ބޮޑު އީދާ ގުޅިގެން ކުރިއަށް އޮތް ސަރުކާރު ބަންދު ދުވަސްތަކުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުވާނީ މި މަހުގެ 18ގައި ކަމަށް އެ ބޭންކުން ބުނެފިއެވެ. ބޮޑު އީދާ ގުޅިގެން އަންނަ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތީގެ ނިޔަލަށް ސަރުކާރު ބަންދުވާނެއެވެ. ސަރުކާރު އޮފީސްތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ޖެހިގެން އަންނަ ހަފުތާގެ އާދީއްތަ ދުވަހުއެވެ. ބީއެމްއެލުން ކުރި އިއުލާނެއްގައި ބުނީ، ސަރުކާރު ބަންދު ދުވަސްތަކުގައި އެ ބޭންކު ހުޅުވާނީ މި މަހުގެ 18 ވާ އަންގާރަ […]
އަޙްމަދު ވަހީދު
އުރީދޫ މޯލްޑިވްސްގެ ފަރާތުން ބާއްވަމުންދާ އެންމެ އުފާވެރި ދުވުން ، ފަން ރަންގެ ލާމު އެޑިޝަންގައި ބައިވެރިވުމުގެ ދައުވަތު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ލ. ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދު އަށް ދީފިއެވެ. އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު އުރީދޫއިން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މަޖާ މި ހަރަކާތްތަކުގައި 5000 އަށްވުރެ ގިނަ ބައިވެރިން ވަނީ […]
އަޙްމަދު ވަހީދު
ށ.އަތޮޅުގައި ފުޓްސަލް ރެފްރީން ތަމްރީން ކުރުމަށް ނިންމައި، އެ އަތޮޅުގެ ރަށްތަކުން އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިއަދު ފުރުސަތު ހުޅުވާލައިފިއެވެ. މި ކޯސް ކުރިއަށް ގެންދަނީ ށ.އަތޮޅު ކައުންސިލުން އިސްނަގައިގެން، މޯލްޑިވްސް ނެޝަނަލް އިންސްޓިއުޓް އޮފް ސްޕޯޓްސް އަދި ކުޅިވަރާއިބެހޭ ވުޒާރާގެ އެހީތެރިކަމާއެކުގައެވެ. ށ.އަތޮޅު ކައުންސިލުން މި ކޯހުގެ މި ބުރުގައި ފުރުސަތު ހުޅުވާލާފައި ވަނީ 30 ޖާގައަށެވެ. މި ޖާގަތަކަށް ފުރުޞަޠު ދޭއިރު އެ އަތޮޅުގެ ކޮންމެ ރަށަކަށް މަދުވެގެން ދެ ޖާގަ ދިނުމަށް އަތޮޅު […]
ޙުސައިން ޝަހުދީ
އެމްއެމްޕީއާރުސީ އިން ކުންފުންޏަކަށް ދޫކުރި ކަމަށް ބުނާ 2.5 މިލިއަން ޑޮލަރު (38 މިލިއަން ރުފިޔާ) ހޯދަން ކުރި ދައުވާ ހައި ކޯޓުން ވެސް އެ ކުންފުންޏަށް ނާކާމިޔާބުވެއްޖެ އެވެ. އެމްއެމްޕީއާރުސީން މިލީނިއަމް ކެޕިޓަލްސް މެނޭޖްމަންޓް ކުންފުންޏާ ދެކޮޅަށް ދައުވާކުރީ 2014 ވަނަ އަހަރު ޕްރޮމިސަރީ ނޯޓެއްގެ ދަށުންނާއި ދޫކުރި ފަސް މިލިއަން ޑޮލަރާއި އަދި އަނބުރާ ދައްކާ ގޮތަށް ދިން 1.5 މިލިއަން ޑޮލަރުގެ ތެރެއިން 2.5 މިލިއަން ޑޮލަރު އަނބުރާ ނުދީ އޮތް ކަމަށް […]
ހުސައިން ހަބީބް
ކުރިއަށް އޮތް އަޟްހާ އީދު ބަންދުގައި ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ ދުވަސްތަކާއި ގަޑިތައް މިއަދު އާންމުކޮށްފިއެވެ. އިމިގްރޭޝަނުން އާންމު ކުރި ޕޯސްޓެއްގައި ބުނީ އީދު ބަންދުގައި، މި މަހު 17 އިން ފެށިގެން 20 އަށް ޕާސްޕޯޓްގެ ހިދުމަތް ލިބޭނެ ކަމަށެވެ. އަދި އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އުމުރުން ދުވަސްވީ މީހުންނާއި އިމަޖެންސީ ހާލަތްތަކުގައި އިމިގްރޭޝަންގެ އޮފީހަށް ހާޒިރުވެ ޕާސްޕޯޓަށް ހުށަހަޅޭނެ ގަޑިއަކީ ހެނދުނު 9:00 އިން […]
