އިނގިރޭސި ޕްރިމިއާ ލީގުގެ، އައު ސީޒަންގައި ރޭ މެންޗެސްޓާ ސިޓީއާއި ވުލްވްސް ބައްދަލުކުރި މެޗު ތަފާތު ބޮޑުކޮށް ސިޓީން ކާމިޔާބު ކޮށްފިއެވެ. ރޭ ރަށުން ބޭރުގައި ސިޓީން ވަނީ 4-0 ގެ ނަތީޖާއިން ވުލްވްސް ބަލިކޮށްފައެވެ.
ރޭ މެޗުގައި އާލިން ހާލަންޑް ވަނީ ސިޓީއަށް ދެ ލަނޑު ޖަހައިދީފައެވެ. ދެން ސިޓީއަށް ލަނޑު ޖަހައިދިނީ އޭސީ މިލާން ދޫކޮށް މި ސީޒަންގައި ސިޓީއާއި ގުޅުނު ނެދަލެންޑްސްގެ ރައިންޑާސްއެވެ. ދެން ސިޓީއަށް ލަނޑު ޖަހައިދިނީ ރަޔާން ޗާކީއެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ ޓީމުގެ ފަރާތުން މެޗުގައި ގިނަ ރަނގަޅު ކަންތައްތަކެއް ފެނުން ކަމަށާއި ހާއްސަކޮށް ފުރަތަމަ ހާފުގައި ޓީމުގެ ކުޅުން ރަނގަޅު ކަމަށެވެ.
ނަމަވެސް ދެވަނަ ހާފުގައި ޓީމުގެ ކުޅުން ދައްވިކަން ފާހަގަކޮށް އޭނާ ބުނީ އައު ސީޒަނާއި ސިޓީން ކުރިމަތިލާފައި ވަނީ، ޕްރީ ސީޒަންގައި މަދު މެޗުތަކެއް ކުޅުމަށް ފަހުކަމަށެވެ.
ލީގުގައި ކުޅުނު އިތުރު މެޗުތަކުގެ ނަތީޖާ
އެސްޓަން ވިލާ 0-0 ނިއުކާސަލް
ޓޮޓެންހަމް 3-0 ބާންލީ
ސަންޑަލޭންޑް 3-0 ވެސްޓްހޭމް
ބްރައިޓަން 1-1 ފުލަމް
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!