ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ މަސްޖިދުލް އީސާކަލޭފާނުގައި އެސީ ހަރުކޮށް، އިއާދަކުރަނިވި ހަކަތައިން ބޭނުންކުރާ މިސްކިތަކަށް ހެދުމުގެ މަސައްކަތް ފަށައިފިއެވެ. މި ޕްރޮޖެކްޓްގެ ދަށުން އެ މިސްކިތުގައި އޭސީ ހަރުކުރުމުގެ މަސައްކަތް ކުރަނީ، އެ ރަށު ކައުންސިލުން އިސްނަގައިގެންނެވެ. މިގޮތުން އެ މިސްކިތުގައި 24000 (ސައުވީސް ހާސް) ބީޓީޔޫގެ 12 އޭސީ ހަރުކުރުމަށް ކައުންސިލުން ދަނީ ތައްޔާރުވަމުންނެވެ. އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކައުންސިލުން ވަނީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު އިއުލާން ވެސް […...
އިބްރާހިމް ޚަލީލް
ކުޅުދުއްފުށި ސިޓީގައި މި ރޯދަމަހު ކަރަންޓުގެ މައްސަލަ ބޮޑުވުމުން މި މަހު އެ ރަށުގެ ހުރިހާ ކަރަންޓު ބިލަކަށް 50 އިންސައްތަ ޑިސްކައުންޓް ދޭން ފެނަކަ ކޯޕަރޭޝަނުން ނިންމައިފިއެވެ. ފެނަކަ ކޯޕަރޭޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުޅުދުއްފުށީގައި މެދުކެނޑުމެއް ނެތި ކަރަންޓުގެ ހިދުމަތް ލިބުމުގައި މި ރޯދަމަހު ގިނަ ގޮންޖެހުންތަކެއް އާންމުންނަށް ކުރިމަތިވުމުން އެ ކުންފުނިން އެކަމަށް މާފަށް އެދޭ ކަމަށެވެ. އަދި ކަރަންޓުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަން ޖެހޭ މަސައްކަތް […]
އަޙްމަދު ވަހީދު
ހއ. ހޯރަފުށީގައި ގާއިމުކޮށްފައިވާ ކުޑަކުދިންގެ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފިއެވެ. ޖުވެނަލް ޖަސްޓިސް ޑިޕާޓްމަންޓުން ކުރި އިއުލާނެއްގައި ވަނީ އެސިސްޓެންޓް ކައުންސެލަރާއި ޕްރޮގްރާމް އޮފިސަރު އަދި ސީނިއާ ޖުވެނަލް ޖަސްޓިސް އޮފިސަރުގެ އިތުރުން މަސައްކަތު މީހުންނާއި ޗައިލްޑް ކެއާ އެޓެންޑުން ބޭނުންވާ ކަމަށެވެ. އެ މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި އަކީ މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ. ކުޑަކުދިންގެ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަކީ ކު...
މުޙައްމަދު
ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖެ އަށް ހަދިޔާ ކުރި ކަދުރު ބެހުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ. ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ކޮންމެ ފަހަރަކު ހެން ސައުދީން ރާއްޖެ އަށް ކަދުރު ހަދިޔާ ކުރެއެވެ. އިސްލާމިކް މިނިސްޓްރީން ރޭ ވަނީ ކަދުރު ބަހާނެ ގަޑިތައް އިއުލާނުކޮށްފައެވެ. ކަދުރު ބަހާނެ ދުވަސްތަކާއި ގަޑިތައް: – އޭޕްރީލް 8-9 އަށް، މެންދުރު 1:00 އިން 3:00 އަށް – އޭޕްރީލް 14-18 އަށް، މެންދުރު 1:00 އިން 3:00 […]
މުޙައްމަދު
ދުނިޔޭގެ ބައެއް ހިސާބުތަކަށް މިއަދު ފެންނަ އިރުކޭތަ ރާއްޖެއަށް ނުފެންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. ފަލަކީ އިލްމުވެރިޔާ، މައުމޫން “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ހަތަރު މިނެޓް 24 ސިކުންތަށް ހިފާ އިރުކޭތަ ރާއްޖެއަށް ނުފެންނާނެ ކަމަށެވެ. އެއީ އިރު ކޭތަ ހިފަން ފަށަނީ ރާއްޖެ ގަޑިން 20:42 ގައި ކަމަށްވާތީ ކަމުގައި މައުމޫން ވިދާޅުވިއެވެ. މިއަދު ހިފާ އިރުުކޭތަ އެމެރިކާގެ 15 ސްޓޭޓަކަށް ފެންނާނެ ކަމަށްވެއެވެ. އިރު ކޭތަ […]
މުޙައްމަދު
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި މެޗުން މޮޅުނުވެވި ލިވަޕޫލަށް ޕޮއިންޓް ތާވަލުގެ އެއްވަނަ ގެއްލިއްޖެއެވެ. ރޭ ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު ލިވަޕޫލަށް އޮތެވެ. ނަމަވެސް ރޭ މެޗު އެއްވަރުވުމުން ލިވަޕޫލް ދެވަނާގައި އޮތީ އެއްވަނާގައި އޮތް އާސެނަލް އާއި އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. […]
އިބްރާހިމް ޚަލީލް
ގއ. ކޮލަމާފުށީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، މި މަހުގެ ތިން ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައެވެ. މި މަޝްރޫއުގެ ދަށުން، 284,145 ކިއުބިކް މީޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި، 823 މީޓަރުގެ ސަރަހައްދެއްގައި ޑްރެއިނޭޖް ބަޔޯސްވޭލްއެއް ހަދާނެއެވެ. މިއީ 41.04 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކ...
