މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (22:30 އިން 03:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,481 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 894 ވަނަ ޞަފްޙާ

އިތިޚާބީ ރައީސްގެ އިލްތިމާސް: ގައުމު އިސްކޮށް، ގައުމު ކުރިއަރުވަން އެންމެން އެކަތިގަނޑަކަށްވާންޖެހޭ

އިތިޚާބީ ރައީސްގެ އިލްތިމާސް: ގައުމު އިސްކޮށް، ގައުމު ކުރިއަރުވަން އެންމެން އެކަތިގަނޑަކަށްވާންޖެހޭ

ގައުމަށް ހަމަޖެހުން ބޭނުންވާ ކަމަށާއި، ގައުމު ކުރިއަރުވަން އެންމެން އެކަތިގަނޑަކަށްވެ ގައުމު އިސްކުރުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މިފަދައިން އިލްތިމާސް ކުރެއްވީ، މިއަދު ފާހަގަކުރާ ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ މެސެޖުގައެވެ. މި މެސެޖުގައި މުޢިއްޒު ވިދާޅުވީ، ޖުމްހޫރީ ވެރިކަމެއްގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބިގެން ދާނީ ރައްޔިތުންނާއި ސަރުކާރާއި ގުޅިގެން ގައުމު އިސްކޮށްގެން މަސައްކަތްތަކެއް ކުރެވިގެން ކަ...

ޙުސައިން ޝަހުދީ
ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ވަށަފަރަށް

ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ވަށަފަރަށް

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބޭއްވި “ތިލައުތުރު ފުޓްސަލް މުބާރާތް 2023” ގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ވަށަފަރުން ކާމިޔާބު ކޮށްފިއެވެ. މާރަންދޫގައި ކުރިއަށް ގެންދިޔަ މި މުބާރާތުގެ ފައިނަލް މެޗުގައި މިއަދު ހަވީރު ބައްދަލު ކޮށްފައި ވަނީ ވަށަފަރާއި އުތީމެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވަށަފަރުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ވަށަ...

އިބްރާހިމް ޚަލީލް
ރައީސް ޞާލިޙް މާދަމާ ޤައުމާ މުޚާޠަބު ކުރައްވަނީ

ރައީސް ޞާލިޙް މާދަމާ ޤައުމާ މުޚާޠަބު ކުރައްވަނީ

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މާދަމާ ދިވެހި ޤައުމާ މުޚާޠަބު ކުރައްވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ”އެކްސް”ގައި ވިދާޅުވެފައިވާ ގޮތުގައި ރައީސް ޞާލިޙް މާދަމާ ޤައުމާ މިޚާޠަބު ކުރައްވާނެއެވެ. އަދި ރައީސް ޤައުމާ މުޚާޠަބު ކުރައްވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ކަމަށް މިއުވާން ވިދާޅުވެފަވެއެވެ. ރައީސް ޤައުމާ މުޚާތަބު ކުރައްވާނީ މާދަމާ ހެނދުނު 10:00 ގައެވެ. ރައީސް ޤައުމާ މުޚާތަބު ކުރައްވަން ހަމަޖެހުނުއިރު، މާދަމާ އަކީ...

ޔުމްނާ ޢަލީ
ޑިއާޒްގެ ބައްޕަ ދޫކޮށްލައިފި

ޑިއާޒްގެ ބައްޕަ ދޫކޮށްލައިފި

ހަތިޔާރު އެޅި ގްރޫޕަކުން ހައްޔަރުކުރި ލިވަޕޫލްގެ ކޮލަމްބިއާގެ ފޯވާޑް ލުއިސް ޑިއާޒްގެ ބައްޕަ ދޫކޮށްލައިފިއެވެ. ޑިއާޒްގެ ބައްޕަ ރަހީނު ކޮށްފައި ވަނީ މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިން ކޮލަމްބިއާގެ ސަރުކާރާ ދެކޮޅު ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ “ނެޝަނަލް ލިބަރޭޝަން އާމީ” (އީއެލްއެން) އެވެ. ކޮލަމްބިއާގައި ޑިއާޒްގެ ބައްޕައާއި މަންމަ ރަހީނުކޮށްފައިވަނީ ހަތިޔާރާއެކު ތިބި ދެ މީހަކު ވެހިކަލެއްގައި އައިސް، އެމީހުން ދިރިއުޅެމުންދިޔަ ގެއަށް ވަނުމަށްފަހުއެވެ. ރަހީނުކުރިތާ މަދު ގަޑިއިރުތަކެއް ފަހުން މަންމަ...

