ފުރަބަންދު މުއްދަތުގައި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު މާލެ ވަޑައިގަތުމަކީ ސުލޫކީ މައްސަލައެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު މަޖިލީހަށް ހުށައަޅުއްވާފައިވާ މައްސަލައާއި ގުޅިގެން އެކަމުގައި ރިޔާޒުގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކް ކޮމިޓީން ނިންމައިފި އެވެ. އެމައްސަލައާއި ގުޅިގެން މިއަދު މަޖިލިސްގެ އިމްތިޔާޒު އަދި ސުލޫކް ކޮމިޓީން ވަނީ މެންބަރު އަބްދުﷲ ރިޔާޒު މާލެ ވަޑައިގަތީ އެކަމަށް ހޯދަންޖެހޭ...
އަލީ އާދިލް
ކޯވިޑް-19 ގެ ސަބަބުން މާލެ ފުރަބަންދު ކުރުމުން ރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި އަތޮޅުތަކުގެ ރައްޔިތުން ތެރެއިން ރަށްރަށަށް ފޮނުވަން ފުރަތަމަ ކަނޑައެޅި މީހުންގެ ލިސްޓް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އާންމު ކޮށްފިއެވެ. އެލިސްޓް ހާމަކުރަމުން އެލްޖީއޭއިން ބުނެފައިވަނީ މާލެ ސަރަޙައްދުގައި ޤާއިމްކުރާ ފުރަބަންދު ކަރަންޓީނު ފެސިލިޓީތަކުގައި، ކަރަންޓީނު ކުރުމަށް މިވަގުތަށް ލިބިފައިވަނީ 500 ރޫމު ކަމަށާއި، މި ޖާގައަށް އަތޮޅުތަކުން މީހުން ނަން ނޯޓްކޮށްފައިވާ ނިސްބަތައް ބަލައި ކޮންމެ އަތޮޅ...
ޔުމްނާ ޢަލީ
ކޯވިޑް-19 އަށް ޓެސްޓު ކުރުމަށްޓަކައި، އޭޑީކޭ ހޮސްޕިޓަލްގައި އެ ބަށްޔަށް ޓެސްޓުކުރުމަށް ބޭނުންވާ ޕީސީއާރު ސިސްޓަމް ބަހައްޓާފައި ވާ ކަމަށް އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންއިން ބުނެފިއެވެ. އޭޑީކޭ ހޮސްޕިޓަލް ހިންގާ މައި ކުންފުނި، އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ އޭޑީކޭ ހޮސްޕިޓަލުގައި ޕީސީއާރު ސިސްޓަމް ބަހައްޓާފައިވާ ކަމަށެވެ. އޭރުން ސަރުކާރުން ބޭނުންވާ ގޮތަށް، ދުވާލަކު އެތައް ސަތޭކަ ބަޔަކު ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ ގާބިލްކަން އިތުރުވެގެންދާނެ ކަމަށްވެސް އެ ޓުވީޓުގައި […]
ޝިއުނާ އާދަމް
ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ 92 އަހަރުގެ ގައިދީއަކު މަރުވެއްޖެ ކަމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުކުމެއް ތަންފީޒު ކުރަމުންދިޔަ 92 އަހަރުގެ މީހަކު ރޭ މަރުވެފައިވާ ކަމަށެވެ. އެ މީހާ ހުކުމް ތަންފީޒު ކުރަމުން ދިޔައީ ހުޅުމާލޭ ޖަލުގައި ކަމަށްވެސް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅު ވެފައި ވެއެވެ. A bedridden 92y old inmate who was serving […]
ޝިއުނާ އާދަމް
ކޯވިޑް-19 އާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމާ ގުޅޭ އުސޫލު، ރައީސް އޮފީހުން ހާމަ ކުރަށްވައިފިއެވެ. މި އުސޫލުގެ ދަށުން އިންކަމް ސަޕޯޓް އެލަވަން ދިނުމަށް ކަނޑައަޅާފައި ވަނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޯވިޑް-19 އާއި ގުޅިގެން އެ ބައެއްގެ ވަޒީފާއަށް ނުރަނަގު އަސަރު ކޮށްފައިވާ ފަރާތްތަކަށާއި، ދިވެހިރާއްޖޭގައި އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން ކޯވިޑް-19 އާއި ގުޅިގެން އެ ބައެއްގެ […]