އަޙްމަދު ވަހީދު
މި އަހަރުގެ ފިތުރު އީދު ދުވަހުގެ ހަވީރު ފައި މަގުގައި އުޅޭ ގޮތަށް މާލެ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ. ކަލެންޑަރުގައިވާ ގޮތުން ނަމަ، މި އަހަރުގެ ފިތުރު އީދު ދުވަސް ދިމާވާނީ އަންނަ ބުދަ ދުވަހުއެވެ. މާލެ ސިޓީ ކައުންސިލުން ބުނީ ފިތުރު އީދު ދުވަހު މާލޭގައި ހިނގާފައި އުޅޭ ވަގުުތުގެ ގޮތުގައި ހަވީރު 4:00 އިން 6:00 އަށް ހަމަޖައްސާފައިވާ ކަމަށެވެ. ފިތުރު އީދު ދުވަހާ ދިމާކޮށް މާލެ ސިޓީ ކައުންސިލުން އިސް ނަގައިގެން ގިނަ […]
މުޙައްމަދު
އއ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާކުރުމުގައި ބައިވެރިވި ކުއްޖެއްގެ އާއިލާއިން އެކަމަށް މާފަށް އެދިއްޖެއެވެ. މިދިޔަ ހުކުރު ދުވަހުގެރޭ ރަސްދޫގައި ކުޑަ ކުއްޖަކަށް އަނިޔާ ކުރުމުގައި ބައިވެރިވީ 13 އަހަރާއި 14 އަހަރުގެ ދެ ފިރިހެން ކުދިންނެވެ. އަނިޔާ ލިބިފައިވަނީ އއ. މަތިވެރި ކުއްޖަކަށެވެ. ރަސްދޫ އަށް އެ ކުއްޖާ ދިޔައީ އާއިލާ އާ އެކީގައި ޗުއްޓީ ހޭދަކޮށްލުމަށެވެ. އެ ކުދިންގެ ތެރެއިން 14 އަހަރުގެ ކުއްޖާގެ އާއިލާގެ މީހަކު ރޭ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި […]
މުޙައްމަދު
ކުރިއަށް އޮތް ފިތުރު އީދު ދުވަސް ކަމަށް ވަރަށް ބޮޑަށް ޔަގީންވެފައިވާ ބުދަ ދުވަހު، އުތުރުގެ ސަރަހައްދުތަކަށް މޫސުން ރަނގަޅުވި ނަމަވެސް އެހެން ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމުގައި ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މިއަދު ބުނެފިއެވެ. މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އަންނަ ބުދަ ދުވަހު އުތުރުގެ ސަރަހައްދުތަކަށް މޫސުން ރަނގަޅު ނަމަވެސް މެދު ރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. […]
މުޙައްމަދު
ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ) ގެ ޗެމްޕިއަންކަން އެތުލެޓިކް ބޮލްބާއޯއިން ހޯދައިފިއެވެ. މުބާރާތުގެ ފައިނަލް މެޗުގައި ރޭ ބައްދަލު ކޮށްފައި ވަނީ ބިލްބާއޯއާއި މަޔޯކާއެވެ. މި މެޗު ފުރިހަމަ ވަގުތުހަމަވި އިރު ދެ ޓީމް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. އިތުރުވަގުތުގެ ދެހާފް ކުޅެ ނިމުނު އިރުވެސް ނަތީޖާ އެއްވަރުވެފައި އޮތުމުން ޕެނަލްޓީ ޖެހިއިރު، ބިލްބޯއޯއިން ވަނީ 4-2 އިން ޕެނަލްޓީގައި ކުރި ހޯދާ މުބާރާތް ކާމިޔާބު ކޮށްފައެވެ. ރޭ ސެވިއްޔާގެ ދަނޑުގައި ކުޅުނު […]
އިބްރާހިމް ޚަލީލް
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އާއި ބަރައިޓަން ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް އާސެނަލް ޖެހިލައިފިއެވެ. ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މި މޮޅާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އާސެނަލް އޮތީ ދެވަނާގައި އޮތް ލިވަޕޫލަށް ވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. އާސެނަލަށް 31 މެޗުން 71 ޕޮއިންޓް ލިބިފައިވާއިރު ލިވަޕޫލުން ވަނީ 30 މެޗުން 70 ޕޮއިންޓް ހޯދާފައެވެ. […]
އިބްރާހިމް ޚަލީލް
ކުރީ ސަރުކާރުން ގިރާވަރުފަޅުން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން 1،347 ބިން، ގުޅީފަޅަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ. ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުރީ ސަރުކާރުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިންމު ޚިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތި ކަމަށެވެ. އެހެންވެ، އެފަދަ ޚިދުމަތްތަކާއެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސްޕްލޭނަށް ބަދަލު ގެނައުމުން އެތަނުން ދޫކޮށްފައިވާ އަދަދަށް ގޯތި ނެގެން ނެތް ކަމަށް އެ މިނ...