އިބްރާހިމް ޚަލީލް
ތިލަދެކުނު ވޮލީ މުބާރާތް: އަންހެން ބައިގެ ފައިނަލުގެ ފުރަތަމަ ޖާގަ ލައިކަން އަށް

ތިލަދެކުނު ވޮލީ މުބާރާތް: އަންހެން ބައިގެ ފައިނަލުގެ ފުރަތަމަ ޖާގަ ލައިކަން އަށް

ހދ. އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023″ ގެ އަންހެން ބައިގެ ފައިނަލުގެ ފުރަތަމަ ޖާގަ ނޮޅިވަރަންފަރު ލައިކަން ހޯދައިފިއެވެ. މި މުބާރާތް ރާވާލާފައި އޮތީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލު ކުރުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭ ގޮތަށެވެ. އިއްޔެ ހަވީރު ހަނިމާދޫއާއި ލައިކަން ބައްދަލުކުރި މެޗު ލައިކަން އިން ވަނީ ތިން ސެޓް އެއް ސެޓުން ކާމިޔާބުކޮށް، ގްރޫޕް […]

އިބްރާހިމް ޚަލީލް
ރާއްޖެއަށް ހިޖުރަ ކުރާ ދޫނިތަކަށް ރައްކާތެރިކަން ދިނުމަށް އީޕީއޭގެ އިލްތިމާސެއް

ރާއްޖެއަށް ހިޖުރަ ކުރާ ދޫނިތަކަށް ރައްކާތެރިކަން ދިނުމަށް އީޕީއޭގެ އިލްތިމާސެއް

ރާއްޖެއަށް ހިޖުރަ ކުރާ ދޫނިތައް ނުހިފުމަށާއި، އެ ދޫނިތަކަށް ރާއްޖޭގެ މާހައުލުން ރައްކާތެރިކަން ދިނުމަށްއެދި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިލްތިމާސް ކުރައްވައިފިއެވެ. އެ އިދާރާ އިން ނެރުއްވާފައިފާ ސާކިއުލާއެއްގައި ވިދާޅުވީ އިރުވައި މޫސުމަކީ އެހެނިހެން އަހަރުތަކެކޭ އެއް ފަދައިން ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަރަށް ގިނަ ބާވަތްތަކުގެ ދޫނި ރާއްޖެއަށް ހިޖުރަ ކުރަމުން އަންނަ ދުވަސްވަރެއް ކަމަށެވެ. މިގޮތުން ހިޖުރަކުރާ ދޫންޏަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ...

މުޙައްމަދު އަފްރާޙް
ނޮޅިވަރަމާއި ހަނިމާދޫ އަދި ކޮމަންޑޫ ހިމެނޭހެން ހަ ރަށަކަށް އައްޔަނުކުރާނެ އިސްމެޖިސްޓްރޭޓުން ކަނޑައަޅައިފި

ނޮޅިވަރަމާއި ހަނިމާދޫ އަދި ކޮމަންޑޫ ހިމެނޭހެން ހަ ރަށަކަށް އައްޔަނުކުރާނެ އިސްމެޖިސްޓްރޭޓުން ކަނޑައަޅައިފި

ހދ. ނޮޅިވަރަމާއި ހަނިމާދޫ އަދި ށ. ކޮމަންޑޫ ހިމެނޭހެން ހަ ރަށަކަށް އައްޔަނުކުރާނެ އިސްމެޖިސްޓްރޭޓުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަނޑައަޅައިފިއެވެ. ޖޭއެސްސީން އިއްޔެ ވިދާޅުވިގޮތުގައި ހަ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދުމަށް އެ ކޮމިޝަނުން މިދިޔަ އޯގަސްޓު މަހު ކުރި އިޢުލާނުގެ ދަށުން ކުރިމަތިލީ ބޭފުޅުންނާ، “ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ”އިން އިންޓަރވިއުކުރުމަށްފަހު، އެރަށްތަކުގެ މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަނުކުރާނެ އިސްމެޖިސްޓްރޭޓުން މިހާރު...

