އއ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ރޭ ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލަ ބެލުމަށް ކަމާބެހޭ އިދާރާތަކުގެ މައްޗަށް އެކުލެވޭ ޓީމެއް އެރަށަށް ހިނގައްޖެއެވެ. ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން އެކްސްގައި ކުރި ޕޯސްޓެއް މެދުވެރިކޮށް ވިދާޅުވެފައި ވަނީ އެ މައްސަލައާއި ގުޅިގެން ފުލުހުންނާއި، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އަދި ޑިޕާޓްމަންޓް އޮފް ޖުވަނައިލް ޖަސްޓިސްގެ ޓީމެއް އެ ރަށަށް ގޮސްފައި ވާކަމަށެވެ. ރަސްދޫގައި މިކަން ހިނގާފައި ވަނީ ރޭ ތަރާވިސް ނަމާދު ގަޑީގަ އެވެ. […]
ޔުމްނާ ޢަލީ
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ހިލާލީގެއަށް ބަދަލުވެވަޑައިގެންފިއެވެ. މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު ނައިބު ރައީސްގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންނެވި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހިލާލީގެއަށް ބަދަލުވެވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނައިބު ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ފަހުގައި އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވީ އަމިއްލަ އެޕާޓްމަންޓެއްގައެވެ. އެއީ ރައްޔިތުންގެ މަޖިލިހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި އިރުގައި ދިރިއުޅުއްވި އެޕާ...
މުޙައްމަދު
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ޝެފީލްޑް ޔުނައިޓެޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ލިވަޕޫލް ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ލިވަޕޫލުން ވަނީ 3-1 ގެ ނަތީޖާއިން ޝެފީލްޑް ބަލިކޮށްފައެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ލިވަޕޫލުންނެވެ. މި ލަނޑު 17 ވަނަ މިނެޓުގައި ޖަހައިދިނީ ޑާވިން ނުނޭޒްއެވެ. މެޗުގެ 58 ވަނަ މިނެޓުގައި ލިވަޕޫލްގެ ކޯނޯ ބްރެޑްލީ އަތުން ބައިކޮޅަށް ވަތް ލަނޑާއިއެކު ނަތީޖާ ހަމަހަމަވިއެވެ. މެޗުގައި ލިވަޕޫލަށް […]
އިބްރާހިމް ޚަލީލް
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަލުން އިމާމްވެ ނަމާދު ކުރައްވަން ފައްޓަވަން ނިންމަވައިފިއެވެ. ޝަހީމް މިދިޔަ މަހުގެ ތެރޭގައި އިމާމްވެ ނަމާދު ކުރެއްވުން މެދުކަނޑާލެއްވީ ގިނައިރު ކޮޅަށް ނުހުރެވޭތީ އަވަސް އޮޕަރޭޝަނެއް ކުރަން ޖެހިގެންނެވެ. އިސްލާމިކް މިނިސްޓްރީން “އެކްސް” ގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ޝަހީމް މިރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ ދަމު ނަމާދު ކުރައްވާނެ ކަމަށެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މިރޭ […]
މުޙައްމަދު
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗުން، ޔުނައިޓެޑް މޮޅުވާން ދަނިކޮށް އިތުރު ވަގުތުގެ ތެރޭ ދެ ލަނޑުޖަހައި ޗެލްސީން ޔުނައިޓެޑް ބަލިކޮށްފިއެވެ. ރޭ ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދީ 4-3 ގެ ނަތީޖާއިންނެވެ. ބަލާހިތްވާ ކަހަލަ ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ވަރަށް ކުރީކޮޅު ޗެލްސީން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދާފައެވެ. ފުރަތަމަ ލަނޑު ހަތަރުވަނަ މިނެޓުގައި […]
އިބްރާހިމް ޚަލީލް
މާލޭގެ މަގުމަތީގައި ކުނި ކަހަން ހުރި މީހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށް ފަހުގައި ރޭ ފިލައިފިއެވެ. ފުލުހުން މިއަދު ބުނީ ޒަހަމްވެފައި ވަނީ 48 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށާއި އެމީހާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި އެކަން ހިނގާފައި ވަނީ އިއްޒުއްދީން މަގުގައި ކުނި ކަހަން ހުރި އަންހެނަކަށެވެ. ސައިކަލުގައި ތިބި މީހުން މަޑުނުކޮށް ފިލާފައިވާތީ އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. މާލޭގެ މަގުތަކުގައި […]
މުޙައްމަދު
ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ގދ. ކޫއްޑޫ އެއާޕޯޓާ ދެމެދު ސީދާ ދަތުރުތައް ފަށަން ޤައުމީ އެއާލައިން، މޯލްޑިވިއަނުން ނިންމައިފިއެވެ. މޯލްޑިވިއަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދެ ސަރަހައްދުގައި އެ ދަތުރުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ އިތުރަށް ވިޔަފާރީގެ ގުޅުންތައް އިތުރުވާނެ ކަމަށެވެެ. އަދި ދެކުނު ސަރަހައްދުގެ ތަރައްގީއަށް ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ. މި ދަތުރުތަކުގެ ސަބަބުން ސްރީލަންކަން އެއާލައިންސްއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ ފަތުރުވެރިންނަށް އެއްވެސް ދަތިކަމެއް ނެތި...
