ރައީސް ވަހީދު އާއި އަނބިކަނބަލުންނަށް ހުތުރު އެއްޗެހި ގޮވި މައްސަލަ ބަލަން ފަށައިފި
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދެކަނބަލުންނަށް ހަމަލާދީ ހުތުރު އެއްޗެހި ގޮވި މައްސަލަ ފުލުހުން ބަލަންފަށައިފި އެވެ. މިއަދު ޑރ. ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަނބިކަނބަލުންނާއެކު ހެނދުނުގެ ކަސްރަތަށް ނިކުމެވަޑައިގެން އުޅުއްވަނިކޮށް އުސްފަސްގަނޑު ސަރަހައްދުން ދިމާކޮށް ހުތުރު އެއްޗެހި ގޮވީ އެމްޑީޕީ އެކްޓިވިސްޓެއް ކަމަށެވެ. އަދި އެހުތުރު މަންޒަރު، އެތަނަށް ކަސްރަތު ކުރަން ގޮސް ތިބި އެހެން ރައްޔިތުންނަށް ވެސް ފެނިފައިވާ ކަމަށާއި، މިއަމަލު ކުށްވެރި ކުރާ ކަމަށް ވެސް ކުރީގެ...