މުޙައްމަދު
ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް މާލީ އެހީދޭނެ އުސޫލުތަކާއި ހަމަތަކެއް ކަނޑައަޅަން މީޑިއާތަކުގެ އިސްވެރިންނާ ބައްދަލުކުރަން ނިންމާފައިވާ ކަމަށް ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާގައި އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި އަސްވާޑް ވިދާޅުވީ އަބުރުވެރި މިނިވަން މީޑިއާތަކެއް އުފައްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަންނަވާފައި ކަމަށެވެ. ވެރިކަމާ ހަވާލުވެވަޑައިގެން މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަށްޓަކައި މަސައްކަތް ކުރެއްވި ކަމަށް...
މުޙައްމަދު
ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނާ ބައްދަލު ކުރައްވައި ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެއްވުނު ކަމުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު މިއަދު ވިދާޅުވެއްޖެއެވެ. އެކްސްޓާނަލް އެފެއާޒް މިނިސްޓަރުކަމަށް ދެވަނަ ދައުރަކަށް ހުވާ ކުރެއްވުމަށް ފަހު ބޭއްވެވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ވަރަށް ކުރުކޮށް ޖަވާބު ދެއްވަމުން ޖައިޝަންކަރު ވިދާޅުވީ އޭނާ އަށް ލިބިފައިވާ ތަޖުރިބާ އާއި ކުރެއްވި މަޝްވަރާތަކުގެ އަލީގައި ރ...
މުޙައްމަދު
އިންޑިއާ އާއި ދިވެހިރާއްޖެ ގުޅުމުގެތެރެއިން ފަހިވެގެންދާނީ ރާއްޖެއަށް އެންމެ ރަނގަޅުގޮތް ކަމަށް، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރު ތިން ވަނަ ދައުރަކަށް ބޮޑުވަޒީރު ކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްވި ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅު ރައީސް ސިފަކުރެއްވީ ކާމިޔާބު ދަތުރުފުޅެެއްގެ...
ޔުމްނާ ޢަލީ
އިސްރާއީލުން ނުސީރަތު ރެފިއުޖީ ކޭމްޕަށް ދިން ނުރައްކާތެރި ޙަމަލާގައި ފަލަސްތީނުގެ އާންމުން މަރުވުމާ ގުޅިގެން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ ފަލަސްތީނުގެ އާންމުން ޝަހީދުވި ކަމަށްޓަކައި ވަރަށް ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެ އެ ހަމަލާ ކުށްވެރިކުރައްވާފައެވެ. އދގެ ތަރުޖަމާނު ސްޓެފަން ޑުޖާރިކް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި އޮޕަރޭޝަނާ ގުޅިގެން ފަލަސްތީނުގެ އެތައް ސަތޭކަ އާންމުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާތީ ސެކްރެޓަރީ ޖެނެރަލް ވަރަށް ބޮޑަށް ހިތާ...
އަޙްމަދު ދާއޫދު
އިންޑިއާއަށް ކުރެއްވި ރަސްމީދަތުރުފުޅަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރާއްޖެ ވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ. އިންޑިއާގެ ބޮޑުވަޒީރު އެމަނިކުފާނަށް އެރުވި ދަޢުވަތަކަށް ކުރެއްވި މި ދަތުރުފުޅުގައި، ރައީސް ވަނީ މޯދީގެ އިތުރުން އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ ބައްދަލުކުރައްވައި ދެޤައުމުގެ މެދުގައި އޮ...
