ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ތެޔޮ ވިއްކާ ޝެޑްތަކުން ވިއްކާ އަގާއި އެއްހަަމަކޮށްފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނީ ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ތެޔޮ ވިއްކާ ޝެޑްތަކުން ވިއްކާ އަގާއި އެއްވަރަށް ހެޔޮކޮށްފައިވާ ކަމަށެވެ.
ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ތެޔޮ ވިއްކާ ޝެޑްތަކުން ވިއްކާ އަގާއި އެއްހަމަކުރީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން އެމަނިކުފާނުގެ ސަރުކާރުގެ މެނިފެންސްޓޯވާ ވައުދު ފުއްދުމުގެ ގޮތުން ކަމަށް އެ ވުޒާރާއިން ބުނެފަވެއެވެ.
ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ތެޔޮ ވިއްކާ ޝެޑްތަކުން ވިއްކާ އަގާއި އެއްހަމަކޮށްފައި ވަނީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިއްޔެ އިހުތިޖާޖެއް ވެސް ކޮށްފައި ވަނިކޮށެވެ.
ގިނަ އަދަދެއްގެ ކަންނެލި މަސްވެރިންނާއިއެކު ކުރި މި އިހްތިޖާޖު ފަހުން ވަނީ މާލޭގެ ރަށް ބޭރަށް ވެސްފުޅާކޮށްފައެވެ. މި އިހްތިޖާޖުގައި ކަންނެލި މަސްވެރިންގެ މައިގަނޑު ކަންބޮޑުވުމަކަށް ފާހަގަކޮށްފައި ވަނީ ކަންނެލި މަސްވެރިންނަށް ވެފައިވާ ވައުދުނުފުއްދާ ކަންނެލި ހިފަން ލޭނު އަޅަން ހުއްދަ ދިނުމާ ދެކޮޅު ހެދުމެވެ.
އިހްތިޖާޖުކުރި ކަންނެލި މަސްވެރިން ދޯނިތަކުގައި މާލޭގެ ބޭރަށް އައުމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަހްމަދު ޝިޔާމް ވަނީ އެ ސަރަހައްދަށް ވަޑައިގެން ކަންނެލި މަސްވެރިންގެ އަޑުއައްސަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!