މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 1002 ވަނަ ޞަފްޙާ

ޓެލިކިލާހުގެ ގަޑިތަކަށް ބަދަލުގެންނަން ވިސްނަނީ

ޓެލިކިލާހުގެ ގަޑިތަކަށް ބަދަލުގެންނަން ވިސްނަނީ

ޖުލައި އެއްވަނަ ދުވަހު ކިޔެވުން ފެށުމުން، ޓެލެކިލާސްތަކުގެ ގަޑިތަކަށް ބަދަލު ގެނައުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ. އެންއީއޯސީގައި ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އެކަމުގެ މަޝްވަރާތައް ކުރިއަށްދާކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވާ ކަމަށެވެ. މިހާރު ޓެލިކިލާސްތައް އޮންނަނީ ހެނދުނު 9:30 އިން ހަވީރު 18:00 އަށެވެ. މިހާރު ގަޑިތައް އޮންނ...

ޔުމްނާ ޢަލީ
ކައުންސިލްތައް ހިންގާނެ ގޮތުގެ އުސޫލުގައިވާ ކައުންސިލްތަކުގެ ރައީސް، ނައިބު ރައީސް ލިސްޓުގައި އޮޅުން؟

ކައުންސިލްތައް ހިންގާނެ ގޮތުގެ އުސޫލުގައިވާ ކައުންސިލްތަކުގެ ރައީސް، ނައިބު ރައީސް ލިސްޓުގައި އޮޅުން؟

ކައުންސިލްތަކުގެ ދައުރު ދަންމާލަން އެކުލަވާލި ޤާނޫނު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 ގެ ދަށުން، ކައުންސިލްތައް ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ރޭ އާންމުކުރި އިރު، މިއުޞޫލުގެ ޖަދުވަލު 1 ގައިވާ އެ އުސޫލަށް އަމަލުކުރަން ފެށިއިރު ތިބި ކައުންސިލްތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ ލިސްޓްގައި ބޮޑެތި އޮޅުންތަކެއް ހުރިކަން ފާހަގަ ވެއްޖެއެވެ. މި އުޞޫލުގެ ތިންވަނަ ބާބުގެ (ހ) ގައި ބުނެފައިވަނީ ކައުންސިލްގެ ރައީސާއި ނައިބު […]

އަލީ އާދިލް
ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު އދގެ  އެޖެންސީ ތަކަށް ދެއްވައިފި

ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު އދގެ އެޖެންސީ ތަކަށް ދެއްވައިފި

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތު އދގެ އެޖެންސީ ތަކަށް ދެއްވައިފިއެވެ. މައުލޫމާތުތައް ހިއްސާކޮށްފައި ވަނީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ އދގެ ހުރިހާ އެޖެންސީއެއްގެ އިސް ފަރާތްތަކާ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބޭއްވި ބައްދަލުވުމުގައެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮން ކުރިއަށް ގެންދެވި މި ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި، މިހާލަތުގައި އދ އާއި އދގެ އެކި ގުނަވަންތަކުން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް މިނިސްޓަރ ޝާހި...

އަލީ އިބްރާހިމް
1 ބިލިޔަން ރުފިޔާގެ އުނިކަމެއް ދައުލަތުގެ ބަޖެޓަށް އަންނާނެ: ރައީސް

1 ބިލިޔަން ރުފިޔާގެ އުނިކަމެއް ދައުލަތުގެ ބަޖެޓަށް އަންނާނެ: ރައީސް

ކޯވިޑް19 ބައްޔާގުޅިގެން 1 ބިލިޔަން ރުފިޔާގެ އުނިކަމެއް ދައުލަތުގެ ބަޖެޓަށް އަންނާނެކަމަށް “ނެޝަނަލް ޓާސްކްފޯރސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ”ގެ ފުރަތަމަ ބައްދަލުވުން ބާއްވަވައި ޓާސްކްފޯސްގެ މަސައްކަތްތައް ރޭވިފައިވާ ގޮތުގަގެ މަޢުލޫމަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އޮޅުންފިލުއްވައި ދެއްކެވި ވާހަކައިގައި ވިދާޅުވެއްޖެއެވެ. މި ބައްދަލުވުން ފައްޓަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޓާސްކްފޯސް އުފެއްދެވުމުގެ މަޤްޞަދުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކ...

