އިސްކަން ދޭންވީ އުމުރުން ދުވަސްވީ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްކަމަށް: ނައިބު ރައީސް
ފުރަމާލޭގައި އިއުލާން ކޮށްފައިވާ ފުރަބަންދުގެ ހާލަތަށް ދިން ލުއިތަކާއެކު އެންމެ ބޮޑު އިސްކަމެއް ދޭންވީ އުމުރުން ދުވަސްވީ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. ނައިބް ރައީސް ފައިސަލް ނަސީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުރަބަންދާއި ގުޅިގެން ލުއިތަކެއް ދިންކަމުގައި ވިޔަސް ރައްކާތެރިވުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި ގަވާއިދުތަކަށް ބޯލެނބުން މުހިންމުކަމަށެވެ. އެގޮތުން އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދިނުން މުހިންމު...