ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އާކިޓެކްޓް ފަޔާޒު މަންސޫރު އައްޔަނުކޮށްފިއެވެ. މި ސަރުކާރުގައި އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އައްޔަނުކުރެވުނު ފުރަތަމަ ފަރާތަކީ ފަޔާޒެވެ. ފަޔާޒު މި މަޤާމަށް ހަމަޖެއްސީ މިދިޔަ އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހުއެވެ. ނަމަވެސް އޭނާ އެޗްޑީސީގެ މަސައްކަތަށް ރަސްމީކޮށް ނުކުމެވަޑައިގަތީ މިއަދުއެވެ. ފަޔާޒަކީ ހުޅުމާލެ ހިއްކި ދުވަސްވަރުން ފެށިގެން ދުވަސްތަކެއް ވަންދެން އެޗްޑީސީގައި މަސައްކަތްކުރައްވާފައ...
މުޙައްމަދު އިބްރާޙިމް (ފީރޯޒް)
ހއ. އިހަވަންދޫގައި ”ގޮވާން ކުރުން” ނަމުގައި ހާއްސަ ދަރުހެއް މިރޭ ބާއްވަން ނިންމައިފިއެވެ. އިހަވަންދޫ ކައުންސިލުން ބުނީ، ” ގޮވާންކުރުން” ނަމުގައި މިރޭ އެރަށުގައި ހާއްސަ ދަރުހެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. މި ދަރުސް ދެއްވަން ހަމަޖެހިފައި ވަނީ މަޝްހޫރު ދީނީ ޢިލްމް ވެރިޔާ އައްސެއިޚް އިލްޔާސް ޙުސައިން އެވެ. މި ދަރުސް އޮންނާނީ ޕާކް ސަރައްހައްދުގައި ކަމަށް އިހަވަންދޫ ކައުންސިލުން ބުންޏެވެ. މިރޭ 20:15 ގައި ފަށަން ނިންމާފައިވާ މި ދަރުސް އަޑުއެއްސެވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން...
ޔުމްނާ ޢަލީ
ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާލެ އަތޮޅު ގުޅިއަށް ވަޑައިގަންނަވައިފި އެވެ. ރައީސް އޮފީހުން ހާމަކުރައްވާ ގޮތުން، މިއީ 2024 ވަނަ އަހަރު އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސް ފަށްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން މިއަހަރު ކުރައްވާ އެންމެ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ގުޅީގެ ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި، ރައްޔިތުން އެންމެ އެދޭ ކަންކަން އޮޅުންފިލުއްވައި، ތަރައްޤީގެ މަޝްރޫޢުތައް ތަރުތީބުކުރާނޭގޮތާމެދު...
މުޙައްމަދު އިބްރާޙިމް (ފީރޯޒް)
ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރިކޮށް އަދި ބޭނުންކުރާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ފުލުހުން މާލޭގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި 43 ފުޅި ބަނގުރަލާއެކު 22 އަހަރުގެ ޒުވާން ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޑްރަގް އެންޑް ނާކޮޓިކްސް އިންޓެލިޖެންސް ޔުނިޓަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ރޭ ހިންގުނު މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނީ ރ. މަޑުއްވަރި / އުފުލަންދޫގެ، ޢަލީ ޙާޒިމް (22 އަހަރު) އެވެ. ފުލުހުން ބުނާ ގޮތުގައި، އޭނާ ދުއްވަމުންދިޔަ ކާރު ހުއްޓުވައި ބަލައި […]
އަލީ އާދިލް
ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފި އެވެ. މި ނިންމެވުމަކީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ފައިސާ ދެއްކުމަށްފަހު، ފަރުޟު ޙައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން އެޅުނު ފިޔަވަޅެކެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުށަހެޅުއްވި ކަރުދާހަކާ ގުޅިގެން، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު، މި ބަދަލުތައް ގެނައުމަށް ނިނ...
