ފެތުރެމުންދާ ކޯވިޑް-19 އަށް މާލެ ސިޓީގެ އޭޑީކޭ ހޮސްޕިޓަލްގެ 12 މުވައްޒަފަކު ޕޮޒިޓިވް ވެފައިވާކަމަށް އެ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވެއްޖެއެވެ. އެ ހޮސްޕިޓަލުން ކޯވިޑަށް ޕޮޒިޓިވްވީ މުޅިން ވެސް ސަޕޯޓް ސްޓާފުން ގޮތުގައި އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުން ކަމަށް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އަފްއާލް ވަނީ ވިދާޅުވެފައެވެ. އަފްއާލް ވިދާޅުވީ އެ މުވައްޒަފުންނަކީ ހުޅުމާލޭގެ އެކަމަޑޭޝަން ބްލޮކްގައި އުޅޭ 47 ބިދޭސީންގެ ތެރެއިން 12 މީހެއް ކަމަށާއި،...
ޝިއުނާ އާދަމް
މަރުވެފައި އޮތް ބޮޑު ކާލިގަނޑު މިޔަރެއް ބ އަތޮޅު ގޮއިދޫއަށް ލައްގައިފި އެވެ. މި މިއަރު އެރަށުގެ ފަރުމައްޗަށް ލައްގާފައިވަނީ މިއަދު ގެ ވަގުތެއްގައިކަމަށް ގޮއިދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާމިރު ބުނެފައި ވެއެވެ. އާމިރު އިތުރަށް ބުނީ އެރަށަށް އެ މިޔަރު ލެއްގި އިރުވެސް މަރުވެފައިވާކަމަށެވެ. މިއަރު ފަރުމަށްޗަށް ލެއްގުމާއިއެކު އެރަށު ޒުވާނުންތަކެއް އެމިޔަރު އެއްގަމަށް އަރުވާފައިވާކަމަށް އާމިރު ބުނެފައިވެއެވެ. https://www.facebook.com/100001156445258/posts/2957092541005932/?d=n މިނޫހަށަ މަޢުލޫމާތު...
އިބްރާހިމް އަސްވާޤް
މީގެ ތިންދުވަސް ކުރިން ހއ. އަތޮޅުގެ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް އެއްޖިންސުން ގުޅުން ހިންގި އަމަލު ޕީޕީއެމް ހިމެނޭ އިދިކޮޅު ކޯލިޝަންއިން ކުށްވެރިކޮށް، އެމީހާއަށް ގާނޫނުން ކަނޑައެޅިފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލައިފި އެވެ. އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިންނަށް ޖިންސީގޮތުން ފުރައްސާރަ އާއި ގޯނާ ކުރުމާއި، އެއް ޖިންސުން ގުޅުން ހިންގުމާއި، ގަދަ ކަމުން އިއްފަތްތެރިކަން ފޭރިގަތުން ފަދަ އަމަލުތަކަކީ އެ ކޯލިޝަނުން...
އަލީ އާދިލް
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަނަދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ، މަސްތުވާތަކެތި ގެންގުޅޭ ކަމަށް ޝައްކުކުރެވިގެން މި ހިނގާ މެއި މަހުގެ 9 ވަނަ ދުވަހުގެ ރޭ އެ ރަށު މަގުމަތިން ހުއްޓުވައި ބަލައި ފާސްކުރިއިރު އޭނާ ހުރި ދިމާ ބިންމަތިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 20 ކަރުދާސްކޮޅު ފެނުމާ ގުޅިގެންނެވެ. މި މައްސަލަ ނ. މަނ...
