ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޓެކްސީ ޑްރައިވަރަކަށް ސިއްހީ ކުއްލި ހާލަތެއް ދިމާވެ ބޮޑު އެކްސިޑެންޓެއް ހިނގައިފި އެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ، މިއަދު ހެނދުނު 9:45 ހާއިރު އެވެ. މި އެކްސިޑެންޓްގައި ޓެކްސީއަކާއި ޕިކަޕެއް ޖެހި، ގެއްލުން ވެފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ޓެކްސީ ދުއްވަމުން ދިޔަ ޑްރައިވަރަށް ދިމާވި ސިއްޙީ ކުއްލި ހާލަތެއްގެ ސަބަބުންކަމަށް ޕްރެލިމިނަރީ އެސެސްމެންޓްތަކުން ލަފާ ކުރެވޭކަމަށް އެއަރޕޯޓް އިން ބުނެފައިވެއެވެ. މިއެކްސިޑެން...
އަލީ އާދިލް
މި މަހުގެ ތިންވަނަ ދުވަހު ކުޅުދުއްފުށި މަށިކުޅިން ފެނުނު ފަސް ފްލެމިންގޯ، އެތަނުގައި ތިން ދުވަސް ހޭދަކުރުމަށް ފަހު ށ. ފުނަދުއަށް ގޮސްފިއެވެ. ފުނަދޫ ދަށްފަޅުން އެ ފަސް ފްލެމިންގޯ ފެންނަން ފަށާފައި ވަނީ އިއްޔެއެވެ. ފުނަދޫ ދަށް ފަޅުގައި ފްލެމިންގޯތައް ތިބިތަން ފެންނަ ފޮޓޯތަކާއި ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އަންނަނީ ދައުރު ކުރަމުންނެވެ. އެ ފޮޓޯތަކާއި ވީޑިއޯތަކުން ވެސް ފެންނަނީ ފަސް ޕްލެމިންގޯއެވެ. މި ދޫނި މި އަހަރު ފުރަތަމަ ފެނިފައި މިވަނީ […]
އިބްރާހިމް ޚަލީލް
ގޯލްޑަން ގްލޯބް އެވޯޑްސްގައި ބައިވެރިވާ މަޝްހޫރު ތަރިންނަށް ދިން ހަދިޔާ ދަބަސްތަކުގައި (ގުޑީ ބޭގެއް)ގެ އަގު އެއް މިލިއަން ޑޮލަރަށް އަރާކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި އެވޯޑްސް ރޭ ބާއްވާފައިވާއިރު، ދަ ގާޑިއަން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަދިޔާ ދަބަހުގައި ހިމެނޭ ތަކެތީގެ ދިގު ލިސްޓެއް ވެއެވެ. ނަމަވެސް މަޝްހޫރު ތަރިންނަށް އޭގެ ތެރެއިން ހަމައެކަނި 9 އައިޓަމެއް އިޚްތިޔާރު ކުރެވޭނެ ކަމަށް ބުނެފައިވެއެވެ. ގުޑީ ބޭގް ލިބޭ ކޮންމެ މީހަކަށްވެސް ރަސްމީ ސުއޭޑް ބޭގެއް […]
މުޙައްމަދު އިބްރާޙިމް (ފީރޯޒް)
ރައީސް ޑރ.މުޙައްމަދު މުޢިއްޒު، ހުވަދުއަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅުގައި ހުވަދުއަތޮޅު ދެކުނުބުރީގެ ފަސް ރަށަކަށާއި، ހުވަދުއަތޮޅު އުތުރުބުރީގެ ހަތަރު ރަށަކަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ. ރައީސްގެ ތިން ދުވަހުގެ މި ހުވަދުއަތޮޅު ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް މިދިޔަ އަހަރު ފަށްޓަވައިގެނ...
