ރާއްޖެއިން ކޯވިޑް-19 އަށް އިތުރު މިއަދު 22 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރެޓެކްޝަން އޭޖެންސެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެހެން ކަމުން ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 766 އަށް އަރައިފައެވެ.
އެޗްޕީއޭއިން ބުނެފައި ވަނީ އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 4 މީހަކާއި، އިންޑިޔާ މީހަކާއި، ލަންކާ ނޭޕާލް މީހެއްގެ އިތުރުން 16 ދިވެހިންކަމަށެވެ.
އެޗްޕީއޢެިން މިއަދު ހާމަކުރި އަދަދުތަކާ އެކު މިހާރު ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު ވަނީ 254 އަށް އަރައިފަ އެވެ. ބަންގްލާދޭޝްގެ 420 މީހަކު މިހާތަނަށް ޕޮޒިޓިވް ވެފައި ވާއިރު އިންޑިއާގެ 61 މީހަކާއި ސްރީ ލަންކާގެ ފަސް މީހަކު ވެސް ޕޮޒިޓިވް ވެފައިވެ އެވެ. އަދި އެހެން ގައުމުތަކުގެ 26 މީހަކު ޕޮޒިޓިވްވި އެވެ. އެކަމަކު އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރި ޓޫރިސްޓުންނާއި ރިސޯޓްތަކުގެ މުވައްޒަފުންނެވެ.
މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން ތިން މީހަކު ވަނީ މަރުވެފައެވެ. އެއީ 83 އަހަރުގެ ދިވެހި އަންހެނަކާއި، 80 އަހަރުގެ ދިވެހި ފިރިހެނަކާއި، އުމުރުން 33 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. ބަންގްލަދޭޝް މީހާ މަރުވީ ސީދާ ބަލީގެ ސަބަބުން ނޫން ނަމަވެސް، ބައްޔަށް ޕޮޒިޓިވްވެފައި ވުމުން އޭނާގެ މަރުވެސް ގުނަނީ ކޮވިޑް-19 މަރެއްގެ ގޮތުގައެވެ.
ކޮވިޑް-19 މާލޭގެ އިތުރުން އަތޮޅު ތެރޭގެ ބައެއް ރަށްތަކުންވެސް ވަނީ ފެނިފައެވެ. އެ ރަށްތައް ލޮކްޑައުންކޮށް ކޮންޓެކްޓް ޓްރޭސް ކުރަމުންދާއިރު، އެއް ރަށުން އަނެއް ރަަށަށް ދަތުރުކުރުންވެސް ވަނީ މަނާކޮށްފަ އެެވެ.
އައްޑޫ ސިޓީއިން ރޭ މާލެ ގެނައި މީހަކު ކޯވިޑަށް ޕޮޒިޓިވް ވުމުން އެސިޓީވެސް މިއަދު ވަނީ 14 ދުވަހަށް ފުރަބަންދު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!