އިބްރާހިމް އަސްވާޤް
ކައުންސިލުންތަކަށް ކުރިމަތިލި ކެންޑިޑޭޓުން، ނަން ނެގުމުގެ ފުރުޞަތު ހުޅުވާލަނީ

ކައުންސިލުންތަކަށް ކުރިމަތިލި ކެންޑިޑޭޓުން، ނަން ނެގުމުގެ ފުރުޞަތު ހުޅުވާލަނީ

މިއަހަރު އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ޢިއުލާނު ކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލި ކެނޑިޑޭޓުންގެ ތެރެއިން އަނބުރާ ނަން ނަގަން ބޭނުންވާ ކެނޑިޑޭޓުންނަށް އެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލާނެކަމަށް އީސީގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ. އަކުރަމް ވިދާޅުވީ ކެނޑިޑޭޓުންގެ ތެރެއިން ނަން ނަގަން ބޭނުންވާ ކެނޑިޑޭޓުންނަށް ނަން ނެގުމުގެ ފުރުޞަތު، ޤާނޫނު ނަމްބަރު 3/2020 ގެ ދަށުން ވަރަށް އަވަހަށް ހުޅުވާލައްވާނެ ކަމަށެވެ. […]

ޔުމްނާ ޢަލީ
އަންހެނުންނަށް އަސާސީ ޚިދުމަތް ފޯރުކޮށް ނުދީ މާލެ ވަށައިގެން އޮތްހާތަނެއް ހިއްކީމައި ދެއްކުނު ވާހަކައެއް ދިމަލެއްނުވޭ: މެމްބަރު ޢަލީ

އަންހެނުންނަށް އަސާސީ ޚިދުމަތް ފޯރުކޮށް ނުދީ މާލެ ވަށައިގެން އޮތްހާތަނެއް ހިއްކީމައި ދެއްކުނު ވާހަކައެއް ދިމަލެއްނުވޭ: މެމްބަރު ޢަލީ

ކެމްޕެއިންގައި ޖަޒީރާ ރާއްޖޭގެ ވާހަކައާއި، ލާމަރުކަޒީ ވާހަކަ ދެއްކިއިރު ރަށްރަށުގެ އަންހެނުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްނުދީ، އަނެއްކާ ތިންވަނަ ފަހަރަށް މާލޭގެ މަގުތައް ހަދައި، މާލޭގައި ވަށައިގެން އޮތިއްޔާ އޮތްހާ ތަނެއް ހިއްކައި، ބްރިޖުއަޅަން ދިމާކުރީމައި ދައްކާ ވާހަކައަކާއި ކުރާ ކަމަކާ ދިމާނުވާ ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. މެމްބަރު ޢަލީ މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި އަންހެނުންނާމެދު ކުރާ ތަފާތުކުރުންތަކަށް ހުއްޓުމެއް ގެނައުމަށްޓަކައި، ކަމާގުޅ...

ޔުމްނާ ޢަލީ
ކުށުގެ ވެއްޓަށް އައިސްފައިވާ ބަދަލަކީ މި ސަރުކާރުން ކޮށްފައިވާ އިސްލާހީ މަސައްކަތުގެ ނަތީޖާ: އަލީ ނަޒީރު

ކުށުގެ ވެއްޓަށް އައިސްފައިވާ ބަދަލަކީ މި ސަރުކާރުން ކޮށްފައިވާ އިސްލާހީ މަސައްކަތުގެ ނަތީޖާ: އަލީ ނަޒީރު

ކުށުގެ ވެއްޓަށް އައިސްފައިވާ ބަދަލަކީ މި ސަރުކާރުން ކޮށްފައިވާ އިސްލާހީ މަސައްކަތުގެ ނަތީޖާ ކަމަށާއި، ފުލުހުންގެ މުއައްސަސާއަށް އައިސްފައިވާ ބަދަލު މިންކުރަން ވާނީ މާޒީގައި ފުލުހުން ހިންގާފައިވާ ކަންކަމުގެ ބަދަލުގައި މިހާރު ފުލުހުން ރައްޔިތުންނާ މުއާމަލާތް ކުރާގޮތަށް ބަލައިގެން ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމް އެފެއާޒް އަލީ ނަޒީރު ވިދާޅުވެއްޖެއެވެ. ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު އިއްޔެ ކުރި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ މުއައްސަސާ އަށް އިސްލާހީ ބަދަލު ގެނައުމަކީ ރައީސް މުހައްމަދު ސޯލިހުގެ...