އަޙްމަދު ވަހީދު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 50 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާ އަށް ހުށަހެޅުމަށް އެ ބޭންކުގެ ބޯޑުން ނިންމައިފިއެވެ. ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ އަހަރަކީ އެ ބޭންކަށް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދުނު އަހަރު ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ޓެކުހަށް ކެނޑުމަށް ފަހު ބީއެމްއެލްގެ ސާފު ފައިދާގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ބުންޏެވެ. […]
އަޙްމަދު ވަހީދު
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެލަންއާއި ލޫޓަން ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް އާސެނަލް ޖެހިލިއިރު، ފޮޑެންގެ ހެޓްރިކުން އެސްޓަންވިލާ އަތުން މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. އާސެނަލްގެ ފުރަތަމަ ލަނޑު 24 ވަނަ މިނެޓުގައި ހަވާޓްޒް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ކެޕްޓަން އޮޑެގާޑެވެ. އާސެނަލްގެ ދެވަނަ ލަނޑަކީ 44 ވަނަ މިނެޓުގައި ލޫޓަންގެ ޑައިކީގެ އަތުން […]
އިބްރާހިމް ޚަލީލް
ރާއްޖެއަށް އެތެރެކުރި 119 ކިލޯގެ ޑްރަގް މައްސަލާގައި ތުހުމަތު ކުރެވުނު ގިނަ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ނިންމިޔަސް, އެ މައްސަލާގައި އެންމެންގެ މައްޗަށް ކުށް ސާބިތުވާނެ ހެކި ހޯދާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. ޑިސެމްބަރު, 2021 ގައި ރާއްޖެ އަށް 119 ކިލޯ ޑްރަގް އެތެރެ ކުރި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރީ ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ އަލީ ޒުބައިރާއި ގދ. ހޯނޑެއްދޫ އިރުމަތީގެ އަހުމަދު ސުނައިނު އަދި އެ […]
ހުސައިން ހަބީބް
ފްރެންޗް ކަޕް ފައިނަލުން ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އިން ޖާގަ ހޯދައިފިއެވެ. ފްރެންޗް ކަޕް ސެމީ ފައިނަލުގައި ރޭ ޕީއެސްޖީއާއި ރެނެސް ބައްދަލުކުރި މެޗު، ޕީއެސްޖީން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ފައިނަލުގައި ޕީއެސްޖީ ބައްދަލު ކުރަން ޖެހޭނީ ލިޔޯންއާއެވެ. ލިޔޯން ވަނީ ސެމީ ފައިނަލުގައި 3-0 ގެ ނަތީޖާއިން ވެލެންސިއެންސް ބަލިކޮށްފައެވެ. ރޭ މެޗުގައި ޕީއެސްޖީން ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެމްބާޕޭއެވެ. މެޗުގެ 40 ވަނަ މިނެޓުގައި […]
އިބްރާހިމް ޚަލީލް
މި ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 4،499،433ރ. ލިބިއްޖެއެވެ. މޯލްޑިވްސް ޒަކާތު ހައުސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ރޯދަ މަހުގެ އެންމެ ގިނަ ބަޔަކު ޒަކާތުގެ ގޮތުގައި ފައިސާ ދައްކާފައި ވަނީ އާދައިގެ ހަނޑުލަށެވެ. އާދައިގެ ހަނޑުލަށް 63،389 މީހުން ޖުމްލަ 760،668ރ. ދައްކާފައިވެއެވެ. ދެވަނަ އަށް އެންމެ ގިނަ ބަޔަކު ޒަކާތް ދެއްކީ ތައިލެންޑް ހުދު ހަނޑުލަށެވެ. ތައިލެންޑް ހުދު ހަނޑުލަށް 3،028 މީހުން 211،960ރ. […]
މުޙައްމަދު
