އެމްޓީސީސީން ދެމުންގެންދާ އާރްޓީއެލް ބަސް ޚިދުމަތުގައި ފެއަރ ދެއްކުމަށް އިތުރު ފަސޭހަތަކެއް ތަޢާރަފުކޮށްފިއެވެ.

މިގޮތުން ކުންފުނިން ހާމަކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، މިހާރު ފެއަރ ދެއްކުމަށް ތިން ގޮތެއް ތަޢާރަފުކޮށްފައިވެއެވެ.

Ad
rt

ފުރަތަމަ ގޮތަކީ ކޭޝް ޕޭ އެވެ. މިއީ ގްރޭޓަރ މާލެ ސަރަޙައްދު އަދި އަތޮޅުތެރޭގެ ބަސްތަކުގައި ކަރުދާސް ޓިކެޓް ގަނެގެން ފައިސާ ދެއްކުމެވެ.

ދެވަނަ ގޮތަކީ އޮންލައިން ޕޭ އެވެ. މިއީ އާރްޓީއެލް ޓްރެވަލް އެޕް ނުވަތަ އާރްޓީއެލްގެ ވެބްސައިޓް މެދުވެރިކޮށް ކިއުއާރް ޓިކެޓް ގަތުމެވެ.

ތިންވަނަ ގޮތަކީ ޓެޕް ޓު ޕޭ އެވެ. މިއީ ގްރޭޓަރ މާލެ ސަރަޙައްދުގެ ބަސްތަކުގައި މާސްޓަރކާޑު އަދި ވިސާ ކޮންޓެކްޓްލެސް ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު ބޭނުންކޮށްގެން ފެއަރ ދެއްކުމެވެ. އެމްޓީސީސީން ފާހަގަކުރި ގޮތުގައި ގްރޭޓަރ މާލެ ސަރަޙައްދުގެ ތެރޭގައި މާލެ އާއި ހުޅުމާލޭގެ ބަސްތައް ހިމެނެއެވެ.

މި އައު ނިޒާމުތައް ތަޢާރަފުކުރުމުގެ މަޤްޞަދަކީ ފަސިންޖަރުންނަށް ފަސޭހަކަމާއެކު ދަތުރުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ޚިދުމަތުގެ ފެންވަރު މަތިކުރުމެވެ.

އެމްޓީސީސީގެ ފަރާތުން ގެންދަނީ ޕަބްލިކް ޓްރާންސްޕޯޓް ރައްޔިތުންނަށް ފަސޭހަކަމާއެކު ލިއްބައިދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.