އެމެރިކާގެ ޓެކްސަސްގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތައް ލިބުމާ ގުޅިގެން އެމެރިކާގެ ރައީސް، ޑޮނަލްޑް ޖޭ ޓްރަމްޕަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމްދަރުދީ ފޮނުއްވައިފިއެވެ. ރައީސް ފޮނުއްވި މެސެޖުގައި، މި ހިތާމަވެރި ޙާދިސާއާ ގުޅިގެން ހިތާމަފާޅުކުރައްވައި، މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށާއި، ހާލުގައި ޖެހުނު އެންމެހައި ފަރާތްތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފޮނުއްވާފައިވެއެވެ....
ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީ ހިމެނޭ ސަރަޙައްދުގައި ޞިއްޙީ ފަރުވާ ކަށަވަރު ވެފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި އީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިފަދައިން ވިދާޅުވީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި އިއްޔެ ވާހަކަފުޅުދައްކަވަމުންނެވެ. ކުޅުދުއްފުށީ ޕޯޓްސް ލިމިޓަޑްގައި މިއަދު ހަވީރު ކުރިއަށްދިޔަ އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ ވަނީ ޤައުމެއް ތަރައްޤީ ކުރުމު...
ޔުމްނާ ޢަލީ
އެމެރިކާގެ ޓެކްސަސް ސްޓޭޓްގައި ދުވަހު ފެންބޮޑުވެ، މަރުވި މީހުންގެ އަދަދު 67 އަށް އަރައިފިއެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 21 ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. ފެންބޮޑުވުމުގެ ސަބަބުން ގެއްލުނު ކަމަށް ބެލެވޭ ސަމަރ ކޭމްޕެއްގެ އަންހެން ކުދިން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ތިންވަނަ ދުވަހަށް ދިގުދެމިފައެވެ. އެންމެ ބޮޑަށް ފެންބޮޑުވުމުގެ އަސަރުކޮށްފައިވާ ޓެކްސަސް ހިލް ކަންޓްރީގެ ކެރް ކައުންޓީގެ ޝެރިފް ލެރީ ލެއިތާ ވިދާޅުވި ގޮތުގައި، އެ ކައުންޓީގައި އެކަނިވެސް […]
ޔުމްނާ ޢަލީ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގައި އައު ޚިދުމަތްތަކެއް މިއަދު އިފްތިތާޙްކޮށްފިއެވެ. މި ޚިދުމަތް އިފްތިތާހްކޮށްފައި ވަނީ މިއަދު ބޭއްވި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ގައެވެ. ކުޅުދުއްފުށީ ޕޯޓްސް ލިމިޓަޑްގައި މިއަދު ހަވީރު ކުރިއަށްދިޔަ އެ ޖަލްސާގައި ކޭއާރުއެޗުގައި ޓެލެމެޑެސިންގެ ޚިދުމަތާއި އެންޑޯމެޓްރިއޯސިސް ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. އަދި ގައިންގަޔަށް ނާރާ ބަލިތަކުގެ ކުލިނިކުގެ ޚި...
ޔުމްނާ ޢަލީ
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައިފިއެވެ. މެޑަމް ސާޖިދާ ވަނީ މިއަދު ހަވީރު ކުޅުދުއްފުށީ ޕޯޓުގައި ބޭއްވި ކޭއާރުއެޗުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމުގެ ގޮތުން މިއަދު ހެނދުނު ކުޅުދުއްފުށި ސިޓީ އަށް ވަޑައިގެންފައެވެ. އަދި އެކަމަނާއަށް މަރުހަބާ ދެންނެވުމުގެ ގޮތުން ކޭއާރުއެޗުގެ ސީއީއޯ ނާޒިމާ އަލީ އާއި ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ އަލީ އަޙުމަދ...
އައިޝަތު އައިނީ އާމިރު
ސިވިލް ސަރވިސް ކޮމިޝަނުގެ 3 މެންބަރެއްގެ މުއްދަތު ހަމަވުމާ ގުޅިގެން، އެ މަޤާމުތަކަށް މެންބަރުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ފުރުޞަތު ހުޅުވާލައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު އިޢުލާނުގައިވާ ގޮތުން، މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ. މި މަޤާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ފޯމު ބަލައިގަންނާނީ ރަސް...
އިބްރާހިމް އަސްވާޤް
ނ. ފަރުމުލީގައި ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއިން ވަނީ ބީލަމަށް ހުޅުވާލައިފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނެރުއްވި ޤަރާރެއްގެ ދަށުން ފަރުމުލި ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީކުރެވޭ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުމަށްފަހު އެޅުއްވި ފިޔަވަޅެކެވެ. މި މަޝްރޫޢުގައި ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ދެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 21 ޖުލައި 2025 އަދި 18 އޮގަސްޓް 2025 ވާ...