މުޙައްމަދު އިބްރާޙިމް (ފީރޯޒް)
ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް މިދުވަސްވަރު އިތުރުވެދާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިދުވަސްވަރަކީ ގިނަ ފަރާތްތަކުފަރާތްތަކުން އުމްރާއަށާއި އެކި ސަރަހައްދުތަކަށް ދަތުރުކޮށްފައި އެނބުރި އަންނަ ދުވަސްވަރު ކަމަށްވުމާއެކު، ނޭވާލާ ނިޒާމުގެ ބަލިތައް ރާއްޖޭގައިވެސް އިތުރުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިކަމަށް ހުރިހާ ފަރާތްތަކުންވެސް ސަމާލުވުމަށް އެ އިދާރާއިން ވަނީ އެ...
އަލީ އާދިލް
މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސްއާ އެކު ސޮއިކޮށްފިއެވެ. މިއީ އުރީދޫ މޯލްޑިވްސްއިން މި މުބާރާތުގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވާ ތިންވަނަ ފަހަރެވެ. މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރާއްޖޭގެ އެކި ހިސާބުތަކުން 130 ޓީމެއް ބައިވެރިވާއިރު ޖުމުލަ 320 މެޗު ކުޅެން ވަނީ ހަމަޖެހިފައެވެ. މުބާރާތް ކުރިއަށްދާނީ ކުރިއަށްދާނީ ރެއިން ފެށިގެން އަންނަ މަހުގެ 25 ވަނަ ދުވަހާ ހަމައަށެވެ. މުބާރާތުގެ މެޗުތައް ކުޅޭނީ ހުޅުމާލޭގައެވެ. މުބާރާތ...
އިބްރާހިމް އަސްވާޤް
ހުޅުމާލޭ ފޭސް 2 ގައި މިދިޔަ ޑިސެމްބަރު މަހުގެ ފަހު ހަފުތާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ މަންޒަރު ފެނުނު މީހަކު ނަމަ އެ މަޢުލޫމާތު ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ދަންވަރު 1:50 އެހައިކަށްހާއިރު ހުޅުމާލޭ ފޭސް 2 ގެ ގުލްއަލާމަގާއި ނިރޮޅު މަގު ގުޅޭ ހިސާބުގައެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ގުލްއަލާމަގުން އިރުން ހުޅަނގަށް ދުއްވަމުން ދިޔަ ފުލުހުންގެ […]
ޔުމްނާ ޢަލީ
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތުކުރެވޭ 7 ބިދޭސީން ހައްޔަރުކޮށްފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާކަމަށް ތުހުމަތުކުރެވޭ ބިދޭސީން ހޯދުމަށް، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި 7 ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށެވެ. މި އޮޕަރޭޝަންގައި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ 4 އަންހެނުންނާއި 3 ފިރިހެނުންނެވެ. އިމިގްރޭޝަނުން މައުލޫމާތު ދެއްވިގޮތުގައި،...
ޔުމްނާ ޢަލީ
އިނިގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި އާސެނަލުން މުހިންމު ޕޮއިންޓްތައް ގެއްލުވާލިއިރު މެންޗެސްޓާ ސިޓީން މުހިންމު ތިން ޕޮއިންޓް ހޯދައިފިއެވެ. ރޭ ރަށުން ބޭރުގައި ޗެލްސީ ނުކުމެފައި ވަނީ ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށެވެ. މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ޗެލްސީން ކޯލް ޕާމާގެ ގޯލުން މެޗުގެ ކުރީކޮޅުގައި ލީޑުނަގާފައިވަނިކޮށް، ޕެލަސް އިން އެއްވަރުކުރީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައި ހުއްޓައެވެ. މި ލަނޑު […]
އިބްރާހިމް ޚަލީލް
ވޮޝިންގްޓަން ޕޯސްޓުން ޝާއިޢުކުރި ރިޕޯޓެއްގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ވައްޓާލުމަށް އިންޑިއާގެ ޖާސޫސީ އިދާރާގެ ރޯގެ އެހީތެރިކަމާއެކު ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ބޮޑު ރޭވުމެއް ރޭވިކަމަށް ބުނެފައިވާ ވާހަކަ ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލް ދޮގުކުރައްވައިފިއެވެ. ޚާރިޖީ ވަޒީރު ޚަލީލް، މި ރިޕޯޓު ދޮގުކުރަށްވާފައި ވަނީ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ވިއޯން ނޫހަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ. ވޮޝިންގްޓަން ޕޯސްޓުން 30 ޑިސެމްބަރު 2023 ގައި ޝާއިޢުކުރި...