ޔުމްނާ ޢަލީ
ޗައިނާގެ ބޮޑު ސޯލާ ކުންފުންޏެއްކަމަށްވާ ޓްރިނާ ސޯލާ އިން ވަކި ބާވަތެއްގެ ސޯލާ މޮޑިއުލްއެއްގެ ހަކަތަ ބަދަލުކުރުމުގެ ރޭޓުން ދުނިޔޭގެ އައު ރެކޯޑެއް ހާސިލުކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. ޖަރުމަނުގެ ސޯލާ ދިރާސާކުރާ މަރުކަޒު، ފްރޯންހޯފަރ ކެލްލެބް އިން ސެޓިފައިކޮށްދިން ނަތީޖާތަކުން ދައްކާގޮތުން، ލެބޯޓަރީ ޓެސްޓުތަކުގައި ޓްރިނާގެ އެން-ޓައިޕް ފުލީ ޕާސިވޭޓަޑް ހެޓެރޯޖަންކްޝަން (އެޗްޖޭޓީ) މޮޑިއުލްތަކުގެ ހަކަތަ ބަދަލުކުރުމުގެ ރޭޓު ވަނީ 25.44 އިންސައްތައަށް އަރާފައެވެ. ޕާސިވޭޝަނަކީ ސޯލާ ސެލްގެ...
އަޙްމަދު ދާއޫދު
ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ލިބަރަލް ޕާޓީގެ އެތެރޭގެ ހަމަނުޖެހުންތަކާ ހަވާލާދެއްވަމުން، އަންނަ މަސްތަކުގެ ތެރޭގައި މަޤާމުން އިސްތިއުފާ ދެއްވާނެ ކަމަށް މިއަދު އިއުލާން ކުރައްވައިފިއެވެ. 53 އަހަރުގެ އުމުރުފުޅުގައި، 9 އަހަރު ވަންދެން ބޮޑުވަޒީރުކަން ކުރެއްވި ޓްރޫޑޯ ވިދާޅުވީ، ޕާޓީން އައު ލީޑަރެއް އިންތިޚާބު ކުރަންދެން ބޮޑުވަޒީރުކަމުގައި އަދި ޕާޓީގެ ލީޑަރުކަމުގައި ދެމިހުންނަވާނެ ކަމަށެވެ. “އަންނަ އިންތިޚާބުގައި ޤައުމަށް ރަނގަޅު ޗޮއިސްއެއް ދޭން ޖެހޭނެ. އަދ...
އަޙްމަދު ދާއޫދު
ސީރިއާ އަށް އަމާޒުކޮށްގެން އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ބައެއް ލުއިކުރުމަށް އެމެރިކާ ސަރުކާރުން ހޯމަ ދުވަހު ނިންމައިފިއެވެ. އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓްގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯފެކް) އިން މި ނިންމުން ނިންމާފައިވަނީ 6 މަސް ދުވަހުގެ މުއްދަތަށެވެ. މި ނިންމުމާއެކު އެކި އެހީ ޖަމިއްޔާ ތަކާއި ކުންފުނިތަކަށް ކުރިން ވަކިވަކި މުއާމަލާތްތަކަށް ހުއްދަ ހޯދުމަކާ ނުލައި ސީރިއާއަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދެވޭނެއެވެ. މީގެ ތެރޭގައި ކަރަންޓާއި، ފެނާއި، ނަރ...
އަޙްމަދު ދާއޫދު
ށ.ބިލެތްފަހީ ކައުންސިލުން އެ ރަށު ސްކޫލުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް، އައު އަހަރުގެ ހަދިޔާއެއްގެ ގޮތުގައި ޒަމާނީ “ދަރިވަރުންގެ ހިޔާ” އެއް ހަދައި ނިންމުމަށް ފަހު، ސްކޫލާއި ހަވާލުކޮށްފިއެވެ. ދަރިވަރުންގެ ހިޔާއާއި ބެހޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ބިލެތްފަހީ ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު ބުނީ މިއީ 2024 ވަނަ އަހަރުގެ ކައުންސިލްގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންގޮސްފައިވާ މަސައްކަތެއް ކަމަށެވެ. ޒިޔާދު އިތުރަށް ބުނީ މިތަން ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ ދަރިވަރުންނާއި އެ ދަރިވަރ...
