ކޯވިޑް-19: ޖުމްލަ 2217 މީހުން ޕޮޒިޓިވްވެ ރަނގަޅުވި މީހުންގެ ޢަދަދު 1813 އަށް
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި 2217 މީހުންގެތެރެއިން 1813 މީހުން ބަލިން ރަނގަޅުވެއްޖެއެވެ. މިރޭ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި 14 މީހުންގެ ތެރޭގައި ހިމެނެނީ އަށް ދިވެހިންނާއި ތިން ބަންގްލަދޭޝް މީހުންގެ އިތުރުން އިންޑިއާގެ ދެ މީހަކާއި ސްރީލަންކާގެ މީހެއް ކަމަށެވެ. އެޗްޕީއޭއިން މިއަދު އިޢުލާންކުރި ތަފާ ހިސާބުތަކަށް ބަލާއިރު މިއަދު މިވަނީ އިތުރު 10 މީހުން ބަލިން ރަނގަޅުވިކަން ހާމަކޮށްފައެވެ. އިއްޔެ މިބަލިން ރަނގަޅުވީ 15 މީހުންނެވެ. ރާއްޖެއިން ކޯވިޑް-19އަށް...