ޔުމްނާ ޢަލީ
ކޯވިޑް-19 އާ ގުޅިގެން ފުރަބަންދުގެ މިދަނޑިވަޅުގައި، މާލެ ސަރަހައްދުގެ ގޭބީސީތަކުގެ ފެން މީޓަރު ފޮޓޯ އާއި ރީޑިން ފޮނުވޭނެ ހާއްސަ ފީޗާއެއް ގައުމީ ފެން ކުންފުނި، މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މޯބައިލް އެޕްލިކޭޝަނަށް އިތުރު ކޮށްފިއެވެ. އެމްޑަބްލިއުއެސްސީގެ މޯބައިލް އެޕްލިކޭޝަނަށް މި އިތުރު ކުރެވުނު ފީޗާގެ އެހީގައި އަމިއްލައަށް ފެން ބިލް ޖެނެރޭޓް ކުރެވޭނެ އިންތިޒާމުތައް މިހާރު ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެ ކުންފުނިން ބުނީ، ފެން ބިލްގެ […]
އަލީ އާދިލް
އިތުރު 7 މީހަކު އަނެއްކާވެސް ރާއްޖެއިން ކޯވިޑް-19އަސް ޕޮޒިޓިވްވެ ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު 904 އަށްއަރައިފިއެވެ. ރާއްޖެއިން މިއަދު ޕޮޒިޓިވްވި އިތުރު 7 މީހުންނާއިއެކު ރޭ މެންދަމު 12:00ގެ ފަހުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 42 އަށް އަރާފައެވެ. ޕޮޒިޓިވްވި 7 މީހުންގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި ބަންގްލަދޭޝްގެ 3 މީހަކާއި އިންޑިއާގެ 2 މީހެކެވެ. މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިވަނީ 904 އަށް […]
ޔުމްނާ ޢަލީ
ކޯވިޑް-19 ގެ ސަބަބުން މާލެ ފުރަބަންދު ކުރުމުން މާލޭގައި ތާށިވެފައި ތިބި އަތޮޅުތަކުގެ މީހުނަށް މާލޭގައި ތިބޭ މުއްދަތުގައި އެ މީހުންގެ އަތުން ދާ ހަރަދުތައް ސަރުކާރުން ދިނުމަށް ނައިފަރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި އިސްލާޙު މިއަދު މަޖިލިސްއިން ފެއިލް ކޮށްލައިފިއެވެ. ޝިޔާމްގެ އެ އިސްލާހް ހުށަހަޅުއްވާފައި ވަނީ ކޯވިޑް-19 އާއި ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގުރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާއި ގުޅ...
ޝިއުނާ އާދަމް
އއ. ވެލިދޫ ކަރަންޓީން ފެސިލިޓީގައި މަސައްކަތް ކުރާ ދެ މީހަކާއި މެދު ޝަކުވާއެއް ހުށަހެޅި އެމައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. ފުލުހުން މިއަދު ހެނދުނު ބުނީ ވެލިދޫ ކަރަންޓީން ފެސިލިޓީގައި ޖިނާއީ ކުށެއް، ޖިންސީ ފުރައްސާރައިގެ ކަމެއް ހިނގައިގެން އެ މައްސަލަ ބަލައިދިނުމަށް އެދި ބަޔަކު ހުށަހަޅާފައިވާ ނުވާ ކަމަށެވެ. އެފަދަ ކަމެއް ތަހުގީގު ކުރަމުން ވެސް ނުދާ ކަމަށް ބުންޏެވެ. ވެލިދޫ ފެސިލިޓީއާ ހަވާލުވެ ހުންނެވި […]
ޝިއުނާ އާދަމް
ރާއްޖެއިން ކޯވިޑް-19 އަށް މިރޭ 35 މީހުން ޕޮޒިޓިވްވެ، ބަލިޖެހުނު މީހުންގެ ޖުމްލަ ޢަދަދު 897 އަށް އިތުރުވެއްޖެއެވެ. މިއަދު ޕޮޒިޓިވްވެފައިވަނީ 14 ދިވެހިންނާއި، ބަންގްލަދޭޝްގެ 14 މީހުންގެ އިތުރުން އިންޑިޔާގެ 7 މީހުންނެވެ. މިހާތަނަށް ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ ޢަދަދު ވަނީ މިހާރު 302 އަށް އަރާފައެވެ. އެންމެ ގިނަޢަދަދަކަށް ބަލިޖެހިފައިވަނީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށެވެ. އެޤައުމުގެ 494 މީހަކަށް މިހާތަނަށް ވަނީ ކޯވިޑް ޖެހިފައެވެ. މިބަލި ޖެހުނު 31 މީހަކު...
