އިނގިރޭސި ލީގް ކަޕް (ކަރަބޯ ކަޕް) ސެމީ ފައިނަލުގެ ފުރަތަމަ ލެގެގައި އާސެނަލް ބަލިކޮށް ނިއުކާސަލުން ފައިނަލުގެ އުންމީދު ބޮޑުކޮށްފިއެވެ. ރޭ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިއުކާސަލުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. ސެމީ ފައިނަލު ދެވަނަ ލެގު ކުޅޭނީ އަންނަ މަހުގެ ފަސްވަނަ ދުވަހު ނިއުކާސަލް ދަނޑުގައެވެ. އެ މެޗުން އެއް ލަނޑުގެ ތަފާތަކުން ބަލިވިނަމަވެސް ނިއުކާސަލްއަށް ފައިނަލުން ޖާގަ ލިބިގެންދާނެއެވެ. ނިއުކާސަލްއަށް މިހާތަނަށް އަދި މި މުބާރާތް […]
އިބްރާހިމް ޚަލީލް
މައިކްރޯސޮފްޓުން އޭއައި ތަރައްޤީ ކުރުމަށް އިންޑިއާގައި 3 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމައިފިއެވެ. މައިކްރޯސޮފްޓްގެ ސީއީއޯ ސަތްޔާ ނަޑެލާ މިއަދު ވިދާޅުވެފައިވަނީ އެ ކުންފުނިން އިންޑިއާގައި އެޒުއަރ ކްލައުޑް އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ޤާބިލްކަން އިތުރުކުރުމަށް 3 ބިލިއަން ޑޮލަރު އިންވެސްޓްކުރާނެ ކަމަށެވެ. މި އިންވެސްޓްމަންޓަކީ މައިކްރޯސޮފްޓުން އިންޑިއާގައި މިހާތަނަށް ކުރި އެންމެ ބޮޑު އިންވެސްޓްމަންޓެވެ. މި ފައިސާ ބޭނުންކުރާނީ 2 އަހަރު ދުވަހުގެ ތެރޭގައި އިންޑިއާގެ ރައްޔިތުންނަށ...
އަޙްމަދު ދާއޫދު
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ޖަމާއަތްތެރިން އުފެއްދުމަށް ރަށު ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ޖަނާޒާ ކޯސް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓާއި ހުއްދަ ހަވާލުކޮށްފިއެވެ. އެ ރަށުގައި ޖަމާއަތްތެރިން އުފެއްދުމުގެ މަގުސަދުގައި އެ ރަށު ކައުންސިލުން އިސްނަގައިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެހީތެރިކަމާއިއެކު މި ކޯސް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ ފަހުކޮޅުއެވެ. މި ކޯސް ފުރިހަމަކޮށް 13 ފަރާތަކުން ވަނީ ސަނަދު ހާސިލްކޮށްފައެވެ. ކޯސް ފުރިހަމަ...
އިބްރާހިމް ޚަލީލް
އެމެރިކާގެ ލުއިޒިއާނާގައި ދޫނި ރޯގާ (ބާރޑް ފްލޫ) ޖެހިގެން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ. ލުއިޒިއާނާގެ ޞިއްޙީ ވުޒާރާއިން ހާމަކުރި ގޮތުގައި އެޗް5އެން1 ގެ ނަމުން މަޝްހޫރު ބާރޑް ފްލޫ ޖެހިގެން ފަރުވާ ހޯދަމުން ދިޔަ 65 އަހަރުން މަތީގެ މީހަކު ވަނީ މަރުވެފައެވެ. މި މީހާއަކީ އެހެން ބަލިތަކެއްވެސް ހުރި މީހެކެވެ. އެ ވުޒާރާއިން ބުނި ގޮތުގައި މި މީހާއަށް ބަލި ޖެހުނީ އަމިއްލައަށް ގެންގުޅޭ ދޫނި ސޫފާސޫފި އަދި އާންމު ތަންތަނުގައި އުޅޭ ދޫނިތަކާ […]
އަޙްމަދު ދާއޫދު
ސީރިއާގެ އައު ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުމަށް ޤަތަރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފިއެވެ. ޤަތަރުގެ އެހީތެރިކަމާއެކު މުވައްޒަފުންގެ މުސާރަ 400 އިންސައްތަ އިތުރުކުރުމަށް ވަނީ ނިންމާފައެވެ. ބަޝާރު އަލް އަސަދުގެ ވެރިކަން ވައްޓާލުމަށްފަހު ޑިސެމްބަރު 8 ގައި ވެރިކަމާ ހަވާލުވި ހަޔަތު ތަހްރީރު އަލް ޝާމް (އެޗްޓީއެސް) އިން މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ ވައުދު ވަނީ ކޮށްފައެވެ. މުސާރަ ބޮޑުކުރުމަށް މަހަކު 120 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށް ސީރިއާގެ އައު މާލީ ވަޒީރު ވަނީ...
