ވޭތިވެދިޔަ ހަފްތާތަކާ އަޅާބަލާއިރު، ނިމުނު ހަފްތާގައި ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިގެން ރިޕޯރޓް ކުރެވުނު މިންވަރު އިތުރުވެފައިވާކަމަށް ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ. ހެލްތް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސް ހިސާބަށް ބަލާއިރު، ވޭތިވެދިޔަ ހަފްތާތަކާ އަޅާބަލާއިރު، ނިމުނު ހަފްތާގައި ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިގެން ރިޕޯރޓް ކުރެވުނު މިންވަރު ވަނީ އިތުރުވެފައެވެ. މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ. މިގޮތުނ...
ޔުމްނާ ޢަލީ
ހއ. އިހަވަންދޫގައި ހޮސްޕިޓަލެއް އެޅުމަށްޓަކައި ބޭނުންވާ ބިން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ. އެގޮތުން ހޮސްޕިޓަލުގައި އިމާރާތްކުރާ ބިން އާރުޑީސީ އާއި ހަވާލުކުރުމުގެ ގޮތުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި އެ އެއްބަސްވުމުގެ ދަށުން މި މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 18 މަސްދުވަހެވެ. އިހަވަންދޫ ކައުންސިލުގެ އަޙުމަދު ސޮބާހް ‘ތިލަދުން’ އަށް ވިދާޅުވީ، މި ހޮސްޕިޓަލް އިމާރާތްކުރުމުގެ މަޝްރޫޢުގެ ތެރޭގައި 30 އެނދާއި އެކަމަޑޭޝަން ބްލޮކެއް އިމާރާތް...
އައިޝަތު އައިނީ އާމިރު
އިސްތަށީގައި ކަޅުކުލަޖެއްސުން ހުއްދަކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން މިއަދު ފަތުވާ ނެރެފިއެވެ. އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރުނު ފަތުވާގައި ބުނެފައިވަނީ އިސްތަށީގައި ކަޅުކުލަޖެއްސުމުގެ މައްސަލައިގައި މައިގަނޑު ދެރައުޔެއް ފާހަގަކުރެވޭ ކަމަށެވެ. އެއީ ޙަރާމްކަމަށް ވިދާޅުވާ ޢިލްވެރިންގެ ރައުޔާއި ހުއްދަކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ރައުޔުކަން ފަތުވާ މަޖިލީހުން ވަނީ ފާހަގަކޮށްފައެވެ. ފަތުވާ މަޖިލީހުން ބުނީ މި ދެރައުޔުވެސް ބިނާވެފައިވަނީ ދަލީލުތަކުގެ މައްޗަށްކަމަށ...
ޔުމްނާ ޢަލީ
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްމާޓް މީޓަރު ހަރުކޮށް، ސްމާޓް އެޕްލިކޭޝަން ކަސްޓަމަރުންނަށް ތަޢާރަފުކުރުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް ފަށާފައިވާކަމަށް، ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. މި މަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތަފްޞީލު މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ސްޓެލްކޯއިން ކަސްޓަމަރުންނަށް ޒަމާނީ ޚިދުމަތްތައް ފޯރުކޮށްދީ، ކުންފުންޏާމެދު އޮންނަ އިތުބާރު އިތުރުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކ...
ޔުމްނާ ޢަލީ
މިސްކިތެއްގައި ކުދިންތަކެއް ނަށާ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އެކުދިންނަށް ނަސޭހަތްތެރިވާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. މި ވީޑިއޯއާއި ގުޅިގެން އޮންލައިން ނޫހަކުން ޝާޢިއުކޮށްފައިވާ ޚަބަރަކާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ، މިސްކިތްތަކަކީ މާތް ﷲ އަށް އަޅުކަން ކުރުމަށާއި އެކަލާނގެއަށް ޒިކުރު ކުރުމަށް ބިންމަތީގައި ބިނާކޮށްފައި ހުންނަ ތަންތަން ކަމަށެވެ. ‘’އެތަންތަނުގައި ނަށާއި އެތަންތަނާއި ނުގުޅޭކަންކަން ކުރުމަކީ ހެޔޮވެގެ...
