މާލޭގެ މަގުމަތީގައި ކުނި ކަހަން ހުރި މީހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށް ފަހުގައި ރޭ ފިލައިފިއެވެ.
ފުލުހުން މިއަދު ބުނީ ޒަހަމްވެފައި ވަނީ 48 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށާއި އެމީހާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި އެކަން ހިނގާފައި ވަނީ އިއްޒުއްދީން މަގުގައި ކުނި ކަހަން ހުރި އަންހެނަކަށެވެ.
ސައިކަލުގައި ތިބި މީހުން މަޑުނުކޮށް ފިލާފައިވާތީ އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މާލޭގެ މަގުތަކުގައި ކުނި ނެގުމުގެ މަސައްކަތް ކުރަނީ މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނެވެ. އަދި ގޭގެއިން ނަގާ ކުނި އުކާލަނީ ވެމްކޯއިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!