ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ 92 އަހަރުގެ ގައިދީއަކު މަރުވެއްޖެ ކަމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުކުމެއް ތަންފީޒު ކުރަމުންދިޔަ 92 އަހަރުގެ މީހަކު ރޭ މަރުވެފައިވާ ކަމަށެވެ.

Ad
rt

އެ މީހާ ހުކުމް ތަންފީޒު ކުރަމުން ދިޔައީ ހުޅުމާލޭ ޖަލުގައި ކަމަށްވެސް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅު ވެފައި ވެއެވެ.

މި ކަމާ ގުޅިގެން ހިއުމަންރައިޓްސް ކޮމިޝަނަށާއި، ފުލުހުންނަށާއި އަދި ކަމާއި ގުޅުންހުރި އިދާރާތަކަށް އެކަން އަންގަވާފައި ވާކަމަށްވެސް ކޮމިޝަނަރ އޮފް ޕްރިޒަންސް ވަނީ ވިދާޅުވެއެވެ.