ޔުމްނާ ޢަލީ
ރިޓަޔަރ ކުރިނަމަވެސް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، (އެޗްޑީސީ)ގެ ޚިދުމަތުގައި ދެމިހުންނަން ބޭނުންފުޅުވާކަމަށް އެކުންފުނީޣެ މެނޭޖިން ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލް ރޭ ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މައުރޫފް ރޭ ވިދާޅުވީ، އެޗްޑީސީގެ މަގާމާއި ހަވާލުވެވަޑައިގަތީ ސެމީ ރިޓަޔަރމަންޓެއްގައި ހުންނަވަނިކޮށް، ރައީސަކު ރިކުއެސްޓްކުރެއްވުމުން، އެކަމަށް ނޫނެކޭބުނުން ރަނގަޅުގޮތެއްކަމުގައި ނުވާތީކަމަށެވެ. އޭނާ ވިދާޅުވީ، ހަ މަސް ދުވަހުގ...
ޔުމްނާ ޢަލީ
ކުރީގެ އަދަދާއި ގުޅޭ: ” އޭރާ މިހާރު ތަފާތު ވެއްޖެ ދޯ.” ސާޔާއަށް ބޭއިހްތިޔާރުގައި ބުނެވުނެވެ. ” އަދި މޫނުމަތީ އެހެން ވިހެލިޔަކަސް އެއީ ލޯބި ނުވަނީކީ ނޫން ދޯ؟” ފަސޭހަ ކަމާއެކު ރާމިޒް ބުންޏެވެ. އެ ވަގުތު ސާޔާއަށް ހިންދިރުވާލެވުނެވެ. އަނިޔާކުރުމަކީ ރާމިޒްއަށް ވަރަށް ފަސޭހަ ކަމެއްކަން ސާޔާއަށް އެނގުނެވެ. އަދި އެކަމާ ފަހުން އޭނާ ދެރަ ނުވާކަން ވެސް ސާޔާއަށް އެނގުނެވެ. ސާޔާގެ ހިތުގައި ރާމިޒްއަށްޓަކައި އިތުރު ފޫހިކަމެއް އުފެދިއްޖެއެވެ. އަޖައިބުވެފައި ހުރެ އޭނާއަށް […]
ސަލާމާ ޢަބްދުލް ޢަލީމް
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ހޮސްޕިޓަލެއް އެޅުމަށްޓަކައި ބޭނުންވާ ބިން، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ. އެ ބިން އާރުޑީސީއާއި ހަވާލުކުރުމަށްޓަކައި އިއްޔެ ވަނީ ހަނިމާދޫގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު، އިސްމާއިލް ޝަރީފްއެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އިންޖިނޭރ، މުހައްމަދު އަހުމީމްއެވެ. ހަނިމާދޫ ކައުންސިލްގެ ފަރާތުން ކަ...
އިބްރާހިމް ޚަލީލް
ފީފާ ކްލަބް ވޯލްޑް ކަޕް ސެމީ ފައިނަލުގައި ބްރެޒިލްގެ ފްލުމިނެންސޭ ބަލިކޮށް، މުބާރާތުގެ ފައިނަލުން ޗެލްސީ ޖާގަ ހޯދައިފިއެވެ. ރޭ އެމެރިކާގެ މެޓަލައިފް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޗެލްސީން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ޗެލްސީއަށް ދެ ލަނޑު ވެސް ޖަހައިދިނީ ބްރައިޓަން ދޫކޮށް ކްލަބް ވޯލްޑް ކަޕަށް ޗެލްސީއާއި ގުޅުނު ޖޮއާއޯ ޕެޑްރޯއެވެ. މިއީ އެ ޓީމްގެ ފުރަތަމަ އެގާރާގައި ހިމެނިގެން އޭނާ ކުޅުނު ފުރަތަމަ މެޗެވެ. ރޭ […]
އިބްރާހިމް ޚަލީލް
ހއ. އުތީމު ކައުންސިލުން އެރަށުން ދިރިއުޅުމަށް ޓަކައި 2000 އަކަފޫޓުގެ 31 ބަންޑާރަ ގޯތި ދޫކުރުމަށް ނިންމައި، އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ. އުތީމު ކައުންސިލުން ބުނި ގޮތުގައި، މި 31 ގޯތި ދޫކުރުމަށް ނިންމާފައިވަނީ ކައުންސިލްގެ 04 ވަނަ ދައުރުގެ 137 އަދި 211 ވަނަ ބައްދަލުވުމުން މިކަން ފާސްކޮށްފަ އެވެ. އެގޮތުން، ކައުންސިލުން އެކަށައަޅާ ފާސްކޮށްފައިވާ އުޞޫލުތަކާއި އެއްގޮތަށް ބަންޑާރަ ގޯއްޗަށް ޝަރުޠު ހަމަވާ ފަރާތްތަކަށް މިގޯތިތައް ދޫކުރުމަށް […]