ޔުމްނާ ޢަލީ
ކުރީގެ އަދަދާއި ގުޅޭ: “މަންމަ ގާތު އަހަރެމެންގެ ވާހަކަ ދެއްކިންތަ؟ އޭރު ފޯނު ބޭއްވީ، އެ ވާހަތައް ދައްކާށޭ ކިޔާފައެއްނު. ފަހުން އަހަންނަކަށް ހަބަރެއް ނުވޭ.” ދާއިންގެ ސުވާލުން އަރޫޝާއަށް ފުންމައިގެން ތެދުވެވުނެވެ. ހިތަށް ބިރުވެރިކަން ވެރިވެ، މީހާ އުދާސްވެއްޖެއެވެ. ” ކުއްލިއަކަށް ކީއްވެ ތި ވާހަކަ ތި އެހީ؟” ޖެހިލުންވެ ހުރެ އަރޫޝާ ސުވާލު ކުރިއެވެ. ” އަހަރެން މި ބުނާ ވާހަކައިން އެއްޗެކޭ ހީ ނުކުރައްޗޭ! ” ދާއިން ބުނެލިއެވެ. ދާއިން އެހެން ބުނިކަމުގައި […]
ސަލާމާ ޢަބްދުލް ޢަލީމް
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކުނި ނެގުމުގެ ޚިދުމަތް ދެމުން އަންނަ ރަށްރަށުގައި ނަގާ ކުނި ނެގުމުގެ ފީ، ކަރަންޓު ބިލުގައި ހިމަނާގޮތަށް އެ ކުންފުނިން ނިންމި ނިންމުން ބަދަލުކޮށްފިއެވެ. މި ނިންމުން ބަދަލުކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅަކާ ގުޅިގެންނެވެ. ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ވެމްކޯއިން އަތޮޅުތަކުގެ ރަށްރަށުގައި ފޯރުކޮށްދޭ، ގޭބިސީތަކުން ކުނިނަގައި ދިނުމުގެ ޚިދުމަތުގެ ބިލު، ޔޫޓިލިޓީ އެހެން ޚިދުމަތެއްގެ...
ޔުމްނާ ޢަލީ
ގޫގުލްއިން ކެނެޑާގެ ނޫސްތަކާއި މީޑިއާ ވަސީލަތްތަކުގެ ކޮންޓެންޓް ބޭނުންކުރުމަށް 100 މިލިއަން ކެނޭޑިއަން ޑޮލަރު (69 މިލިއަން އެމެރިކާ ޑޮލަރު) ދޭން އެއްބަސްވެއްޖެއެވެ. މިއީ އިޝްތިހާރުގެ އާމްދަނީ ގެއްލިގެންދާތީ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދޭ ފައިސާއެވެ. ކެނެޑާއިން 2023 ގައި “އޮންލައިން ނިއުސް އެކްޓް” ގާނޫނެއް ފާސްކޮށްފައިވެއެވެ. މިއީ އޮސްޓްރޭލިއާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކެކޭ އެއްފަދައިން، ޓެކް ޕްލެޓްފޯމްތަކުން ނޫސްތަކަށް ބަދަލު ދިނުމަށް މަޖުބޫރުކުރާ ސިޔާސަތެކެވެ. ގޫގުލް އާއި މ...