އިބްރާހިމް ޚަލީލް
ކުރީގެ އަދަދާއި ގުޅޭ: ” އަހަރެން… އަހަރެން… އަދި އެހާ އޯކޭއެއް ނޫނޭ. މަންމަ ނިޔާވީމަ އަހަންނަށް އަބަދު އެކަމާ ވިސްނެނީ. ހަނދާންވަނީ. މާ ގިނައިން ރޮވުނީމަ ވަރަށް ބޮލުގައިވެސް ރިއްސާ! ފާޑާކަށް ހުން އައިސް ހުންނަހެން ހީވަނީ.” އާގަންނަމުން ކަހަލަ ގޮތަކަށް އަރޫޝާ ވާހަކަ ދެއްކިއެވެ. އޭރު ނަދީމް ހުރީ ފަރުވާތެރިކަމާއެކު އަރޫޝާގެ މޫނަށް ބަލަހައްޓައިގެންނެވެ. އަރޫޝާ އިސްޖަހާލުމާއެކު ނަދީމް މަޑުމަޑުން އަރޫޝާގެ ދަތްދޮޅިކޮޅުގައި އަތްޖައްސާލިއެވެ. އެއާއެކު އަރޫޝާއަށް މޫނު އަނބުރާލެވުނީ ހިތްހަމަ ނުޖެހުނުވަރުން...
ސަލާމާ ޢަބްދުލް ޢަލީމް
ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ހުރި ސޫޝީ ރެސްޓޯރަންޓްތަކުން މޯޓަރސައިކަލެއްގެ ސައިޒާއި ބަރުދަނުގެ ކަންނެއްޏެއް 207 މިލިއަން ޔެން (1.3 މިލިއަން އެމެރިކާ ޑޮލަރު) އަށް ގަނެފައިވާ ކަމަށް ބުނެފިއެވެ. މިއީ ޓޯކިޔޯގެ ޓޯޔޯސު މަސްމާރުކޭޓުގައި ކޮންމެ އަހަރަކު ބާއްވާ އައު އަހަރުގެ ނީލަމުގައި މިހާތަނަށް ދެވަނައަށް އެންމެ މަތީ އަގު ދީގެން ގަނެފައިވާ މަހެވެ. 276 ކިލޯގްރާމް (608 ޕައުންޑް) ގެ މި ބްލޫފިން ޓޫނާ މަސް ގަތީ އޮނޮދެރާ ގްރޫޕުންނެވެ. އޮނޮދެރާ ގްރޫޕުގެ އޮފިޝަލެއް ކަމަށްވާ […]
މުޙައްމަދު އިބްރާޙިމް (ފީރޯޒް)
މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ދިވެހިރާއްޖެއަށް ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު ގެނެވި، އުދުހުންތައް ފެށޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު މިއަދު ރާއްޖެ ގެނައުމާ ގުޅިގެން މިއަދު ވަނީ ޚާއްޞަ ހަފުލާއެއް ބާއްވާފައެވެ. މި ހަފްލާގައި ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން އަދި އެއާބަސް އޭ330-200 ވަނީ ރަސްމީކޮށް އިފްތިތާޙު ކޮށްފައެވެ. މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވި ގޮ...
ޔުމްނާ ޢަލީ
ކާރިސާތަކުން އަރައިގަތުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށް ނުދެވިވާ ރަށްރަށަށް ކުރިއަށް އޮތް 4 އަހަރު ތެރޭގައި މިވަސީލަތްތައް ފޯރުކޮށްދެވޭނެކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޗީފް އެގްޒެކެޓިވް ހިސާން ހުސައިން ވިދާޅުވެއްޖެއެވެ. ހިސާން މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ހިސާން ވިދާޅުވީ އެންޑީއެމްއޭގެ ޒިންމާގެ ބޮޑު ބައެއް އޮންނަނީ ވިލުންވެރި މުޖްތަމައެއް ބިނާ ކުރުމަށްކަމަށެވެ. އެގޮތުން މިހާރު ކުރ...
މުޙައްމަދު އިބްރާޙިމް (ފީރޯޒް)
ޕާކިސްތާނުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ރިޓަޔާޑް ވައިސް އެޑްމިރަލް ފައިސަލް ރަސުލް ލޯދީ އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުޢިއްޒުއަށް މިއަދު ހެނދުނު އަރުއްވައިފިއެވެ. މި ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ރައީސް އޮފީހުގައެވެ. ފަތްކޮޅު އެރުއްވުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ. ސަފީރުގެ ފަތްކޮޅު ރައީސް މުޢ...
މުޙައްމަދު އިބްރާޙިމް (ފީރޯޒް)
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު މިއަދު ރާއްޖެ ގެނެސްފިއެވެ. ޤައުމީ އެއާލައިންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު، އެއަރބަސް އޭ330، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ޖައްސާފައިވަނީ މިއަދު ހަވީރު 5:00 ހާއިރުއެވެ. މި ބޯޓު ވީއައިއޭ އަށް ޖެއްސިއިރު، ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެ ކަނބަލުންނާއި، ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ އަދި ސަރުކާރާއި މޯލްޑިވިއަންގެ އިސްވެރިން އެއާޕޯޓުގައި...