ޔުމްނާ ޢަލީ
ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ ލޯގޯ އަދި ބްރޭންޑް ހުއްދަނެތި ބޭނުންކޮށްގެން ޖުވާގެ ވެބްސައިޓްތައް އިޝްތިހާރުކުރުމަށް އޭއައި ވީޑިއޯ އާއި އޯޑިއޯ ދައުރުކުރާ މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން މިރޭ ބުނެފިއެވެ. ފުލުހުން މިރޭ ބުނީ ޕީއެސްއެމްގެ ލޯގޯ އަދި ބްރޭންޑް ހުއްދަނެތި ބޭނުންކޮށްގެން، ޖުވާގެ ވެބްސައިޓްތައް އިޝްތިހާރުކުރުމަށް އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް އުފައްދާފައިވާ ވީޑިއޯ އަދި އޯޑިއޯ ދައުރުކުރަމުންދާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. އެހެންވެ، އެކަން...
ޔުމްނާ ޢަލީ
މޯލްޑިވްސް ނޭޝަނަލް ސާރވިސް (ދިވެހި ވަޠަނީ ޚިދުމަތް) ގެ ތަމްރީނުގެ ފުރަތަމަ ބުރަށް ކުރިމަތިލުމަށް ދިފާޢީ ވުޒާރާއިން ހުޅުވާލި ފުރުޞަތުގައި ޖުމްލަ 1244 ޒުވާނުން ކުރިމަތިލާފައިވާކަން އެ ވުޒާރާއިން މިއަދު ބުނެފިއެވެ. އެ ވުޒާރާއިން ވަނީ މި ތަމްރީނަކީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް، މަސައްކަތަށް އަހުލުވެރި އަޚްލާޤް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ދިވ...
ޔުމްނާ ޢަލީ
މެލޭޝިއާގައި ކިޔަވާ ކުދިން ދައްކަންޖެހޭ ޓެކްސް ފައިސާ ހަމަޖައްސައިދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ. ހަޔަރ އެޑިޔުކޭޝަނުން މިއަދު މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މެލޭޝިއާގައި ކިޔަވާ ކުދިންނާއި އެހެން ގައުމުތަކުގައި ކިޔަވަމުންދާ ކުދިންނަށް ވެސް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދަނީ ފޮނުވަމުންކަމަށެވެ. މީގެ އިތުރުން މެލޭޝިއާގައި ކިޔަވާ އިންޓަރނޭޝަނަލް ދަރިވަރުންގެ ތެރެއިން އަހަރަކު 60،000 މެލޭޝިއަން ރިންގިޓަށްވުރެ ބޮޑު ކޯސް ފީ އެއް ދައްކަން ޖެހޭ ކ...
ޔުމްނާ ޢަލީ
އުރީދޫ ނޭޝަން އިން އިންތިޒާމުކޮށްގެން ބޭއްވި ފުރަތަމަ އިންޓަރ ކޮލެޖް އީސްޕޯޓްސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. އީއޭއެފްސީ، ޕަބްޖީ މޮބައިލްގެ އިތުރުން މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް ހިމެނޭ މި މުބާރާތުގައި 11 ޓީމަކާއި 15 އިންޑިވިޖުއަލް ކުޅުންތެރިން ބައިވެރިވެ، އެފަރާތްތަކުގެ ހުނަރު ދައްކާލައިފާވެއެވެ. އެގޮތުން އީއޭއެފްސީ ގައި ޖުމުލަ އިންޑިވިޖުއަލް 15 ކުޅުންތެރިން ބައިވެރިވެފައިވާއިރު ޗެމްޕިއަންއަށް ހޮވިފައިވަނީ ވިލާ ކޮލެޖްގެ ދަރިވަރު ޔޫސުފް އެވެ. 1 ވަނަ ރަނަރަޕް އަކަށް ހޮވިފ...