އިބްރާހިމް އަސްވާޤް
މިލަދުންމަޑުލު ދެކުނުބުރީ “ފަރުމުލި” އަކީ އެ އަތޮޅުގެ މާފަރުގެ ބައެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޤަރާރަކުން ކަނޑައަޅުއްވައިފިއެވެ. މި ނިންމެވުމަކީ، ކުރިން 15 އެޕްރީލް 2024 ގައި ނެރުއްވާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 7/2024 އިން “ފަރުމުލި” އާއި “ކަނޑިންމާހުރާ” މާފަރުގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ނިންމެވުމަށް ގެންސްފައިވާ ބަދަލެކެވެ. މިއަދު ނެރުއްވާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 17/2025 ގައިވާ ގޮތުން، މި ނިންމެވުން...
އިބްރާހިމް އަސްވާޤް
ކޯޓު އަމުރެއްގެ ދަށުން ކުޅުދުއްފުށީ ސިޓީ އެއާޕޯޓުގެ އެސިސްޓެންޓް މެނޭޖަރުގެ މަޤާމުގައި ހުންނެވި މާލެ އަށް ނިސްބަތްވާ އަބްދުލް އަހަދު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު އަހަދު ހައްޔަރުކުރީ ކަރެކްޝަނާއި ހަވާލުކުރުމަށް ކަމަށެވެ. މީގެ އަހަރުތަކެއްގެ ކުރިން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވި މައްސަލައެއްގައި އަހަދުގެ މައްޗަށް ދައުވާ އުފުލާފައިވާކަމަށް މައުލޫމާތު ލިބެއެވެ. އަދި އ...
އައިޝަތު އައިނީ އާމިރު
ވައްކަމުގެ ތުހުމަތުގައި ފުލުހުން ލޯ ނަރުތަކެއް ހިފެހެއްޓުމުން, އެ ތަކެތި ހޯދަން ފުލުހުންނާ ދެކޮޅަށް ދައުވާކުރި މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލައިފި އެވެ. އއ. މަތިވެރި، އިރަމާގެ އާދަމް ޝަރީފް ފުލުހުންނާ ދެކޮޅަށް ދައުވާކުރީ އޭނާ އެކި މީހުންގެ އަތުން ގެނެފައިވާ ބާ ލޯނަރުތަކެއް, އޭނާގެ މައްޗަށް ވައްކަމުގެ ތުހުމަތުކޮށް ފުލުހުން ހިފަހައްޓާފައިވާތީ އެތަކެތި ހޯދުމަށާއި އެ ތަކެތި ހިފެހެއްޓުމުން ލިބުނު ގެއްލުމުގެ ބަދަލާއި ޝަރީއަތުގެ ހަރަދު ހޯދުމަށެވެ. ނަމަވެސް ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ ދައުލަތުގެ...
ހުސައިން ހަބީބް
މަސްތުވާތަކެއްޗާ ގުޅުންހުރި ދެ ވަކި މައްސަލައެއްގައި މާލެއިންނާއި ބ. ކަމަދޫއިން ޖުމްލަ ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަން ފުލުހުން މައުލޫމާތު ދިން ގޮތުގައި މާލޭގައި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ 5 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގ. ސެމިޓޯން...
ޔުމްނާ ޢަލީ
މާލެ، މައްޗަންގޯޅި ގެއަކުން ވަގަށް ނަގާފައިވާ ފަސްދޮޅަސްހާހަށް ވުރެ ގިނަ ރުފިޔާގެ ތަކެތި، ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހޯދައި، އެ ތަކެތީގެ ވެރިފަރާތާއި ހަވާލުކޮށްފިއެވެ. ފުލުހުންގެ މަޢުލޫމާތު ދިން ގޮތުގައި، މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ޖޫން 29 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މި މައްސަލައާ ގުޅިގެން ގެއްލިފައިވާ ތަކެތި ހޯދުމަށް ފުލުހުން ކުރަމުންދިޔަ މަސައްކަތުން، އޭގެ ތެރެއިން ބައެއް ތަކެތި ހޯދާފައިވަނީ ޖޫން 30 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައެވެ. ފުލުހ...
ޔުމްނާ ޢަލީ
ށ. ގޮއިދޫ ކައުންސިލުން ގޮއިދޫ ސްކޫލުގައި ތަރައްޤީކޮށްދީފައިވާ “ދަރިވަރުންގެ ހިޔާ” ރަސްމީކޮށް ހުޅުވައިފިއެވެ. އެގޮތުން ގޮއިދޫ ސްކޫލުގައި ތަރައްޤީ ކުރި މި ދަރިވަރުންގެ ހިޔާ ރަސްމީކޮށް ހުޅުވުމުގެ ގޮތުން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި މިތަން ހުޅުއްވައިދެއްވީ ށ. އަތޮޅުގެ ކައުންސިލުގެ ރައީސް މުޙައްމަދު ޝިޔާމެވެ. މި ރަސްމިޔާތުގައި އިމާރާތް ގޮއިދޫ ސްކޫލާއި ހަވާލުކުރިކަމުގެ ލިއުންވެސް ވަނީ ހަވާލުކޮށްފައެވެ. ގޮއިދޫ ކައުންސިލުގެ ރައީސް އިބްރާހީމް ޝާހިދު ‘ތިލަދުން’ އަށް ވިދާޅުވެފައިވަނީ މ...