އަޙްމަދު ދާއޫދު
ފެނާއި ކަރަންޓާއި ނަރުދަމާ އަދި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ގޭބިސީތަކަށް ފޯރުކޮށްދޭ ޚިދުމަތް ހަމަހަމަ ކުރަން މަޖުބޫރުކުރާ އިސްލާހެއް ގެނަނަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ހުށަހަޅުއްވައފިއެވެ. މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނަށް މުހައްމަދު އިބްރާހިމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ފެނާއި ކަރަންޓާއި ނަރުދަމާ އަދި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ފޯރުކޮށްދޭ ޚިދުމަތް، އެ ގެއެ...
އިސްމާއިލް މޫސާ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މިސަރުކާރުން ވެވަޑައިގެންނެވި ވަޢުދު ފުއްދެވުމަށް ބޭނުންވާ އިސްލާޙު ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގދ. ވާދޫ ރައްޔިތުންނާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވެވަޑައިގެންނެވި ވަޢުދު ފުއްދެވުމަށް...
އަލީ އާދިލް
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އަށް ހުށަހަޅައި އެ އޮތޯރިޓީން ވެލިޑޭޓް ކޮށްފައިވާ ސަނަދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެންގޮސްހުރި ސަނަދުތަކާ ހަވާލުވުމަށް އެދިއްޖެއެވެ. އެމްކިއުއޭ އިން ނެރުނު އިޢުލާނެއްގައި ބުނީ، އެކިއެކި ފަރާތްތަކުން ހުށަހަޅައިގެން ވެލިޑޭޓް ކޮށްފައިވާ ސަނަދުތަކުގެ ތެރޭގައި، ގިނަ ސަނަދުތަކެއް ވެރިފަރާތުން ނުގެންގޮސް އެ އޮތޯރިޓީގައި އެބަހުރި ކަމަށެވެ. އެހެންވެ، 31 ޑިސެމްބަރ 2022 ގެ ކުރިން ވެލިޑޭޓް ކޮށްފައިވާ ސަނަދުތައް، 31 ޖުލައި 2025 ގެ ކުރިން ސަނަދުތަކާ ވެރިފަރާތ...
ޔުމްނާ ޢަލީ
ދިވެހީންގެ ތެރޭގައި އަށަގަނެފައިވާ ގޯސް އާދަތަކުން ދުރުކުރުމަށް އެޅި ފިޔަވަޅުތަކަކީ އާންމުންނަށް އުނދަގޫކުރުން ނޫންކަމަށާއި، އަމާޒަކީ ޖީލުތައް ސަލާމަތްކޮށްދީ ހަޤީގީ މާނައިގައި ތަރައްޤީ ހާސިލްކުރުންކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ގދ،ވާދޫގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޒަމާންތަކެއް ވަންދެން ވަކި ކަމެއް ގޯސްކޮށް ހިނގުމަކީ އެކަން އެގޮތަށް ދޫކޮށްލައިގެން ތިބެންޖެހޭ ކަމެއް ނޫންކަމަށާއީ، ގޯސްކަމެއް ފެނުމުން އެކަމަށް ނޫނެކޭ ބުނަންކެރޭ ބަޔަކަށް ވާންޖެހޭނެ ކަމަށެ...