ޝިއުނާ އާދަމް
މޯލްޑިވިއަންގެ 2 ފްލައިޓެއްގައި 234 ދިވެހިން މާދަމާ އިންޑިއާއިން ރާއްޖެއަށް އަންނާނެކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ. ފޮރިން މިނިސްޓްރީން ބުނީ ދިވެހިން ގެންނަނީ 16 ސިޓީއަކުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޕަންޖާބް، ކަލްކަތާ، ގުރްގުއާން، ރިޝިކޭޝް، ދިއްލީ، ވެއްލޫރު، ޗެންނާނީ، ޓްރިވެންޑްރަމް، ކޮޗިން، ބެންގަލޯރ، ޕޫނޭ، ގޯއާ، ޖަމްނާގަރް، އެޒިމާލާ، ވެލިންޓަން އަދި ޕަޗްމާރީއެވެ. މޯލްޑިވިއަންގެ އެއަރބަސް މަތިންދާބޯޓު ދަތުރުކުރާނީ މާލެ – ދިއްލީ – ޓްރިވެންޑްރަމް – މާލެ ރޫޓުންނެވެ. މި ފްލައިޓް ހުޅ...
އިބްރާހިމް އަސްވާޤް
މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރެއްވުމުގެ ބިލު “ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020” ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤު ކުރެއްވުމާ އެކު، އިންތިޚާބަށް ކުރިމަތިލުމުގެ ސަބަބުން ސަސްޕެންޝަންގައި ތިބި ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން ނިމުމަކަށް އަތުވެއްޖެ އެވެ. އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން، ތާވަލްކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކޯވިޑް-19 އާއި ގުޅިގެން އެންމެ ފަރަތަމަ...
އަލީ އާދިލް
މި އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރެއްވުމުގެ ބިލުކަމުގައިވާ “ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020” ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލަކީ މިއަހަރުގެ އެޕްރީލް މަހުގެ 29 ވީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 31 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މި ބިލު މަޖިލީހުން ފާސްކުރެއްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ ވޯޓުންނެވެ. ލޯ...
ޔުމްނާ ޢަލީ
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މަސައްކަތް ކުރާ ނަރުހެއްގެ ނަތީޖާ ކުރިން ޕޮޒިޓިވްވިޔަސް ފަހުގެ ޓެސްޓް ނެގެޓިވް ވެފައިވާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފި އެވެ. އެންއީއޯސީ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ ކޯވިޑް-19 އަށް ޓެސްޓުކުރި އައިޖީއެމްއެޗްގެ އެންއައިސީޔޫގެ ނަރުސް މީހާގެ ނަތީޖާ މިހާރު ނެގެޓިވް ކަމަށެވެ. އެންއީއޯސީ ގައި އިއްޔެ ބޭއ...
ޝިއުނާ އާދަމް
ރަށްރަށުގައި ގާއިމްކުރާ ކަރަންޓީނު ފެސިލީޓަކުގައި ޖާގަ އޮތް މިންވަރަކުން މީހުން ފޮނުވަން ކަރުކާރުން ނިންމާފައިވާނިންމުން ބަދަލުކޮށް އެކަން ނުކުރާނެ ކަމަށް ނިންމާ މާލެއިން މީހުނަށް ރަށްރަށަށް ދެވޭނީ ހަމައެކަނި ޓްރާންސިޓް ފެސިލިޓީއެއްގައި 14 ދުވަސް ފުރިހަމަ ކުރުމަށްފަހު، ޓެސްޓް ހަދައި ނަތީޖާ ލިބުމުންކަމަށް ސަރުކާރުން ބުނެފިއެވެ. ސަރުކާރުން މި ގޮތަށް ނިންމީ ކުރިއަށް އޮތް ދެ ހަފުތާ މާލޭގައި ބަލި އިތުރަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމުންނެވެ. ރޭ ހޯމް މިނިސްޓްރަ އިމްރާން އަބްދުއްﷲ ވެސް ވަނީ...