އަލީ އާދިލް
ގައުމު އޮޔާ ދާއިރު މަޖިލީހުން އުޅެނީ ފުލުހުން ސޯޓް ނުލެއްވިގެން: ނަވާޒް

ގައުމު އޮޔާ ދާއިރު މަޖިލީހުން އުޅެނީ ފުލުހުން ސޯޓް ނުލެއްވިގެން: ނަވާޒް

ގައުމު އޮޔާ ދާއިރު ރައްޔިތުންގެ މަޖިލީހުން އުޅެނީ ފުލުހުން ސޯޓް ނުލެއްވިގެންކަމަށް ރައީސް ޔާމިންގެ ސަރުކާރުގެ ކުރީގެ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު ފުރުއްވި އަބުދު ﷲ ނަވާޒް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ މަޖިލިސް މެމްބަރުން ފުލުހުންނާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް ކުރީގެ އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ފުރުއްވި، އަބްދުﷲ ނަވާޒް ހޫނު ރައްދެއް ދެއްވަމުން އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި އިތުރަށް ވިދާޅުވީ މަޖިލީހުން ނިއްމައިފިނަމަ ފުލުހުންނަށް ސޯޓްވެސް ލެވިދާނެ ކަމަށާއި އެ...

އަލީ އާދިލް
މިއީ މިނިމަމް ވޭޖް ކަނޑައަޅަން އެންމެ ރަނގަޅު ވަގުތެއްނޫން، އެންމެ ރަނގަޅީ 2022 ގައި: އަމީރު

މިއީ މިނިމަމް ވޭޖް ކަނޑައަޅަން އެންމެ ރަނގަޅު ވަގުތެއްނޫން، އެންމެ ރަނގަޅީ 2022 ގައި: އަމީރު

މުޅި ދުނިޔޭގެ އިގްތިސާދު އަނދަވަޅަށް ވެއްޓިފައިވުމާއި ރާއްޖޭގެ އިގްތިސާދު ވެސް ދުވަހަކު ނުދާވަރަށް ދަށަށް ގޮސްފައި ވާތީ، މި ވަގުތު މިނިމަމް ވޭޖް ކަނޑައެޅުމަށް ނުފެންނަ ކަމަށާއި އެކަން ކުރަންވީ 2022 ވަނަ އަހަރުކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ފޮނުއްވާފައިވާ މިނިމަމް ވޭޖް ރިޕޯޓާ ގުޅޭގޮތުން ލަފާ ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއިން މިނިސްޓަރ އޮފް ފިނޭންސްއާއާއެކު ބޭއްވި ބައްދަލުވ...

އަލީ އާދިލް
ފުލުހުންގެ މުއައްސަސާގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ބައެއް ބަދަލުތައް ގެނެސްފި

ފުލުހުންގެ މުއައްސަސާގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ބައެއް ބަދަލުތައް ގެނެސްފި

ފުލުހުންގެ ފޮރެންސިކް ސަރވިސަސް ޑައިރެކްޓްރޭޓް ދަރަޖައަށް ބަދަލުކޮށް، ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ވިންގުގެ ނަމުގައި ބަހާއެއް އުފައްދައި، ފުލުހުންގެ މުއައްސަސާގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ބައެއް ބަދަލުތައް ގެނެސްފިއެވެ. ފުލުހުންގެ މުއައްސަސާގެ އިދާރާ ހިންގުމުގެ އޮނިގަނޑަށް މި ބަދަލުތައް ގެނެސްފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިދާރީ ހިންގުމުގެ އޮނިގަނޑު ކަނޑައެޅުމުގެ އޯޑަރަށް 3 ވަނަ އިސްލާހު ގެނެސް އެބަދަލުތައް ފާސްކުރުމާއި ގުޅިގެންނެވެ. އޯޑަރަށް ގެނައި އިސްލާހާއެކު އިނދާރީ އޮނިގަނޑަ...

ޔުމްނާ ޢަލީ
ފުރުސަތު ލިބިއްޖެނަމަ ހައްޖަށް މީހުން ފޮނުވާނަަން: ސަރުކާރު

ފުރުސަތު ލިބިއްޖެނަމަ ހައްޖަށް މީހުން ފޮނުވާނަަން: ސަރުކާރު

ސައޫދީ އަރަބިއްޔާ ސަރުކާރުން ޙައްޖަށް މީހުން ގެންދިއުމަށް އެންމެ ފަހުވަގުތު ފުރުޞަތު ހުޅުވާލިނަމަވެސް ޙައްޖަށް މީހުން ފޮނުވޭވަރަށް ސަރުކާރުން މިކަމުގެ އިންތިޒާމުތައް ހަމަޖައްސަވަމުންދާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމް ނިއުސްގެ “ރާއްޖެމިއަދު ޕްރޮގްރާމްގައި” ވާހަކަފުޅު ދައްކަވަމުންނެވެ. އެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިތުރަށް ވިދާޅުވެފައިވަނީ ކޯވިޑް-19 ގެ މިހާރުގެ ޙާލަތަށް ރިޔާޢަތްކޮށް ޤައުމުތ...