މާލޭގެ ބައެއް މިސްކިތްތަކުން ފަންކާތަކެއް ވަގަށް ނެގި މީހާ އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު ބުނީ މިސްކިތްތަކުން ފަންކާ ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރު ކުރީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާއަކީ މިސްކިތްތަކުން ފެން މޯޓަރެއް ވަގަށް ނެގިކަމުގެ ތުހުމަތު ވެސް ކުރެވޭ މީހާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި މިދިޔަ ހޯމަ ދުވަހު އެ މީހާ ހައްޔަރު ކުރީ ވަގަށް ނަގާފައިވާ ކަމަށް […]
މުޙައްމަދު
އެމްޕީއެލް އިން ބޯޓުފަހަރުން ނަގާ ސްޓީވްޑޯރިން ފީ ޑޮލަރުން ނަގަން ފަށައިފިއެވެ. ސްޓީވްޑޯރިން ފީ އަކީ ވިޔަފާރި ބަނދަރުތަކުން ބޯޓުފަހަރުތަކުން، ކޮންޓެއިނާތައް އެރުވުމަށާއި ބޭލުމަށް އެ ބޯޓުތަކުގެ އޭޖެންޓުންގެ އަތުން ނަގާ ފީ އެކެވެ. މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ ފީ ޑޮލަރުން ނަގަން ފަށާފައިވާއިރު 20 ފޫޓުގެ ކޮންޓެއިނާއަކުން ސްޓީވްޑޯރިން ފީގެ ގޮތުގައި ނަގަނީ 195 ޑޮލަރެވެ. އަދި 40 ފޫޓުގެ ކޮންޓެއިނަރަކުން ނަގަނީ 211 ޑޮލަރެވެ. މިއީ މީގެ 12 […]
އަޙްމަދު ވަހީދު
އުރީދޫއިން ތައާރަފުކޮށްފައިވާ “އަތޮޅު ދުވުން” ގޭމުގެ މި މަހުގެ އިނާމެއް ގޮތުގައި އިންސްޓަ 360 ކެމެރާއެއް ހުށަހަޅައިފިއެވެ. ކި އިނާމު ލިބޭނީ އަތޮޅު ދުވުން ގޭމުގައި މި މަހުގެ ލީޑާ ބޯޑުން އެއްވަނަ އަށް ދާ ކުޅުންތެރިއަކަށެވެ. މިއީ އުރީދޫން ސީގިއާ އާ ގުޅިގެން ހުށަހެޅި އިނާމެކެވެ. އަތޮޅު ދުވުމުގެ މި މަހުގެ ލެވަލްގައި ހިމަނާފައި ވަނީ ބ. އޭދަފުއްޓެވެ. “އަތޮޅު ދުވުން” ގޭމަކީ “އެންޑްލެސް ރަނާ” ޖޯންރާއަށް ތައްޔާރުކޮށްފައިވާ ފުރަތަމަ ދިވެހި ގޭމެވެ. މި ގޭމުގައި […]
އަޙްމަދު ވަހީދު
މާލެ ސަރަހައްދުގައި އިހުސާސް ކުރެވުނު ހޫނުމިން 46 ޑިގްރީ ސެލްސިއަސް އަށް އަރައި ރިކޯޑެއް ހަދައިފިއެވެ. މިއީ ރާއްޖޭގައި އިހްސާސް ކުރެވޭ ހޫނު މިން މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. މިދިޔަ މަހުގައި އިހުސާސްކުރެވޭ ހޫނުމިން އެންމެ މައްޗަށް ދިޔަ ދުވަސްތަކުގައި އެވްރެޖުކޮށް ހުރީ 44-45 ޑިގްރީ ސެލްސިއަސްއާ ދެމެދުގައެވެ. މިދިޔަ އަހަރު އެންމެ ހޫނުގަދަވި ދުވަސްވަރު ވެސް މާލޭ ސަރަހައްދުގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ 45 ޑިގްރީގައެވެ. އެހެންކަމުން، މިއީ ރާއްޖޭގައި އިހްސާސް ކުރެވޭ […]
މުޙައްމަދު
މި ސަރުކާރުން ޤައުމު ހިންގާނީ ފައިސާ ޗާޕުނުކޮށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ރޭ ހުޅުމާލޭގެ ހިޔާ ސަރަހައްދުގެ ހިޔާ ސަރަހައްދުގައި ކުރިއަށް ދިޔަ ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ މި ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާއަކީ ރައްޔިތުންނަށް ފައިދާ ކުރާނެ އެޖެންޑާއެއް ކަމަށް ވިދާޅުވެފަވެއެވެ. އަދި އިޤްތިޞާދު މެނޭޖް ކުރެއްވުމުގައި އިސްކަން ދެއްވާނީ ރައްޔިތުންނަށް ހެވާއި ލާބަޔަށް ވިދާޅުވިއެވެ. ކުރީ ސަރުކާރުން އެކަނިވެ...
ޔުމްނާ ޢަލީ
މާލޭގެ ގެއަކުން ވަގަށް ބިލެތް ކަނޑަން ތިބި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ، މ. ހަވާއީގައި އޮތް ބިލެތް ޅޮހަކުން ވަގަށް ބިލެތް ކަނޑަން ތިއްބައި ދެ މީހަކު އަތުލައިގަތީ ހެނދުނު 8:00 ހާއިރު ކަމަށެވެ. އެމީހުން ވަގަށް ގެންދަން އުޅުނު ދެ ބަސްތާ ބިލެތް އެ ތަނުން ފެނިފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 43 އަހަރުގެ މީހަކާއި 63 އަހަރުގެ މީހެކެވެ. މި […]
މުޙައްމަދު