ޔުމްނާ ޢަލީ
އެޕަލް އިން އައިފޯނަށް ޗެޓްޖީޕީޓީ ގެނެސް، “އެޕަލް އިންޓެލިޖެންސް” އޭއައި، ރޭ ބޭއްވި އެކުންފުނީގެ އަހަރީ ޑިވެލޮޕަރު ކޮންފަރެންސްގައި ދައްކާލައިފިއެވެ. އެޕަލް އިން އާޓިފިޝަލް އިންޓެލިޖެންސަށް ބޮޑު ކުރިއެރުމެއް ދީފައި ވަނީ ވައިރަލް ވެފައިވާ ޗެޓްޖީޕީޓީ ޗެޓްބޮޓް އައިފޯންގެ އޮޕަރޭޓިން ސިސްޓަމަށް އިންޓަގްރޭޓް ކުރުމަށް އޯޕަންއޭއައިއާ އެކު ޕާޓްނާޝިޕެއް ހަދަން ނިންމައިގެންނެވެ. މީގެ އިތުރުން އެޕަލްގެ މައި އެޕްލިކޭޝަންތަކާއި ހިދުމަތްތަކަށް އިންފެކްޓް ކުރާނެ ޖެނެރޭޓިވް އޭއައި ކެޕޭސިޓީގެ އާ ކޮމްޕްރެހެންސިވް...
އަޙްމަދު ދާއޫދު
އެމެރިކާގެ ރައީސް ޖޯ ބައިޑަން އިއުލާނު ކުރެއްވި ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް ތާއީދުކުރާ ގަރާރެއް އދގެ ސަލާމަތީ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. އެމެރިކާއިން ލިޔުނު މި ގަރާރަށް 15 މެމްބަރުންގެ މައްޗަށް އެކުލެވޭ ސަލާމަތީ މަޖިލީހުގައި ތާއީދުކުރުމަށް 14 ވޯޓު ލިބިފައިވާއިރު، ރަޝިއާއިން އެގަރާރުގައި ބައިވެރިވެފައެއް ނުވެއެވެ. ފާސްކުރި ގަރާރުގައި މިސްރާއި އެމެރިކާ އަދި ގަތަރުން އިސްނަގައިގެން ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތަކަށް އަލިއަޅުވާލާފައިވާއިރު، މެއި މަހުގެ ފަހުކޮޅު ބައިޑަނ...
އަޙްމަދު ދާއޫދު
ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ”ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024” ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ލެއިޓް ވުލްފް ހޯދައިފިއެވެ. މިއަދު ހަވީރު ނަރުދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ލެއިޓް ވުލްފް ބައްދަލުކޮށްފައި ވަނީ ބްލެކް ކޯނާ އެވެ. ރާއްޖޭގައި އެންމެ މޮޅަށް ފުޓްސަލް ކުޅޭ ގިނަ ކުޅުންތެރިންތަކެއް ކުޅުން ފެނިގެން ދިޔަ ފޯރިގަދަ މި މުބާރާތުގެ ތަށި ލެއިޓް ވުލްފް ހޯދީ ބްލެކް ކޯނާގެ މައްޗަށް 3-0 އިން ކުރި […]
ޔުމްނާ ޢަލީ
ރާއްޖޭގެ މިއަހަރު ޙައްޖަށްދާ އެންމެ ފަހު ގްރޫޕް މިއަދު ފުރާފައިވާއިރު، އަމީރުލް ޙައްޖެއްގެ ގޮތުގައި ވަޑައިގަތީ ތަޢުލީމާބެހޭ ވުޒާރާގެ ވަޒީރު ޑރ. އިސްމާއިލް ޝަފީއު އެވެ. ދިވެހި ދައުލަތުގެ ފަރާތުން ޙައްޖުގައި ރާއްޖެ ތަމްސީލްކުރާ އިސްބޭފުޅެއްގެ ގޮތުގައި، އަދި ރާއްޖޭގެ ހައްޖާޖީންގެ އިސް ބޭފުޅެއްގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ކަނޑައަޅާ އަމީރުލްހައްޖުގެ ކަނޑައަޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަމީރުލް ޙައްޖުގެ ހައިސިއްޔަތުން ދިވެހި ޙައްޖުވެރިންގެ އެންމެހާ ކަންކަން ބަލަހައްޓަވާނީ ޑރ. ޝަފީޢުގެ ބެއްލ...
