އުރީދޫއިން ތައާރަފުކޮށްފައިވާ “އަތޮޅު ދުވުން” ގޭމުގެ މި މަހުގެ އިނާމެއް ގޮތުގައި އިންސްޓަ 360 ކެމެރާއެއް ހުށަހަޅައިފިއެވެ.
ކި އިނާމު ލިބޭނީ އަތޮޅު ދުވުން ގޭމުގައި މި މަހުގެ ލީޑާ ބޯޑުން އެއްވަނަ އަށް ދާ ކުޅުންތެރިއަކަށެވެ. މިއީ އުރީދޫން ސީގިއާ އާ ގުޅިގެން ހުށަހެޅި އިނާމެކެވެ.
އަތޮޅު ދުވުމުގެ މި މަހުގެ ލެވަލްގައި ހިމަނާފައި ވަނީ ބ. އޭދަފުއްޓެވެ.
"އަތޮޅު ދުވުން" ގޭމަކީ "އެންޑްލެސް ރަނާ" ޖޯންރާއަށް ތައްޔާރުކޮށްފައިވާ ފުރަތަމަ ދިވެހި ގޭމެވެ. މި ގޭމުގައި ރާއްޖޭގެ އެކި ރަށްތައް ހިމެނެއެވެ. މި ގޭމުގައި ކޮންމެ މަހަކު ވެސް ތަފާތު ރަށަކަށް އާ ލެވަލެއްގެ ގޮތުގައި ދުވަން ދެވޭނެއެވެ. މި ގޭމުގައި ޖުމްލަ 12 ލެވަލް ހިމެނެއެވެ.
މި ގޭމުުގެ ފޯރި އިތުރަށް ގަދަކުރުމުގެ ގޮތުން ފެބްރުއަރީ މަހު ވަނީ ގޭމަށް ލީޑާބޯޑު ތައާރަފްކޮށް، ކޮންމެ މަހަކު ވެސް އިނާމު ހުށަހަޅަން ނިންމައިފައެވެ.
މިދިޔަ މަހުގެ ލީޑާ ބޯޑުގެ އެއް ވަނަ އަށް ހުށަހެޅީ ދެ މީހެއްގެ އުމްރާ ދަތުރެކެވެ.
މި ގޭމު ކުޅެވޭނީ މި އަހަރު އުރީދޫން ތައާރަފްކުރި ކަލަންޑަރުގައި ހިމެނޭ ކިޔުއާރު ކޯޑު ސްކޭން ކޮށްގެންނެވެ. މި ކިޔުއާރު ކޯޑު އުރީދޫގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުންވެސް ސްކޭން ކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!