‏މާލޭ ޖަލުގެ އީއެސްޖީ އޮފިސަރެއް ކޯވިޑް 19 އަށް ޕޮޒިޓިވް ވެފައި ވާތީ، އެ ޖަލުން101 ސާމްޕަލެއް ކޯވިޑަށް ޓެސްޓް ކުރުމަށް އިއްޔެ ނަގައިފިކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން ބުނެފިއެވެ.

ކަރެކްޝަން ސާވިސްއިން ބުނީ، މާލޭ ޖަލުގެ އީއެސްޖީ އޮފިސަރެއް ކޯވިޑް 19 އަށް ޕޮޒިޓިވް ވެފައި ވާތީ، އެޗްޕީއޭއާއި އެސަރވިސް ގުޅިގެން 101 ސާމަޕަލް މާލޭ ޖަލުން އިއްޔެ ނަގާފައި ވާކަމަށެވެ.

Ad
rt

އެގޮތުން ސާމްޕަލް ނެގިފައި ވަނީ 70 އޮފިސަރުންނާއި މުވައްޒަފުން، 24 ގައިދީންނާއި ބަންދުމީހުން އަދި ހަތް ވެއިޓަރުންގެ ކަމަށް އެ ސާވިސްއިން ވަނީ ބުނެފައެވެ.

މާލޭ ޖަލުގެ އީއެސްޖީ އޮފިސަރެއް ކޯވިޑް 19 އަށް ޕޮޒިޓިވް ވެފައި ވާކަން އެނގިފައި ވަނީ 20 ޖޫން 2020 ވީ ހޮނިހިރު ދުވަހެވެ. އެ އޮފިސަރު ޕޮޒިޓިވް ވުމާއި ކަރެކްޝަން ސާވިސްއިން ހޮނިހިރު ދުވަހު ބުނީ ‏މާލެ ޖަލުގައި މަސައްކަތްކުރާ އީއެސްޖީ އޮފިސަރެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން، އެ ސަރވިސްއިން ކަނޑައަޅާފައިފާ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރަމުން ދާކަމަށެވެ.

‏އެގޮތުން، އެޗްޕީއޭ އާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ހެދުމާއިއެކު އޮފިސަރުންނާއި ގައިދީން ކޯވިޑަށް ޓެސްޓުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް އެދުވަހު އެސަރވިސްއިން ވަނީ ބުނެފައެވެ.

މީގެ ކުރިން ވެސް ޖަލުތަކުން އޮފިސަރުންނާއި ގައިދީން ވަނީ ކޮވިޑަށް ޓެސްޓުކޮށްފައެވެ.

މާލެ އިން އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ކޮވިޑް-19 ފެނުމާ އެކު، މުޅި މާލެ ސަރަހައްދު ވަނީ ދެ މަސް ދުވަހަށް ފުލް ލޮކްޑައުން ކޮށްފަ އެވެ. އެކަމަކު، މިހާރު ވަނީ ބޮޑެތި ލުއިތަކަކާ އެކު އާންމުންނަށް ބޭރަށް ނުކުމެ އުޅެވޭ ގޮތަށް އުސޫލުތައް ކަނޑައަޅައިފަ އެވެ.

ރާއްޖެއިން މިހާތަނަށް 2203 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، 1806 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ފަރުވާދެމުން އަންނަނީ 387 މީހަކަށެވެ. އަދި އަށް މީހަކު ވަނީ އެ ބަލީގައި މަރުވެފައެވެ.