ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އަތޮޅުތެރޭގައި ކުރަމުންދާ ވިއުގަ އިތުރަށް ފުޅާ ފުޅާކުރުމުގެ ގޮތުންނާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެދަށުން ނ. ކެނދިކުޅުދޫ، ކ. ގުރައިދޫ، އއ. ތޮއްޑޫ އަދި ތ. ތިމަރަފުށީގައި އޭޓީއެމް ބެހެއްޓުމަށް ނިންމައިފިއެވެ.

ބީއެމްއެލްގެ އޭޓީއެމްތައް ހުޅުވުމަށް އެ ބޭންކުން ނިންމައިފައިވަނީ އެންމެ ފަހުގެ ސެކިއުރިޓީ ހިމެނޭ، ރައްކާތެރިކަމާއެކު ބޭންކިން ހިދުމަތް ދިނުމަށް ފަރުމާ ކުރެވިފައިވާ އޭޓީއެމް ތަކެއް ކަމަށާއި މިއޭޓީއެމްތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ ކަމަށް އެވެ.

Ad
rt

ބީއެމްއެލްގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރިއަތް އޮތް ދުވަސްތަކުގައި އިތުރު ސެލްފް ސާވިސް އޭޓީއެމްތަކާއި ބޭންކިން ހިދުމަތްތައް ތައާރަފްކުރަން ވެސް އެ ބޭންކުން ވަނީ ނިންމައިފަ އެވެ. ބީއެމްއެލްގެ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 55 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 116 އޭޓީއެމް ބަހައްޓާފައިވާއިރު 277 ކޭޝް އޭޖެންޓުން ތިބެ އެވެ.

އުތުރުގެ 2 އަތޮޅަށް ބަލާއިރު ބީއެމްއެލްގެ އޭޓީއެމް ލިބެން ހުރީ ހއ އަތޮޅުގެ 5 ރަށުގައެވެ. ހދ އަތޮޅުން މިޚިދުމަތް ގައުމީ ބޭންކުން ދެމުން އަންނަނީ 2 ރަށުގައިކަން ފާހަގަކޮށްލެވެއެވެ.