މާލޭގެ ބައެއް މިސްކިތްތަކުން ފަންކާތަކެއް ވަގަށް ނެގި މީހާ އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ މިސްކިތްތަކުން ފަންކާ ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރު ކުރީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެމީހާއަކީ މިސްކިތްތަކުން ފެން މޯޓަރެއް ވަގަށް ނެގިކަމުގެ ތުހުމަތު ވެސް ކުރެވޭ މީހާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި މިދިޔަ ހޯމަ ދުވަހު އެ މީހާ ހައްޔަރު ކުރީ ވަގަށް ނަގާފައިވާ ކަމަށް ބެެލެވޭ ފަންކާއެއް ހިފައިގެން ދަނިކޮށެވެ.
ވަގަށް ނަގާފައިވާ ފަންކާތަކުގެ ތެރެއިން ހަ ފަންކާއެއް ވިއްކާލާފައިވަނިކޮށް ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!