މި ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 4،499،433ރ. ލިބިއްޖެއެވެ.

މޯލްޑިވްސް ޒަކާތު ހައުސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ރޯދަ މަހުގެ އެންމެ ގިނަ ބަޔަކު ޒަކާތުގެ ގޮތުގައި ފައިސާ ދައްކާފައި ވަނީ އާދައިގެ ހަނޑުލަށެވެ. އާދައިގެ ހަނޑުލަށް 63،389 މީހުން ޖުމްލަ 760،668ރ. ދައްކާފައިވެއެވެ.

Ad
rt

ދެވަނަ އަށް އެންމެ ގިނަ ބަޔަކު ޒަކާތް ދެއްކީ ތައިލެންޑް ހުދު ހަނޑުލަށެވެ. ތައިލެންޑް ހުދު ހަނޑުލަށް 3،028 މީހުން 211،960ރ. ދެއްކިއެވެ. ތިން ވަނަ އަށް އެންމެ ގިނަ ބަޔަކު ދެއްކީ ރަތް ހަނޑުލަށެވެ. ރަތް ހަނޑުލަށް 740 މީހުން 59،200ރ. ދެއްކިއެވެ.

ފިތުރު ޒަކާތް ދެއްކި ގޮތްތަކުގެ ތަފްސީލް:

އާދައިގެ ހަނޑުލަށް 63،389 މީހުން: 760،668ރ.
ތައިލެންޑް ހަނޑުލަށް 3،028 މީހުން، 211،960ރ.
ރަތް ހަނޑުލަށް 740 މީހުން، 59،200ރ.
ބާސްމަތީ ހަނޑޫ (އާދައިގެ) 14،567 މީހުން، 1،019،690ރ.
ބާސްމަތީ ހަނޑޫ (މޮޅު) 9،489 މީހުން، 948،900ރ.
އާދައިގެ ފުށް 5،984 މީހުން، 59،840ރ.
އާޓާ ފުށް 1،224 މީހުން، 91،800ރ.

ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ އާންމުކޮށް އަހަރުތެރޭގައި ކައިއުޅޭ ބާވަތްތަކުން ސާއެއްގެ މިންވަރު (2.4 ކިލޯ) ނުވަތަ އެއަށްވާ އަގެވެ. ފައިސާގެ އިތުރުން ގޮވާމުން ވެސް ޒަކާތް ދެއްކޭނެއެވެ.

ފައިސާ އިން ޒަކާތް ދެއްކުން ފަސޭހަކުރުމުގެ ގޮތުން އޮންލައިންކޮށް ވެސް ޒަކާތް ދެއްކޭނެއެވެ. އެގޮތުން ބީއެމްއެލް ވެބްސައިޓުންނާއި، އެމްއައިބީ ފައިސާ ނެޓް އަދި މާލެ އާއި ހުޅުމާލޭ ބްރާންޗު ކައުންޓަރުންނާއި، ފަހިޕޭ އެޕްލިކޭޝަން މެދުވެރިކޮށް ވެސް ޒަކާތް ދެއްކޭނެއެވެ.

ރޯދަ މަހުގެ 29 ވަނަ ދުވަހާ ހަމައަށް ޒަކާތް ބަލައިގަންނާނެއެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބަހާނީ ރާއްޖޭގެ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ މީހުންނަށެވެ.