ޔުމްނާ ޢަލީ
ހުވާކުރާ ޖަލްސާގެ ރިޔާސަތުގައި ނަޝީދު އިންނަވާނަމަ އިހުތިޖާޖް ކުރާނެ: ނިޔާޒް

ހުވާކުރާ ޖަލްސާގެ ރިޔާސަތުގައި ނަޝީދު އިންނަވާނަމަ އިހުތިޖާޖް ކުރާނެ: ނިޔާޒް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގެ ރިޔާސަތުގައި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އިންނަވާ ނަމަ އިހްތިޖާޖް ކުރައްވާނެ ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮއްކޯފުޅު އަލީ ނިޔާޒް މިރޭ ވިދާޅުވެއްޖެއެވެ. ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ ނުނިމި އޮތަސް އިންތިހާބީ ރައީސް މުއިއްޒު ހުވާ ކުރުމަށް ހުރަހެއް ނެތް ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ. އެ ހުކުމާ ގުޅިގެން ނަޝީދު […]

މުޙައްމަދު
ޒާލިފް ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރަން ނިންމައިފި

ޒާލިފް ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރަން ނިންމައިފި

ވަޒީފާއާއި ބެހޭ ޓްރިބިއުނަލްގެ ކުރީގެ މެންބަރު، ގާނޫނީވަކީލު އާދަމް ޒާލިފް ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ. ޖޭއެސްސީން މިއަދު ވިދާޅުވީ، ދިވެހިރާއްޖޭގެ ސިވިލްކޯޓަށް ފަނޑިޔާރުން ހޯދުމަށް އެ ކޮމިޝަނުން މިދިޔަ އޮކްޓޯބަރު މަހު ކުރި އިޢުލާނުގެ ދަށުން ކުރިމަތިލީ ބޭފުޅުންނާ، “ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ”އިން އިންޓަރވިއުކުރުމަށްފަހު ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވަނީ ގއ. ގެމަނަފު...

ޔުމްނާ ޢަލީ
މަޖިލީހުގައި ނުނިމި 30 ބިލެއް އެބައޮތް، ނިމުނީ 120 ބިލެއް: އޭޖީ

މަޖިލީހުގައި ނުނިމި 30 ބިލެއް އެބައޮތް، ނިމުނީ 120 ބިލެއް: އޭޖީ

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 120 ބިލުގެ ތެރެއިން 30 ބިލެއްގެ މަސައްކަތް ނުނިމި މަޖިލިހުގެ އެކިއެކި މަރުހަލާތަކުގައި އެބައޮތް ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ބުނެފިއެވެ. އޭޖީ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ނޮވެމްބަރު 17، 2018 އިން ފެށިގެން މިހާތަނަށް ސަރުކާރުގެ ފަރާތުން މަޖިލިހުގެ އިދާރާ އަށް 153 ބިލެއް ހުށަހަޅާފައިވާ ކަމަށެވެ. އޭގެތެރެއިން 120 ބިލެއް ރައްޔިތުންގެ މަޖިލިހުން ފާސް ކުރުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް […]

މުޙައްމަދު
އިހަވަންދޫ ސްކޫލްގެ 25 ވަނަ ދިވެހި އަދަބީ ފޯވަހީގައި ތަފާތު ގިނަ އަދަބީ ހަރަކާތްތަކެއް