އިސްމާއިލް މޫސާ
ހުޅުމާލޭގައި ޒިބްރާ ކްރޮސްމަތިން މަގު ހުރަސްކުރަމުންދިޔަ މީހެއްގެ ގައިގައި ކާރެއް ޖެހި އެކްސިޑެންޓްވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ބުނީ، ހުޅުމާލޭ ނިރޮޅުމަގުން ދެކުނަށް އައި ކާރެއް، ޒިބްރާ ކްރޮސްމަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 17:05 ގައެވެ. އެކްސިޑެންޓްގައި އަނިޔާވި ފަރާތް ޑޮކްޓަރަށް ދެއްކުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ. މި މައްސ...
ޔުމްނާ ޢަލީ
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންތަކެއްގެ ހިޔާނާތުގެ މައްސަލައެއް ފެންމަތިވެފައިވާއިރު، ޚިޔާނާތުގެ ތުހުމަތުވާ އެއްވެސް އޮފިސަރެއް ރިޓަޔަރއެއް ކޮށްދީފައި ނުވާނެކަމަށް އެ އިދާރާއިން މިއަދު ބުނެފިއެވެ. މި މައްސަލާގައި ތުހުމަތުވާ އެންމެ އިސްމީހާ ކަސްޓަމްސްއިން ރިޓަޔަރކޮށްދީފައިވާކަމަށް ބުނެ މިއަދު މީސްމީޑިއާގައި ވަނީ ޚަބަރު ފަތުރާފައެވެ. މިހެން ކަން ހިނގާފައި ވަނިކޮށް ކަސްޓަމްސްގެ ރަސްމީ މީސްމީޑިއާ އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ އިދާރާގެ ބައެއް އޮފިސަރުންނަށް ތުހުމަތު ކުރެ...
ޔުމްނާ ޢަލީ
މާފަންނުގައި ހުރި ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު 9:53 ހާއިރު މީހަކު މަރުވެގެން އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ މ.ތަރިވިލާގޭ އުމުރުން 41 އަހަރުގެ ޙުސައިން މުޙައްމަދު ކަމަށެވެ. އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ހަމަޖެހިފައިވާ ކަމާށާއި މިމައްސަލައިގެ އިތުރު ތަޙުޤީގުތައް ކުރިއަށް ގެންދާ ކަމަށް ފުލުހުން ވިދާޅުވި އެވެ.
މުޙައްމަދު އިބްރާޙިމް (ފީރޯޒް)
ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ. މާލެސިޓީ ކައުންސިލުން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލާފައިވަނީ މިވަގުތު މާލެ ސަރަޙައްދަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެންކަމަށެވެ. މިވިއްސާރައާއެކު ހުޅުމާލެ ސަހަރާގެ ފެންފަށަލައިގައި 8 އިންޗިއާއި 9 އިންޗީގެ މިންވަރަކަށް ހަރުލާފައި ހުރުމުގެ ސަބަބުން މައްޔިތާ ވަޅުލުމަށް ވަޅުކޮނެ ސަންދޯއް ބެހެއްޓުމުގައި ގިނަގުނަ ދަތިތަކެއް ކުރިމަތިވާތީއެވެ. “މިއަދުން ފެށި...