އިބްރާހިމް އަސްވާޤް
ކުޅުދުއްފުށި ސިޓީ ހޮނިހިރު ބާޒާރު ތަރައްޤީ ކުރަން ނިންމާފައިވަނީ ބާޒާރުގެ އަސްލު ނުގެއްލޭ ގޮތަށް ކަމަށް ސިޓީ ކައުންސިލް މެންބަރ ރިޟްވާން މުޙައްމަދު (ރިލޭ) ވިދާޅުވެއްޖެއެވެ. ރިލޭ މިހެން ވިދާޅުވީ ސިޓީ ކައުންސިލުން ހޮނިހިރު ބާޒާރު ތަރައްޤީކުރުމަށް ފަރާތެއް ހޯދުމަށްޓަކައި އާންމު ކޮށްފައިވާ އިއުލާނަކާއި ގުޅިގެންނެވެ. އެގޮތުން ކުޅުދުއްފުށީ ހޮނިހިރު ބާޒާރަކީ އެތައް ބަޔަކަށް ފަސޭހަތަކެއް ގެނެސްދޭ މުހިންމު ތަނެއްކަމަށާއި މި ބާޒާރު ތަރައްޤީކުރުމަށް އެކި ދައުރުތަކުގައި ތަފާތު ގިނަ މަސައްކަތްތައް ކުރެވިފައި...
އައިޝަތު އައިނީ އާމިރު
ށ.މިލަންދޫ ޕޮލިހުގައި މަސައްކަތްކުރާ ބައެއް ފުލުހުންގެ ބޭންކް އެކައުންޓުތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން މިރޭ ބުނެފިއެވެ. ފުލުހުން މިރޭ ބުނީ މިލަންދޫ ޕޮލިހުގައި މަސައްކަތްކުރާ ބައެއް ފުލުހުންގެ ބޭންކް އެކައުންޓުތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް އެ އިދާރާގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑް (PSC) އިން އަންނަނީ ތަހްގީގުކުރަމުންނެވެ. މި މައްސަލަ ތަހްގީގުކުރުމަށް މިކަމުގައި ޝާމިލްވާ ފުލުހުން މިވަގުތު ތިބީ މާލެއަ...
ޔުމްނާ ޢަލީ
ލިޔުންތެރިކަމަކީ އަމާނާތެއް ކަމަށާއި، ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ޤައުމުތަކަށް ބޮޑެތި ގެއްލުންތައް ލިބެމުންދާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ. ރައީސް މުޢިއްޒު ދިވެހި ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ޚިޠާބެއް ފޮނުއްވައިފައިވާއިރު، މި ދުވަސް ފާހަގަކުރަނީ 1933 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހު ދިވެހިރާއްޖޭގެ ފުރަތަމަ މަޖައްލާ...
ޔުމްނާ ޢަލީ
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާއި ގުޅިގެން ކުރިއަށްދާ ތަޙްޤީޤަކާ ގުޅިގެން ސަސްޕެންޑްކޮށްފައި ހުރި މާލޭ ވޯޓާ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ (ޑީއެމްޑީ) މުހައްމަދު ފަޒީލް ރަޝީދު، މަޤާމުން ވަކިކުރުމަށް އެ ކުންފުނީގެ ބޯޑުން ނިންމައިފިއެވެ. އެމްޑަބްލިޔުއެސްސީން މިއަދު ބުނި ގޮތުގައި، 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސަސްޕެންޑްކޮށްފައިވާ މުޙައްމަދު ފަޒީލް ރަޝީދު، 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުން ފެށިގެން […]
ޔުމްނާ ޢަލީ