އަޙްމަދު ދާއޫދު
މޮރިޝަސްގެ ސެންޓްރަލް ބޭންކުގެ ކުރީގެ ގަވަރުނަރު ހަރވޭޝް ސީގޮލަމް ޚިޔާނާތުގެ މައްސަލައެއްގައި ހައްޔަރުކުރުމަށްފަހު ކަފާލާތުގެ ދަށުން ދޫކޮށްލައިފިކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. ފްރޯޑް ކުށުގެ މައްސަލައެއްގައި ކޮންސްޕިރަސީގެ ދަޢުވާއާއެކު ހައްޔަރުކުރެވުނު ސީގޮލަމް ވަނީ 500,000 މޮރިޝަސް ރުޕީސް (10,522 އެމެރިކާ ޑޮލަރު) ގެ ކޯޓަށް ދެއްކުމުން ދޫކޮށްލާފައެވެ. މިއީ މޮރިޝަސްގެ އައު ބޮޑުވަޒީރު ނަވިން ރަމްގޫލަމްގެ ސަރުކާރުން އެޅި މިފަދަ ފުރަތަމަ ފިޔަވަޅެވެ. ކުރީގެ ސަރުކާރުން ގައުމުގެ ޖީޑީޕީ...
އަޙްމަދު ދާއޫދު
އެމެރިކާގެ ރައީސް ބައިޑެން، އިސްރާއީލަށް 8 ބިލިއަން ޑޮލަރުގެ ހަތިޔާރު ޕެކޭޖެއް ވިއްކަން ފާސްކޮށްފިއެވެ. އިސްރާއީލްގެ ނޫސް “ވަލާ” އިން ރިޕޯޓުކުރި ގޮތުގައި، މި ޕެކޭޖުގައި ހިމެނެނީ ހަނގުރާމަވެރި ޖެޓު މަތިންދާބޯޓުތަކަށް ބޭނުންވާ ވަޒަނާއި، އާޓިލަރީ ޝެލްތަކާއި، އަދި ހަމަލާދޭ ހެލިކޮޕްޓަރުތަކަށް ބޭނުންވާ މިސައިލްތަކެވެ. ނަން ހާމަނުކުރާ މަސްދަރުތަކާ ހަވާލާދީ އެނޫހުން ބުނާ ގޮތުގައި، މި ހަތިޔާރު ވިއްކުމުގެ މައުލޫމާތު ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ކޮންގްރެސްއަށް ރަސްމީ ނޫން ގޮތެއްގައި އަންގާފައެވެ. މިއީ...
އަޙްމަދު ދާއޫދު
އިންޑިއާ އައުޓް ކެމްޕެއިނުން މި ސަރުކާރު ބަރީއަވާ ކަމަށާއި، އެ ކެމްޕޭނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ފެށްޓެވި މަސައްކަތެއް ކަމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ. ޚަލީލް މިހެން ވިދާޅުވީ، އިންޑިއާގެ “ވިއޯން ނިއުސް” އަށް ދެއްވި އިންޓަވިއުއެއްގައެވެ. ޚާރިޖީ ވަޒީރު ވިދާޅުވީ، ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތީ ޒަމާންވީ ގާތްގުޅުމެއްކަމަށެވެ. އަދި އެގުޅުން ދެމެހެއްޓުމުގައި ދެޤައުމުންވެސް އެންމެ އިސްކަމެއްދެނީ ދެޤައުމުގެ ދެމެދުގައި އޮތް އިޙްތިރާމާއި އިތުބާރުކަ...
ޔުމްނާ ޢަލީ
އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް ޕްލެޓްފޯމް އެމް-ފައިސާއިން އައު އަހަރާ ގުޅުވައިގެން ދެ މަސް ދުވަހުގެ ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަނުގެ ދަށުން އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް މެޓަ ކުއެސްޓް 3 ކާމިޔާބުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިޔަށްދާނީ ޖަނަވަރީ އަދި ފެބްރުއަރީ މަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ޔުޓިލިޓީ ބިލް ދެއްކުމާއި މާޗަންޓް ޓްރާންސެކްޝަންތަކަށް 1,500 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން އެމް-ފައިސާ މެދުވެރ...
އިބްރާހިމް އަސްވާޤް