މުޙައްމަދު އިބްރާޙިމް (ފީރޯޒް)
2025 ވަނަ އަހަރު ފެށުނު އިރު ގްރޭޑް 8 އަދި 9 ގައި ތިބި ދަރިވަރުންގެ އޯލެވެލް އޮންނާނީ 2026 ވަނަ އަހަރު ކަމަށް އަންގައިފި އެވެ. އެޑިޔުކޭޝަން މިނިސްޓްރީން މިކަން ސްކޫލްތަކަށް އަންގާފައިވަނީ ސުކޫލުތަކަށް ފޮނުވި ސަރކިއުލަރ އަކުން ނެވެ. ތަޢުލީމާ ބެހޭ ވަޒީރު ޑޮކްޓަރ ޝަފީޢު ސޮއިކޮށްފައިވާ މިސަރކިއުލަރ ގައި ބުނެފައިވަނީ، ދިރާސީ އަހަރަށް ގެނެވުނު ބަދަލުތަކާއެކު އޯލެވެލް ނިންމާ ދަރިވަރުންގެ އިމްތިޙާނުތަކަށްވެސް ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ. އެގޮތުން މިހާރު ގްރޭޑް 9ގައި ކިޔަވާ […]
މުޙައްމަދު އިބްރާޙިމް (ފީރޯޒް)
ދިވެހިންގެ ތެރޭގައި މަޤްބޫލުވި މަޖައްލާ “ދަރުމަ” 12 އަހަރުގެ މެދުކެނޑުމަކަށްފަހު ފަހު އަލުން ނެރެންފަށައިފިއެވެ. “ދަރުމަ” މަޖައްލާގެ ދެވަނަ އިސްދާރުގެ އެޑިޓަރަކީ އައްޝައިޚް މުޙައްމަދު އަފްޟަލްއެވެ. އަފްޟަލަކީ “ދަރުމަ” މަޖައްލާގެ ކުރީގެ އެޑިޓަރު ސަލީމުގެ އަރިހުގައި އެ މަޖައްލާ ނެރުމުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އޭރު އަފްޟަލް ވަނީ “ދަރުމަ” މަޖައްލާގެ ގްރެފިކްސް އެންޑް ލޭއައުޓް ޑިޒައިނިންގ މަސައްކަތް 6 އަހަރާއި 9މަސް ދުވަހު ކުރައްވާފައެވެ. އަދި އެއިސްދާރުގެ ޑެޕިއުޓީ އެޑިޓަރުކަން 2 އަހަރާއި 2...
މުޙައްމަދު އިބްރާޙިމް (ފީރޯޒް)
ދިވެހި ދައުލަތުގެ ފަރާތުން ކޮށްފައިވާ މަސައްކަތްތަކަށް އަމިއްލަ ކުންފުނިތަކަށް ދައްކަން ޖެހޭ 500 މިލިއަނެއްހާ ރުފިޔާ މިހާރުވެސް ދޫކުރަން ފަށާފައިވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ގއ އަދި ގދ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭގައި ހިމެނޭ ގދ ހޯނޑެއްދުއަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ އެމަނިކުފާނު ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރޭގައި ވިދާޅުވީ، މިހަފްތާގަވެސް މާލީ ވުޒާރައިން އެކިއެކި ކުންފުނިތަކުން ކޮށްފައިވާ މަސައްކ...
މުޙައްމަދު އިބްރާޙިމް (ފީރޯޒް)
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމްގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު އަދާކުރެއްވި ޝިޔާމްގެ މައްޗަށް ދައުލަތުން ދައުވާކުރީ އޭނާ އެ މަގާމުގައި ހުންނެވި ދުވަސްވަރު ވިލިމާލޭގައި ހުންނަ ސިފައިންގެ ވީއައިޕީ އިމާރާތެއްގައި ބައްޕަ ބަހައްޓައި އަދި ބައްޕަގެ ކަންކަން ބަލަހައްޓަން ސިފައިންގެ […]
ހުސައިން ހަބީބް
އިރުވައި މޫސުމުގެ ދުންފުހުގެ ސަބަބުން ރާއްޖޭގެ އުތުރުގެ އަތޮޅުގައި ވައި ނުސާފުވެ ދުރުފެންނަ މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމުގައި މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. އެ އިދާރާއިން ބުނީ ދުންފުހުގެ ސަބަބުން ވައި ނުސާފުވެ އުތުރުގެ އަތޮޅުތަކަށް ހަމަލޮލަށް ސާފުކޮށް ފެންނަ ދުރުމިން ގާތްގަނޑަކަށް 3 ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށެވެ. ކުރިއަށް އޮތްތަނުގައި ދުންފުހުގެ އަސަރު މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވެސް ފެތުރިގެންދާނެ ކަމަށް ލަފާކުރެވޭ ކަމުގައި އެ އިދާރާއިން ބުންޏެވެ. މި މައުލޫމ...
އިބްރާހިމް ޚަލީލް