އަޙްމަދު ވަހީދު
ކެވިން ޑިބްރޭނާގެ މޮޅު ކުޅުމާއިއެކު މެންޗެސްޓާ ސިޓީން ކްރިސްޓަލް ޕެލަސް އަތުން މުހިންމު މޮޅެއް ހޯދައިފިއެވެ. ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ވަނީ 4-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ސިޓީން ވަނީ އެއްވަނާގައި އޮތް ލިވަޕޫލާއި ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށްފައެވެ. ލިވަޕޫލް އެއްވަނާގައި އޮތި 30 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ. ސިޓީ 70 ޕޮއިންޓް ހަމަކޮށްފައި މިވަނީ ލިވަޕޫލަށްވުރެ އެއް މެޗު އިތުރަށް […]
އިބްރާހިމް ޚަލީލް
އއ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް ރޭ އަނިޔާ ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީ އަށް ހުށަހަޅައިފިއެވެ. އެ މައްސަލަ ހުށަހެޅުއްވީ އެ ކޮމިޓީގެ މުގައްރިރު އަދި މަޖިލިހުގެ ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހްމޫދެވެ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް ބުލީކޮށް އަނިޔާކުރި މައްސަލަ ބެލުމަށް ކަމާބެހޭ އިދާރާތަކުގެ މައްޗަށް އެކުލެވޭ ޓީމެއް އެރަށަށް މިއަދު ވަނީ ގޮސްފައެވެ. އޭގެ ތެރޭގައި ފުލުހުންނާއި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ [...
މުޙައްމަދު
ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއި ހިލަ އާއި ހިލަވެލީގެ ކޯޓާ އިންޑިއާއިން އިތުރުކޮށްދިނުމުން ދައްކުވައިދެނީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް އެކުވެރި ގުޅުން ކަމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ. ޒަމީރު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރާއްޖެ އަށް ލިބޭ ކޯޓާ އިތުރު ކުރަން ނިންމި ނިންމުމުން ދޭހަކޮށްދެނީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ކަމަށެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް […]
މުޙައްމަދު
މި އަހަރުގެ ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ އީދު ސަލާމް ކުރެއްވުމުން މުލިއާގޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ. ރައީސް އޮފީހުން ބުނީ، އީދު ސަލާމް ކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އީދު ދުވަހުގެ ހެނދުނު 9:30 އިން 10:30 އަށް ކަމަށެވެ. އީދު ސަލާމް ކުރެއްވުމުގައި ބައިވެރިވުމަށް ރައްޔިތުންނަށާއި ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި ބޭރުގެ އިއްޒަތްތެރިންނަށާއި ކުންފުނިތަކާއި އަމިއްލަ އެކި ޖަމިއްޔާތަކުގެ މަންދޫބުން...
މުޙައްމަދު
ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަލް ނަސްރާއި ދަމަކް ބައްދަލުކުރި މެޗުން އަލް ނަސްރަށް އުނދަގޫ މޮޅެއް ހޯދުނުއިރު، އަލް ހިލާލުން ފަސޭހަކަމާއިއެކު ޚަލީޖް ކުލަބް ބަލިކޮށްފިއެވެ. ރަށުން ބޭރުގައި ރޭ ކުޅުނު މެޗު އަލް ނަސްރުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ނަސްރުން މި މެޗު ފެށީ އެ ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފުރަތަމަ އެގާރާގައި ނުހިމަނައެވެ. ނަމަވެސް ދެވަނަ ހާފުގެ ވަކި ހިސާބަކުން އޭނާ ވަނީ ކުޅެން ނުކުމެފައެވެ. މި […]
އިބްރާހިމް ޚަލީލް