އައިޝަތު އައިނީ އާމިރު
ބްރަސަލްސް، ބެލްޖިއަމް: ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އިސްރާއީލާ ދެމެދު ވެފައިވާ އެސޯސިއޭޝަން އެގްރީމެންޓާ އިސްރާއީލުން ޚިލާފުވެފައިވާތީ، އެކަމާ ގުޅޭގޮތުން އީޔޫގެ ބޭރުގެ ސިޔާސަތުގެ އިސްވެރިޔާ، މެމްބަރު ޤައުމުތަކަށް 5 އޮޕްޝަނެއް ހުށަހަޅާނެ ކަމަށް ޔޫރޯނިއުސްއިން ބުނެފިއެވެ. ޣައްޒާއާއި ވެސްޓް ބޭންކުގައި އިސްރާއީލުން އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކެއް ހިންގާފައިވާކަން އީޔޫއަށް ފާހަގަކުރެވިފައިވާ ކަމަށްވެސް އެ ނޫހުން ރިޕޯޓްކޮށްފަވެއެވެ. ޔޫރޯނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުން ޣަ...
ޔުމްނާ ޢަލީ
ސަޢޫދީ ޢަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ރަސްމީ އިއްޒަތުގައި، ހަތްކޮޅުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރުގެ ތެރޭގައި ހުންނަވައިގެން ހިންގަވާފައެވެ....
ޔުމްނާ ޢަލީ
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްްއޭއެމް)ގެ ރައީސްކަމަށް ވާދަކުރެއްވުމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް (ޓޮމް) މިއަދު ފޯމް ހުށަހަޅުއްވައިފިއެވެ. ޤައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ޓޮމް އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރުމަށް ފޯމު ހުށަހެޅުމަށްފަހު ވިދާޅުވީ، އޭނާ އެ މަގާމަށް ވާދަކުރަށްވަނީ ރާއްޖޭގެ 4 ސަރަހައްދެއްގައި ރީޖަނަލް އެސޯސިއޭޝަން ހަދައި އެ ރީޖަންތަކުން އެފްއޭއެމްްގެ ކަންކަމުގައި ބަސްކިޔުމުގެ ފުރުސަތު ހޯދައިދިނުމުގެ ވައުދާއެކުގައި ކަމަށެވެ. ޓޮމް ރައީސްކަމަށް ވާދަކުރަށ...
ޔުމްނާ ޢަލީ
ފީފާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑް ބަލިކޮށް ރެއާލް މެޑްރިޑުން ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފިއެވެ. ރޭ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ރެއާލުންނެވެ. މި ލަނޑު 10 ވަނަ މިނެޓުގައި ޖަހައިދިނީ ގޮންޒާލޯ ގާސިއާއެވެ. އާދާ ގުލާ ޑޯޓްމަންޑްގެ އޭރިއާ ތެރެއަށް މަތިން ކުޅުނު ބޯޅަ ޑިފެންޑަރުންގެ ފަހަތުން […]
އިބްރާހިމް ޚަލީލް
ކުރީގެ އަދަދާއި ގުޅޭ: “ހިނގާ. ހިނގާ އެ ކޮޅަށް ކޮފީއަކަށް. ” ސާމިހް އަވަސް އަވަހަށް ބުނެލިއެވެ. އަފްޒާ ވެސް އެ ކަމަކަށް އެއްބަސްވެ، ސާމިހްގެ ފަހަތުން ހިނގައިގަތެވެ. ވެއިޓަރ އައިސް މޭޒުމަތީގައި ދެ ކޮފީތަށި ބެހެއްޓުމާއެކު އަފްޒާ ހީލިއެވެ. ” ހޫމް. ކޮން ވާހަކައެއް ދައްކަންތަ؟” ސާމިހް ހުރީ އަޑު އަހާހިތުން ކެތްމަދުވެފައެވެ. ” ސާމިހްއަށް އަޑުއަހަން އެހާ ފަސޭހައެއް ނުވާނެ. އެކަމަކު… އަހަރެން ދޮގެއް ނަހަދާނަން. އަހަރެން މި އުޅެނީ ތި ދެ މީހުން […]
ސަލާމާ ޢަބްދުލް ޢަލީމް