ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޓެކްސީ ޑްރައިވަރަކަށް ސިއްހީ ކުއްލި ހާލަތެއް ދިމާވެ ބޮޑު އެކްސިޑެންޓެއް ހިނގައިފި އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ، މިއަދު ހެނދުނު 9:45 ހާއިރު އެވެ. މި އެކްސިޑެންޓްގައި ޓެކްސީއަކާއި ޕިކަޕެއް ޖެހި، ގެއްލުން ވެފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

Ad
rt

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ޓެކްސީ ދުއްވަމުން ދިޔަ ޑްރައިވަރަށް ދިމާވި ސިއްޙީ ކުއްލި ހާލަތެއްގެ ސަބަބުންކަމަށް ޕްރެލިމިނަރީ އެސެސްމެންޓްތަކުން ލަފާ ކުރެވޭކަމަށް އެއަރޕޯޓް އިން ބުނެފައިވެއެވެ.

މިއެކްސިޑެންޓާ ގުޅޭ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުވެފައިވާއިރު ވީޑިއޯ އިން ފެންނަނީ ކުރީގައި އޮތް ޕިކަޕްގެ ފަހަތު ބައިގެ ދަށަށް ކުޑަ ކާރެއް ވަދެފައި ވަނިކޮށެވެ.

"މި ހާދިސާ ހިނގާފައިވަނީ ކާރެއް، މަގު ވަކިކުރާ ބައިތަކާއި ވޭންއެއްގައި ޖެހުމަށްފަހު ޕިކަޕެއްގެ ދަށަށް ވަދެ"

މިޑީއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެއފައިވެއެވެ.

މި ހާދިސާގައި ކާރު ދުއްވި ފަރާތަށް އަނިޔާވެގެން ފަރުވާ ދިނުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. މީގެ އިތުރުން ކާރުގެ ފަހަތުގައި އިން ފަރާތަށް އަނިޔާވެގެން އެއަރޕޯޓް ކްލިނިކްގައި ވަނީ ފަރުވާދީފައެވެ. ކާރުގެ ފަހަތުގައި އިން ފަރާތަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ޙާދިސާ ހިނގި ސަރަޙައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.