑު މީހަކާއި ދެ ކުޑަކުދިން ވެސް ހިމެނޭކަމަށް ރޭ އެޗްޕީއޭގެ ފަރާތުން ވަނީ ބުނެފަ އެވެ.

ކޯވިޑް-19 އަށް މިހާތަނަށް ރާއްޖެއިން 35 މީހަކު ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން 16 މީހުން ރަނގަޅު ވެފައިވާއިރު ބަލިން ރަނގަޅު ނުވާ 17 މީހުން އެބަތިއްބެވެ. ރާއްޖެއިން ފުރައިގެން ދިޔަ ފަހުން ކޯވިޑް-19 އަށް ފައްސިވިކަން އެނގުނު 2 މީހަކު ތިބީ އެމީހުންގެ ޤައުމުގައެވެ. ރާއްޖެއިން މިބައްޔަށް ފައްސިވެފައި ވަނީ 19 ދިވެހިންނާއި 16 ބިދޭސީންނެވެ.

އެޗްޕީއޭގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން މިހާތަނަށް 3711 މީހުން މިބައްޔަށް ޓެސްޓު ކުރެވިފައިވެއެވެ. އޭގެ ތެރެއިން 35 މީހުން ފައްސި ވެފައިވާ އިރު ނައްސި ވެފައި ވަނީ 3425 މީހުންނެވެ. 252 މީހުންގެ ނަތީޖާ އަދި ނުލިބެއެވެ.