ހއ. އިހަވަންދޫގައި ''ގޮވާން ކުރުން'' ނަމުގައި ހާއްސަ ދަރުހެއް މިރޭ ބާއްވަން ނިންމައިފިއެވެ.
އިހަވަންދޫ ކައުންސިލުން ބުނީ، " ގޮވާންކުރުން" ނަމުގައި މިރޭ އެރަށުގައި ހާއްސަ ދަރުހެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
މި ދަރުސް ދެއްވަން ހަމަޖެހިފައި ވަނީ މަޝްހޫރު ދީނީ ޢިލްމް ވެރިޔާ އައްސެއިޚް އިލްޔާސް ޙުސައިން އެވެ.
މި ދަރުސް އޮންނާނީ ޕާކް ސަރައްހައްދުގައި ކަމަށް އިހަވަންދޫ ކައުންސިލުން ބުންޏެވެ.
މިރޭ 20:15 ގައި ފަށަން ނިންމާފައިވާ މި ދަރުސް އަޑުއެއްސެވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 10 ފަރާތަށް ސީކިންގުގެ ފަރާތުން ޙާއްސަ އިނާމް ހުށަހަޅާފައިވާ ކަމަށް ވެސް އިހަވަންދޫ ކައުންސިލުން ބުންޏެވެ.
އިހަވަންދޫ ކައުންސިލުން ވަނީ މި ދަރުސް އަޑުއެހުމަށް އެރަށުގެ ރަށްޔިތުންނަށް ދައުވަތު ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!