ޔުމްނާ ޢަލީ
ރާއްޖޭއިން މިއަދު އިތުރު 19 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެ، ބަލި ޖެހުމުން މީހުންގެ ޢަދަދު 785 އަށް އަރައިފިއެވެ. އަދި އިތުރު 9 މީހުން ބަލިން ރަނގަޅުވެ، މިހާތަނަށް ރާއްޖެއިން މިބަލިން ރަނގަޅުވި މީހުންގެ ޢަދަދު މިހާރު ވަނީ 29 އަށް އަރާފައިއެވެ. ރާއްޖެއިން އިތުރު 19 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، މިހާތަނަށް ޖުމްލަ 29 މީހުން ރާއްޖެއިން މިބަލިން ވަނީ ރަނގަޅު ވެފައި ވާކަމަށް ހާމަ ކުރެއްވީ ނޭޝަނަލް އިމަޖެންސީ […]
ޝިއުނާ އާދަމް
ފުރަބަންދުގައި އިތުރު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިނުވާކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ. ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މާލޭގައި ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމަވާފައިވާކަމަށްބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ފިޔަވަޅުތައް އަޅަމުންދަނީ ރާއްޖޭގައި ބަލި ފެތުރޭ މިންވަރާއި، އަދި ބަލި ފެތުރެމުންދާ...
ޔުމްނާ ޢަލީ
ވައިގެ މަގުން ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ މުދަލުގެ ތެރެއިން، ވެރިފަރާތުން ހަވާލުނުވެ ގިނަ ދުވަސް ވުމުގެ ސަބަބުން ނައްތާލުމަށް ކަނޑައެޅުނު މުދާ ތަކުގެ ތެރޭގައި ހިމެނޭ ޕެކޭޖެއްގެ ތެރެއިން މަސްތުވާތަކެތި ފެނިއްޖެކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއިން ބުނެފިއެވެ. ކަސްޓަމްސްއިން އެ ތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނެބިހަށް އެތަކެތި ވަނީ ޕޮޒިޓިވް ވެފައި ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އެ ތަކެތީގެ ބަރުދަނުގައި ޕެކިންގ އާއެކު 42 ގްރާމު ހުރިއިރު، އެ ތަކެތީގެ މަގުމަތީ...
ޔުމްނާ ޢަލީ
ދިވެހި ރާއްޖޭގެ ސަރުކާރުގެ މައި ހޮސްޕިޓަލް ކަމުގައިވާ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ޑޮކްޓަރަކާއި، ނަރުހެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް މިއަދު އެ ހޮސްޕިޓަލުން ބުނެފިއެވެ. އެ ހޮސްޕިޓަލުން ބުނި ގޮތުގައި އެ ދެ މީހުން ބައްޔަށް ހުށަހެޅުނީ ހޮސްޕިޓަލްގައި ފަރުވާ ދިނުމުގެ ތެރޭގައި ނޫން ކަމަށެވެ. ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އައިޖީއެމްއެޗުގެ މެޑިކަލް ޑިރ...
ޝިއުނާ އާދަމް
ރާއްޖެއިން ކޯވިޑް-19 އަށް އިތުރު މިއަދު 22 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރެޓެކްޝަން އޭޖެންސެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެހެން ކަމުން ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 766 އަށް އަރައިފައެވެ. އެޗްޕީއޭއިން ބުނެފައި ވަނީ އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 4 މީހަކާއި، އިންޑިޔާ މީހަކާއި، ލަންކާ ނޭޕާލް މީހެއްގެ އިތުރުން 16 ދިވެހިންކަމަށެވެ. އެޗްޕީއޢެިން މިއަދު ހާމަކުރި އަދަދުތަކާ އެކު މިހާރު ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި […]
ޔުމްނާ ޢަލީ
އައްޑޫ ސިޓީއިން އިތުރު ފަރުވާއަށް ރޭ ދަންވަރު މާލެ ގެނައި ބަލި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން 14 ދުވަހުގެ މުއްދަތަށް އައްޑޫ ސިޓީ މިއަދު ފުރަބަންދު ކޮށްފި އެވެ. ކޯވިޑާ ގުޅޭ ގޮތުން އައްޑޫ ސިޓީ ކައުންސިލުން އައްޑޫ އިމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި އޮންލައިން ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ އައްޑޫގައި މިހާރު ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ގަބޫލުކުރެވޭތީ […]
ޝިއުނާ އާދަމް