މާލެއިން އިތުރު 15 ބިދޭސީއަކު ކޯވިޑް-19 އަށް ފައްސި ވެއްޖެއެވެ. އެއީ ބަންގުލަދޭޝް 13 މީހުންނާއި އިންޑިއާއަށް ނިސްބަތްވާ 2 މީހެކެވެ.

މި ބައްޔަށް 13 ބަންގުލަދޭޝް މީހަކާއި، އިންޑިއާ 2 މީހަކު ފައްސިވެފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

Ad
rt

މިއަދު ވަނީ އިތުރު ބަންގުލަދޭޝް ރައްޔިތަކު މިބައްޔަށް ފައްސިވެފައެވެ.

މާލޭގައި ކޯވިޑް-19 ރޭ 15 ވަނަ މީހަކު ފައްސިވި އިރު އޭނާއަކީ މިހާރު ފެނިފައިވާ ކޭސްތަކުގެ ތެރޭގައި ހިމެނޭ ތިން ކްލަސްޓާގެ ތެރޭގައި ނުހިމެނޭ މީހެއް ކަމަށް އެޗްޕީއޭއިން ރޭ ވަނީ ހާމަ ކުރަށްވާފައެވެ.

މާލޭގައި 31 މީހަކު ކޯވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 14 މީހަކީ ދިވެހިންނެވެ. ދެން މިބައްޔަށް ފައްސިވެފައިވަނީ ބަންގްލަދޭޝްގެ 15 މީހަކާއި، އިންޑިއާގެ 2 މީހެކެވެ. ފައްސިވި ދިވެހިންގެ ތެރޭގައި، މާބަނޑު މީހަކާއި ދެ ކުޑަކުދިން ވެސް ހިމެނޭކަމަށް ރޭ އެޗްޕީއޭގެ ފަރާތުން ވަނީ ބުނެފަ އެވެ.