އިބްރާހިމް އަސްވާޤް
ކޮވިޑް 19އާ ގުޅިގެން އެއް ރަށުން އަނެއް ރަށަށް މުދާ އުފުލުމުގައި ދަތިތަކެއް ދިމާވެފައިވާތީ އަތޮޅު ކައުންސިލްތަކާ ގުޅިގެން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މުދާ އުފުލުމަށް ހާއްސަ ފެރީތަކެއް ބާއްވަން ނިންމައިފިއެވެ. ލޯކަލް ގަވަނަންސް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ މުދާ އުފުލުމަށް ހާއްސަ ފެރީތަކެއް ބާއްވަން އަތޮޅު ކައުންސިލާއި އެމްޓީސީސީއަށް ހުއްދަ ދީފައެވެ. އެ އޮތޯރިޓީން ބުނީ ރަށްރަށަށް މުދާ އުފުލުމުގައި މުދާ އަރުވައި ބޭލުމުގެ މަސައްކަތް ކުރާނީ ކައުންސިލްތަކާ...
ޔުމްނާ ޢަލީ
މާލޭގައި ކޯވިޑް-19 ބަލި ފެތުރެމުން އަންނަ މިވަގުތުގައި މާލެއިން އަތޮޅުތަކަށް މީހުން ދިޔުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ. ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިއަދު ހަވީރު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވީ މާލެއިން ފުރައިގެން ރަށްރަށަށް ދާން 5،000 އެއްހާ ރައްޔިތުން އެދިފައިވާ ކަމަށެވެ. މާލޭގައި ބަލި ފެތުރެމުން އަންނަ މިވަގުތުގައި މާލެއިން އަތޮޅުތަކަށް މީހުން ދިޔުމަކީ ރައްކާތެރި ކަމެ...
ޝިއުނާ އާދަމް
ކޯވިޑް-19 ގެ ހާލަތުގެ ސަބަބުން މާލޭގައި ތިބި އަތޮޅުތަކުގެ ރަށްޔިތުން ތެރެއިން މިހާލަތުގައި ރަށަށް ދާން އެދޭ މީހުން ތެރެއިން ރަށަށް ދިއުމުގެ ފުރުޞަތު ދިނުމަށް ނިންމާފައިވަނީ ހަތަރު ކަމަކަށް ބަލައިގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވިދާޅުވެއްޖެއެވެ. ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިމްރާން ވިދާޅުވީ މާލޭގައި ތިބި އަތޮޅުތަކުގެ ރަށްތަކުގެ މީހުންގެ ތެރެއިން ރަށްރަށަށް ދާން ބޭނުންވާ މީހުންނަށް ދަތިތަކެއް އޮތީ ކުރ...
ޝިއުނާ އާދަމް
ރާއްޖެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ބަލި މަޑުކަމުގެ ހާލަތުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާ ހުއްޓުމަކަށް އައިސް، ފަތުރުވެރިން ގެނައުން މެދުކަނޑާލާފައިވާ މި ދަނޑިވަޅުގައި، ރިސޯޓްތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން 600 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ރަށަށް ދާން އެދިފައި ވާކަމަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ. ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވީ އެ މުވައްޒަފުންނަކީ މާލެ ވެސް ނ...
ޔުމްނާ ޢަލީ
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ފޯރުކޮށްދޭ އިތުރު 5000 ޓެސްޓްކިޓް މިއަދު ރާއްޖެ ގެންނާނެކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ. އެންއީއޯސީގައި ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ޑަބްލިއުއެޗްއޯއިން ދެނީ ޕީސީއާރު ޓެސްޓްކިޓް ކަމަށެވެ. ކޯވިޑް-19 ބަލި ދެނެގަތުމަށް ރާއްޖޭގައި ދެވައްތަރެއްގެ ޓެސްޓެއް ހަދާއިރު، ޕީސީއާރު ޓެސްޓަކީ ކޯވިޑް-19 ބަލި ޖެހިފައިވާ މީހުން އަވަހަށް ދެނެގަތުމަށް ޓެސްޓްހަދާ ކިޓ...
ޝިއުނާ އާދަމް