ޔުމްނާ ޢަލީ
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންތަކަކަށް ކުރެވޭ ހިޔާނާތުގެ ތުހުމަތުތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤެއް ހިންގަމުން އަންނަކަން މިއަދު ހާމަކޮށްފިއެވެ. މި މައްސަލައާއި ގުޅިގެން ނޫސްވެރިޔަކު ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި ސުވާލަކާއި ގުޅިގެން ފުލުހުން ބުނީ، މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންތަކަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ، ހިޔާނާތް އަދި ރިޝްވަތުގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ. ފުލުހުން ބުނިގޮތުގައި އެ މ...
ޔުމްނާ ޢަލީ
މިދިޔަ ހުކުރު ދުވަހު ރާއްޖެއަށް ކުރި ގަދަ ވިއްސާރާގައި މާލޭގައި ފެންބޮޑުވެ، ގޭގެއަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ރިޕޯޓުކުރި ގެތަކުގެ ތެރެއިން ޑެމޭޖް އެސެސްމަންޓް ހަދަން ޖެހޭކަމަށް ފާހަގަ ކުރެވުނު 137 ގޭގެ އެސެސްމަންޓް ހަދައި ނިންމާފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ހާމަކޮށްފިއެވެ. އެންޑީއެމްއޭ އިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، 3 ޖަނަވަރީގައި މާލެއަށް ކުރި ވިއްސާރައާ ގުޅިގެން ޑެމޭޖް އެސެސްމަންޓް ހަދަން ޖެހޭކަމަށް ފާހަގަކުރެވުނު 137 ތަނުގެ ތެރެއި...
ޔުމްނާ ޢަލީ
އެމްޓީސީސީން ދެމުންގެންދާ އާރްޓީއެލް ބަސް ޚިދުމަތުގައި ފެއަރ ދެއްކުމަށް އިތުރު ފަސޭހަތަކެއް ތަޢާރަފުކޮށްފިއެވެ. މިގޮތުން ކުންފުނިން ހާމަކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، މިހާރު ފެއަރ ދެއްކުމަށް ތިން ގޮތެއް ތަޢާރަފުކޮށްފައިވެއެވެ. ފުރަތަމަ ގޮތަކީ ކޭޝް ޕޭ އެވެ. މިއީ ގްރޭޓަރ މާލެ ސަރަޙައްދު އަދި އަތޮޅުތެރޭގެ ބަސްތަކުގައި ކަރުދާސް ޓިކެޓް ގަނެގެން ފައިސާ ދެއްކުމެވެ. ދެވަނަ ގޮތަކީ އޮންލައިން ޕޭ އެވެ. މިއީ އާރްޓީއެލް ޓްރެވަލް އެޕް ނުވަތަ އާރްޓީއެލްގެ ވެބްސައިޓް މެދުވެރިކޮށް ކިއުއާރް ޓިކެޓް ގަތުމެވެ....
މުޙައްމަދު އިބްރާޙިމް (ފީރޯޒް)
ސައުދީ އަރަބިއާގެ ޖިއްދާގައި ހުންނަ ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއަރޕޯޓް (KAIA) އިން 2024 ވަނަ އަހަރު 49.1 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ފޯރުކޮށްދިނުމާއެކު އެއަރޕޯޓުގެ ތާރީޚުގައި އައު ރެކޯޑެއް ޤާއިމްކޮށްފިއެވެ. އެއަރޕޯޓުން އާންމުކުރި 2024 ވަނަ އަހަރުގެ އޮޕަރޭޝަނަލް ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެއަރޕޯޓުގެ ޖުމްލަ ފްލައިޓް މޫވްމަންޓްތަކުގެ އަދަދު 278,000 އަށްވުރެ އިތުރުވެފައިވެއެވެ. އަދި 47.1 މިލިއަނަށްވުރެ ގިނަ ދަތުރު ފުރިހަމަކޮށްފައިވެއެވެ. މީގެއިތުރުން، އެއް ދުވަހެއްގެ ތެރޭ...
އަޙްމަދު ދާއޫދު