އަލީ އިބްރާހިމް
ޖުލައި 1 ގައި ސްކޫލްތައް ހުޅުވާލަނީ

ޖުލައި 1 ގައި ސްކޫލްތައް ހުޅުވާލަނީ

ކޯވިޑް-19ގެ ބަލިމަޑުކަން ނެތް ރަށްރަށުގައި އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު ސްކޫލްތައް ހުޅުވަން ނިންމަވާފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ. އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޢަލީ ވިދާޅުވީ ސްކޫލްތައް ހުޅުވައި ކިޔެވުން ކުރިއަށް ގެންދާނީ ގްރޭޑް 1 އިން ފެށިގެން މަތީގެ ގްރޭޑްތަކަށްކަމަށެވެ. ސްކޫލްތައް ހުޅުވާލާނީ ފިޔަވަހި ތަކަކަށް ބަހައިލައިގެންކަމަށް ފާހަގަކުރައްވައ...

އަލީ އާދިލް
ދުވާފަރު ސުކޫލުން އަމިއްލަ ޓީވީ ޗެނަލްއެއް ގާއިމްކޮށް ދަރިވަރުންނަށް ކިޔަވައިދޭން ފަށައިފި

ދުވާފަރު ސުކޫލުން އަމިއްލަ ޓީވީ ޗެނަލްއެއް ގާއިމްކޮށް ދަރިވަރުންނަށް ކިޔަވައިދޭން ފަށައިފި

ދުވާފަރު ޕްރައިމަރީ ސުކޫލުން އަމިއްލަ ޓީވީ ޗެނަލްއެއް ގާއިމްކޮށް ދަރިވަރުންނަށް ކިޔަވައިދޭން ފަށައިފިކަމަށް އެސުކޫލުން ބުނެފިއެވެ. އެސުކޫލުން ބުނެފައިވަނީ ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން، ކޭބަލް ޓީ.ވީ މެދުވެރިކޮށް ސްކޫލްގެ އަމިއްލަ ޗެނެލްއެއް ގާއިމްކުރެވި ދަރިވަރުންގެ ގޭގޭ ސިޓިންރޫމަށް ފިލާވަޅުތައް، ޓީ.ވީ މެދުވެރިކޮށް ގެނެސްދޭން ފެށިފައިވާކަމަށެވެ. އެސުކޫލުން ބުނެފައިވަނީ މިއަދަކީ އެ ސްކޫލުގެ ތާރީޚުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްލެވުނު ދުވަހެއްކަމަށާއި އެމަސައްކަތް ކާމިޔާބުކަމާއެކު...

އަލީ އާދިލް
މީހެއްގެ ފުރާނަ ސަލާމަތް ކުރެވުމަކީ، ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ލިބޭނެ ޝަރަފާއި ފަޚުރެއް: ސީޕީ ހަމީދު

މީހެއްގެ ފުރާނަ ސަލާމަތް ކުރެވުމަކީ، ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ލިބޭނެ ޝަރަފާއި ފަޚުރެއް: ސީޕީ ހަމީދު

މީހެއްގެ ފުރާނަ ސަލާމަތް ކުރެވުމަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ލިބޭނެ އެންމެ ބޮޑު އެއް ޝަރަފާއި ފަޚުރު ކަމަށާއި ހުރިހާ ފުލުހުންވެސް، ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރުމަކީ އެންމެ އިސް ވާޖިބު ކަމުގައި ދެކެންވަޑައިގަތުމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އެދިލައްވައިފިއެވެ. ސީޕީ ހަމީދު މިހެން ވިދާޅުވީ ބްރިޖު މަތިން ފުންމާލި މީހާ ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ފުލުހުންނާ އިސްކަންދަރު ކޮށި އެކެއްގައި މިއަދު ބައްދަލުކުރައްވައި ވާހަކަފު...

ޝިއުނާ އާދަމް
5.6 މިލިއަން ރުފިޔާގެ މަސްތުވާ ތަކެއްޗާއިއެކު ބަޔަކު ހައްޔަރުކޮށްފި

5.6 މިލިއަން ރުފިޔާގެ މަސްތުވާ ތަކެއްޗާއިއެކު ބަޔަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭ ބަޔަކު 6.8 ކިލޯގެ ކެނަބިސްއާއެކު ރޭ ހައްޔަރު ކޮށްފި އެވެ. ރޭ ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 5.6 މިލިއަން ރުފިޔާއަށް އަރައެވެ. ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ ކައުންޓަރ ނާކޮޓިސް ޓީމުން ރޭގައި ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެއިން 6.8 ކިލޯގެ ކެނަބިސްއާއެކު 3 މީހުން ހައްޔަރުކޮށްފައި ވާކަމަށެވެ. Our counter narcotics teams […]

ޖަލްވާން ޖާދުﷲ