އިހަވަންދޫ ސްކޫލްގެ 25 ވަނަ ދިވެހި އަދަބީ ފޯވަހީގައި ތަފާތު ގިނަ އަދަބީ ހަރަކާތްތަކެއް

ހއ. އިހަވަންދޫ ސްކޫލުގައި ހުއްޓެމެއްނެތި އަދަބީ ހަރަކާތްތަކާއި މުބާރަތްތައް ބާއްވަމުންދާތާ 25 އަހަރު ފުރޭ ރިހި ޚިދުމަތުގެ ރިހި ފަންސަވީހުގެ ހަރަކާތްތައް ބޮޑު ތަރުހީބަކާއިއެކު ކުރިއަށް ގެންގޮސްފިއެވެ. ރިހި ފަންސަވީހުގެ މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ ދެވަނަ ދުވަހުން ފެށިގެން އަށްވަނަ ދުވަހުގެ ނިޔަލަށެވެ. މި ހަރަކާތަކީ އެ ސްކޫލުގެ ތާރީޚުގައި އެއްމެ ގިނަ ދަރިވަރުން ބައިވެރިވެގެން ކުރިއަށްގެންދިޔަ ހަރަކާތެވެ. ފަންސަވީސް ވަނަ ދިވެހި އަދަބީ ފޯވަހީގައި ކުރިއަށް ގެންދިޔަ މުބާރާތްތަކ...

އިބްރާހިމް ޚަލީލް
ރިޔާސަތުގައި ނަޝީދު ނެތިއްޔާ ހުވާކުރުމުގެ ކަންކަން ދާނީ ރީތިކޮށް: ރޮޒައިނާ

ރިޔާސަތުގައި ނަޝީދު ނެތިއްޔާ ހުވާކުރުމުގެ ކަންކަން ދާނީ ރީތިކޮށް: ރޮޒައިނާ

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުގައި ނެތިއްޔާ، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހުވާ ކުރެއްވުމުގެ ކަންކަން ކުރިއަށް ދާނީ ރީތިކޮށް ކަމަށް މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިރޭ ވިދާޅުވެއްޖެއެވެ. ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ ނުނިމި އޮތަސް އިންތިހާބީ ރައީސް މުއިއްޒު ހުވާ ކުރުމަށް ހުރަހެއް ނެތް ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ. އެ ހުކުމާ […]

މުޙައްމަދު
ހުކުމާއެކު ނަޝީދު ވަކިކުރުމުގެ ގަރާރު އާދިއްތަ ދުވަހަށް އެޖެންޑާކޮށްފި

ހުކުމާއެކު ނަޝީދު ވަކިކުރުމުގެ ގަރާރު އާދިއްތަ ދުވަހަށް އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލިހުގެ ރައީސް ނެތަސް، މަޖިލީހުގެ ރައީސް ވަކިކުރުމާ ގުޅޭ ގަރާރުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ގަރާރުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މަޖިލިހުގެ އިދާރާ އިން އެޖެންޑާކޮށްފިއެވެ. އާދިއްތަ ދުވަހުގެ އެޖެންޑާ މަޖިލިހުގެ އިދާރާ އިން ނެރުނު އިރު، އެޖެންޑާގައި އޮތް ހަމައެކަނި ކަމަކީ ވެސް ނަޝީދާ ދެކޮޅަށް ހުށަހެޅި ގަރާރުގެ މައްސަލައާ މެދު ގޮތެއް ނިންމުމެވެ. މަޖިލިހުގެ ރައީސް ނަޝީދުގެ މައްޗަށް އިތުބާރު […]

މުޙައްމަދު
އެމްޑީޕީގެ ރޭވުން ފެއިލްވި ކަމަށްޓަކައި މާތްﷲ އަށް ޙަމްދުކުރަން: ނަޝީދު

އެމްޑީޕީގެ ރޭވުން ފެއިލްވި ކަމަށްޓަކައި މާތްﷲ އަށް ޙަމްދުކުރަން: ނަޝީދު

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އުޅުނީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރުމަށް ބާއްވާ ޖަލްސާ ހުއްޓުވަން ކަމަށާއި، އެމްޑީޕީގެ ރޭވުން ފެއިލްވި ކަމަށްޓަކައި މާތްﷲ އަށް ޙަމްދުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ ނުނިމި އޮތަސް އިންތިހާބީ ރައީސް މުހައްމަދު މުއިއްޒު ހުވާ ކުރުމަށް ހުރަހެއް ނެތް ސުޕްރީމް ކޯޓުން މިއަދ...