ޔުމްނާ ޢަލީ
ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކ. މާފުށީގައި ޔޫއެސް ޑޮލަރު އޭޓީއެމެއް ބަހައްޓައި މިއަދު ޚިދުމަތް ފަށައިފިއެވެ. މި އޭޓީއެމުން ފަރުދުންނާއި ވިޔަފާރިތަކަށް ވެސް ޔޫއެސް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބެއެވެ. މާފުށީ ގައި ބެހެއްޓި ޑޮލަރު އޭޓީމަކީ ގްރޭޓާ މާލެ އޭރިއާއިން ބޭރުގައި، އަތޮޅެއްގެ ރަށެއްގައި ބެހެއްޓި ފުރަތަމަ އޭޓީއެމްއެވެ. މާފުށީގައި ބެހެއްޓި ޑޮލަރު އޭޓީއެމްގެ އިތުރުން ދެން ބީއެމްއެލްގެ ޑޮލަރު އޭޓީއެމްތައް ހުންނީ، މާލެ، ހުޅުމާލެ އަދި ވެލާނާ […]
ޙުސައިން ޝަހުދީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ސާބިތުކޮށްދެއްވީ އެ މަނިކުފާނުގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ފޮނަދޫ ދާއިރާގެ މެންބަރު އަބުދުއްރަޙީމް ޢަބުދުﷲ އަދުރޭ ވިދާޅުވެއްޖެއެވެ. ވެރިކަންކުރާ އިއްތިހާދުގެ ވެރިކަންކުރާ ޕާޓީ، ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާމަންގެ ގޮތުގައި ވެސް ހުންނެވި އަބުދުއްރަޙީމް މިހެން ވިދާޅުވީ، ރައީސް މުޢިއްޒު އާއި ހިންދުކަރައިގެ (އިންޑިއާގެ) ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުގެ ފޮޓޯއެއް ހިއްސާ...
ޔުމްނާ ޢަލީ
މީޑިއާ ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވާން މީޑިއާތަކަށް ހުޅުވާލައިފިއެވެ. ޔޫތު މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މީޑިއާ ކައުންސިލުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ކައުންސިލަށް، ދެ އާންމު މެންބަރުން ހޮވުމަށް ބޭނުންވާ ކަމަށެވެ. އެހެންވެ، ވޯޓުލުމުގައި، ވޯޓުލާ ފަރާތްތައް ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާ ކަމަށް އިއުލާންގައިވެއެވެ. ވޯޓު ރަޖިސްޓްރޭޝަން ފޯމް ބަލައިގަންނާނީ، ޖޫން 10، 11، 12، 13، އަދި 23 ގެ ހެނދުނު 9:00 އިން ފެށިގެން މެންދުރު 14:00 އަށް ކަމަށް ވަނީ ބުނެފައެވެ....
މުޙައްމަދު
އުރީދޫ މޯލްޑިވްސްގެ ފަރާތުން ބާއްވަމުންދާ އެންމެ އުފާވެރި ދުވުން ، ފަން ރަންގެ ލާމު އެޑިޝަންގައި ބައިވެރިވުމުގެ ފަހު ފުރުސަތު މިއަދަށް ހަމަވާނެއެވެ. އުރީދޫ ފަން ރަން ލާމުއެޑިޝަންގައި ބައިވެރިވުމަށް http://ore.do/funrun2024 މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު އުރީދޫއިން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މަޖާ މި ހަރަކާތްތަކުގައ...
އަޙްމަދު ވަހީދު