އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް ޕްލެޓްފޯމް އެމް-ފައިސާއިން އައު އަހަރާ ގުޅުވައިގެން ދެ މަސް ދުވަހުގެ ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަނުގެ ދަށުން އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް މެޓަ ކުއެސްޓް 3 ކާމިޔާބުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަން ކުރިޔަށްދާނީ ޖަނަވަރީ އަދި ފެބްރުއަރީ މަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ޔުޓިލިޓީ ބިލް ދެއްކުމާއި މާޗަންޓް ޓްރާންސެކްޝަންތަކަށް 1,500 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން އެމް-ފައިސާ މެދުވެރިކޮށް މުޢާމަލާތްކުރާ ކަސްޓަމަރުން އޮޓޮމެޓިކުން ލަކީ ޑްރޯގައި ބައިވެރިވާނެއެވެ.
އުރީދޫ މޯލްޑިވްސްގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް ފަދަ ބިލްފަދަ ބިލްތަކަށް އެމް-ފައިސާ މެދުވެރިކޮށް ކޮންމެ ތަނަކުން ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެއެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ މަޤްބޫލު ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކުންވެސް ކަސްޓަމަރުންނަށް އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ބިލަށް ފައިސާ ދެއްކޭނެއެވެ.
އެމް-ފައިސާއަށް ރަޖިސްޓަރވާން ބޭނުންވާ ފަރާތްތަކަށް އުރީދޫ އެޕް މެދުވެރިކޮށް ރަޖިސްޓަރވެވޭނެއެވެ. މި ޚިދުމަތް ރަޖިސްޓަރކުރުމަށް އުރީދޫ އެޕް ޑައުންލޯޑްކޮށް، އެމް-ފައިސާ ހިޔާރުކޮށް ރަޖިސްޓްރޭޝަނަށް ފިތާލުމަށްފަހު، އެކައުންޓް އެކްޓިވޭޓްކުރުމަށް ބޭނުންވާ ތަފްސީލުތައް ފުރިހަމަކުރަންވާނެއެވެ. އަދި ފޯނަށް ލިބޭ އޯޓީޕީ ޖެއްސުމަށްފަހު 4 ޑިޖިޓްގެ ޕިން އެއް ސެޓްކުރަންވާނެއެވެ.
އުރީދޫ މޯލްޑިވްސްއިން ވަނީ އެމް-ފައިސާގެ ފަސޭހަކަމާއި ޚާއްޞަ އޮފަރތަކުގެ ބޭނުން ހިފުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރުންނަށްވެސް މި ޚިދުމަތް ބޭނުންކުރެވޭނެކަން އަންގާފައެވެ. މިއީ އައު އަހަރާ ގުޅުވައިގެން ކަސްޓަމަރުންނަށް ހުޅުވާލެވިފައިވާ އައު ތަޖުރިބާއެއްކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!