މާލޭ ޖަލުގައި މަސައްކަތް ކުރާ އޮފިސަރަކު ކޯވިޑް19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އޮފިސަރުންނާއި ގައިދީން ކޯވިޑަށް ޓެސްޓުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ އެ އޮފިސަރު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ސަރވިސްއިން ކަނޑައަޅާފައިފާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަމުންދާ ކަމަށެވެ.

Ad
rt

އެގޮތުން އެޗްޕީއޭ އާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ހެދުމާއިއެކު އޮފިސަރުންނާއި ގައިދީން ކޯވިޑަށް ޓެސްޓުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ކަރެކްޝަނަލް ސާވިސް އިން ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.

މިއީ ޖަލުގެ އޮފިސަރަކު ކޯވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރެންޑަމް ސާމްޕަލްތަކެއް ވެސް އެކި ޖަލުތަކުން ނަގާފައިވީނަމަވެސް އެ ހުރިހާ ސާމްޕަލެއް ވަނީ ނެގެޓިވްވެފަ އެވެ.

ރާއްޖެއިން މިހާތަނަށް 2150 މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 1769 މީހުން ރަނގަޅުވެ، 8 މީހަކު ވަނީ މަރުވެފައެވެ.