މިސްކިތެއްގައި ކުދިންތަކެއް ނަށާ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އެކުދިންނަށް ނަސޭހަތްތެރިވާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މި ވީޑިއޯއާއި ގުޅިގެން އޮންލައިން ނޫހަކުން ޝާޢިއުކޮށްފައިވާ ޚަބަރަކާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ، މިސްކިތްތަކަކީ މާތް ﷲ އަށް އަޅުކަން ކުރުމަށާއި އެކަލާނގެއަށް ޒިކުރު ކުރުމަށް ބިންމަތީގައި ބިނާކޮށްފައި ހުންނަ ތަންތަން ކަމަށެވެ.

Ad
rt

‘’އެތަންތަނުގައި ނަށާއި އެތަންތަނާއި ނުގުޅޭކަންކަން ކުރުމަކީ ހެޔޮވެގެންވާނެ ކަންކަމެއްނޫން، އެކުދިންނަށް މިނިސްޓްރީއިން ނަސޭހަތްތެރިވާނަން’’ މިނިސްޓަރު ވިދާޅުވެފަވެއެވެ.

އެނގިފައިވާ ގޮތުގައި މިކަން ހިނގާފައި ވަނީ ފުވައްމުލަކު ސިޓީގައެވެ.

މި ވީޑިއޯއާ ގުޅިގެން އާންމުން އަންނީ މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.