މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސްއާ އެކު ސޮއިކޮށްފިއެވެ.

މިއީ އުރީދޫ މޯލްޑިވްސްއިން މި މުބާރާތުގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވާ ތިންވަނަ ފަހަރެވެ.

Ad
rt

މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރާއްޖޭގެ އެކި ހިސާބުތަކުން 130 ޓީމެއް ބައިވެރިވާއިރު ޖުމުލަ 320 މެޗު ކުޅެން ވަނީ ހަމަޖެހިފައެވެ. މުބާރާތް ކުރިއަށްދާނީ ކުރިއަށްދާނީ ރެއިން ފެށިގެން އަންނަ މަހުގެ 25 ވަނަ ދުވަހާ ހަމައަށެވެ. މުބާރާތުގެ މެޗުތައް ކުޅޭނީ ހުޅުމާލޭގައެވެ.

މުބާރާތް ފެށީ ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުގެ ޗެމްޕިއަން ލ. ގަން އަދި މިދިޔަ އަހަރުގެ ޗެމްޕިއަން ބ. އޭދަފުށި ޓީމު ބައްދަލުކުރާ ޗެރިޓީ ޝީލްޑް މެޗަކުންނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރު ވެސް ބާއްވަމުން އަންނަ ވަރަށް ފޯރިގަދަ ފުޓްސަލް މުބާރާތެކެވެ. އުރީދޫން ބުނީ، މި އަހަރު ވެސް ގޯލްޑަންގެ މެޗުތައް ބަލަންދާ ސަޕޯޓަރުންނާއި ޓީމުތަކަށް ޚާއްސަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށެވެ.

މި މުބާރާތަކީ ރާއްޖޭގެ ފުޓްސަލް ކުޅުންތެރިންނަށް އެމީހުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބޭ މުހިންމު މުބާރާތެއް ކަމަށް ބެލެވެއެވެ. އަދި މި މުބާރާތުގެ ސަބަބުން ރާއްޖޭގެ ފުޓްސަލް ކުރިއެރުވުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް ވެސް ބެލެވެއެވެ.