ޔުމްނާ ޢަލީ
ނަޝީދު މައްސަލަ ނުނިމުނަސް, މުއިއްޒު ހުވާކުރަން ހުރަހެއް ނެތް: ސުޕްރީމް ކޯޓް

ނަޝީދު މައްސަލަ ނުނިމުނަސް, މުއިއްޒު ހުވާކުރަން ހުރަހެއް ނެތް: ސުޕްރީމް ކޯޓް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ ނުނިމި އޮތަސް އިންތިހާބީ ރައީސް މުހައްމަދު މުއިއްޒު ހުވާ ކުރުމަށް ހުރަހެއް ނެތް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ކުރިއަށް ނުގެންދެވުމުން އެމްޑީޕީން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމުގައިވަނީ […]

ޔުމްނާ ޢަލީ
މަޖިލީހުގެ ނައިބު ރައީސް ނެތަސް, ރައީސް ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ހުކުމްކޮށްފި

މަޖިލީހުގެ ނައިބު ރައީސް ނެތަސް, ރައީސް ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ހުކުމްކޮށްފި

މަޖިލީހުގެ ނައިބު ރައީސް ނެތަސް މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު މަގާމުން ވަކިކުރުމަށް އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާ ބޭއްވޭނެ ގޮތެއް ހޯދަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ހުކުމް މިއަދު އިއްވާފައިވާއިރު، މި މައްސަލަ އެމްޑީޕީން ސުޕ...

ޔުމްނާ ޢަލީ
ތިލަދެކުނު ވޮލީ މުބާރާތް: ފިރިހެން ބައިގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް

ތިލަދެކުނު ވޮލީ މުބާރާތް: ފިރިހެން ބައިގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް

ހދ.އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023″ ގެ ފިރިހެން ބައިގެ ފައިނަލުގެ ފުރަތަމަ ޖާގަ ޓީމް ހަނިމާދޫއިން ކަށަވަރު ކޮށްފިއެވެ. ފިރިހެން ބައިގައި ހަތަރު ޓީމަކުން ވާދަކުރާއިރު މިހާތަނަށް ކޮންމެ ޓީމެއް ވަނީ ދެ މެޗު ކުޅެފައެވެ. ހަނިމާދޫއިން ވަނީ ކުޅުނު ދެ މެޗު ކާމިޔާބު ކޮށްފައެވެ. ހަ ޕޮއިންޓާއިއެކު ޕްއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ވެސް ހަނިމާދޫއެވެ. ދެވަނާގައި އޮތް ކުޅުދުއްފުށީ ކްލަބް ކޮރަލްސްއާއި ތިންވަނާގައި އޮތް ޓީމް ނައިވާދޫއަށް […]

އިބްރާހިމް ޚަލީލް
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރީ ގޯސްކޮށް: ހައިކޯޓް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރީ ގޯސްކޮށް: ހައިކޯޓް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން ނުޖެހޭނެ ކަމަށް ނިންމީ ގޯސްކޮށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު ހާމަނުކުރެވޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމި މައްސަލާގައި ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އެ މައުލޫމާތު ހާމަކުރުމުން ގައުމީ ސަލާމަތަށް ގެއްލުމެއް ލިބޭ ނަމަ އެކަށީގެންވާ މިންވަރަކަށް ސާބިތުކޮށް ދޭންޖެހޭނެ ކަމަށެވެ. ނަމަވެސް އެ މައުލޫމާތު ހާމަ ނުކުރެވޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމީ […]

ހުސައިން ހަބީބް