އިނގިރޭސި ފުޓްބޯޅައިގެ ހަތަރުވަނަ ޑިވިޝަންގެ ޓީމެއް ކަމަށްވާ ގްރިމްސްބީ ޓައުން އަތުން ބަލިވެ ކަރަބޯ ކަޕްގެ ދެވަނަ ބުރުން މެންޗެސްޓާ ޔުނައިޓެޑް ކަޓައިފިއެވެ. ރޭ ގްރިމްސްބީ ޓައުންގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ގްރިމްސްބީ ޓައުން އިން ކުރި ހޯދީ 11-12 އިންނެވެ. މިއީ ލީގު ކަޕްގައި ޔުނައިޓެޑް ހަތަރު ވަނަ ޑިވިޝަނުގެ ޓީމެއް އަތުން ކެޓި […]
އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ސިޓީގެ މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ ބައެއް މަގުތައް، ރޭސިންގ އަށް ބޭނުންކުރެވޭ ގޮތަށް ހަދައިދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ، ހދ. އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހުން ފެށިގެން ބުދަ ނިޔަލަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން، އަންގާރަ ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު...
ޔުމްނާ ޢަލީ
ހދ. ކުމުންދޫ ރައްޔިތުން އެދޭ ލޮކޭޝަންގައި އައު ބަނދަރެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް، ގިނަވެގެން ދެ މަސް ތެރޭގައި ފައްޓަވައިދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ހދ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި އިއްޔެ މެންދުރު ކުމުންދޫގައި ރައްޔިތުންނާ ބައްދަލުކުރައްވައި ބޭއްވެވި ޖަލްސާއެއްގައެވެ. ރައީސް މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކުރެއްވި ރަސްމީ ދަތުރުފުޅުގ...
ޔުމްނާ ޢަލީ
ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) އިން އެރަށުގައި ހޭންޑް ބޯޅަ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ ފުނަދޫ ސްކޫލްގެ ގްރޭޑް 7 އިން މަތީގެ ދަރިވަރުންނަށެވެ. މި ޕްރޮގްރާމަކީ އޯގަސްޓް 10 އިން 20 އަށް ކުރިއަށް ގެންދިޔަ 10 ދުވަހުގެ ތަމްރީނެކެވެ. މި ޕްރޮގްރާމްގެ ނިމުން އިއްޔެ ފާހަގަކޮށްފައިވާއިރު، ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ މިކަމުގައި އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. މި […]
ޔުމްނާ ޢަލީ
24 އޯގަސްޓް 2025 ގެ ނިޔަލަށް ހދ. ހިރިމަރަދޫން ގޯތި ލިބިފައިވާ މީހުންނަށް އެ އަތޮޅު ހަނިމާދޫން ގޯތި ލިބޭނެ ކަމަށާއި، ހިރިމަރަދޫގެ ރައްޔިތުން ހަނިމާދު އަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާތީ އެ މަސައްކަތް ކުރަމުންދާ މުއްދަތުގައި އެެއްވެސް މީހަކަށް މިހާރު ލިބިފައިވާ ގޯއްޗެއް އެހެން މީހެއްގެ ނަމަށް ބަދަލުކުރުމުގެ ކަންކަން ނުކުރުމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އެދިއްޖެއެވެ. ހަނިމާދު އަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫގެ ރައްޔިތުންގެ ބޯހިޔާވަހިކަމާއި މުނިސިޕަލް ހިދުމަ...
އައިޝަތު އައިނީ އާމިރު
ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ހަދަން ދޫކޮށްފައި އޮންނަ ސަރަހައްދުގައި މަރުވެފައި އޮއްވާ ފެނުނު މީހާ އަކީ ގެއްލިގެން ހޯދަމުން ދިޔަ މީހާކަން ކަށަވަރުވެފައިވާ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ. ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ހަދަން ދޫކޮށްފައި އޮންނަ ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިގެން މައްސަލަ ތަހްގީގުކުރަން ފަށާފައިވާކަން ފުލުހުން ހާމަކުރީ 25 އޯގަސްޓް 2025 ގައެވެ. ފުލުހުން މިރޭ ބުނެފައިވާ ގޮތުގައި، މަރުވެފައި އޮއްވާ ފެނިފައިވަނީ، 2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ […]
ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީގައި ހޭންޑްބޯލް ބަލަން ތިބޭގޮތަށް ގާއިމުކުރެވޭ ސިޑިބަރިއާއެކު ހަގީގަތުގައި ގާއިމުވެގެން ދަނީ ބީޗް ހޭންޑްބޯލް ސްޓޭޑިއަމެއް ކަމަށް ރައީސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ ހދ. އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހުން ފެށިގެން މިއަދު ނިޔަލަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރޭ ކުޅުދުއްފުށި ސިޓީއަށް ކުރެއްވި ޒިޔާރަތުގައި، އެ ސިޓީގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައެވެ. ރައީސްގެ ވާހަކަފުޅުގައި، ކުޅިވަރުގެ ދާއިރާއިން ކުޅުދު...
ޔުމްނާ ޢަލީ
ހދ. ކުމުންދޫ ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށްފަށައި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މިއަދު ހަވާލުކޮށްފިއެވެ. ކުމުންދޫ ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މިއީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢު އެކެވެ. 102 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ދަށުން ކުމުންދޫގައި އާރްއޯ ޕްލާންޓެއް ބަހައ...
ޔުމްނާ ޢަލީ
ހދ. ކުމުންދޫ އާއި ކުރިނބީގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ. މި ތަންތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މި ދެރަށަށް މިއަދު ކުރެއްވި ޒިޔާރަތުގައެވެ. ކުރިނބީގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވާފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް […]
ޔުމްނާ ޢަލީ
ހދ. ނޭކުރެންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އިއްޔެ އަޅައި އެރަށު ހޭންޑްބޯޅަ ކޯޓު އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ. ނޭކުރެންދޫ ހޭންޑްބޯޅަ ކޯޓު ހުޅުއްވައިދެއްވީ ރައީސް ޑރ. މުޙއްމަދު މުޢިއްޒު ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އިއްޔެ ނޭކުރެންދޫ އަށް ކުރެއްވި ޒިޔާރަތުގައެވެ. މި ހޭންޑްބޯޅަ ކޯޓް ހުޅުއްވައި ދެއްވީ ވެސް ރައީސެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް […]
ޔުމްނާ ޢަލީ
ދ. ވައިކަރަދޫގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މިޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އިއްޔެ ވައިކަރަދޫ އަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ވައިކަރަދޫގެ ކުޅިވަރުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ގެނެސްދެއްވުމަށް ސަރުކާ...
ޔުމްނާ ޢަލީ
ހދ. ކުމުންދޫ އަދި ކުރިނބީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު އެ ދެ ރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ހަނދާނީ ބޭންކް ކާޑެއް ދެ ރަށު ކައުންސިލާއި ވަނީ ހަވާލުކުރައްވާފައެވެ. މި ދެރަށުގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށ...
އައިޝަތު އައިނީ އާމިރު
ހުޅުމާލޭ އެމްޕީއެލް ޓަވަރުގައި ދިރިއުޅެމުން އައި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުން މިއަދު ބުނީ، ގެއްލިގެން ހޯދަމުން އަންނަނީ މަސީޙް ޢަބްދުލް ޙަކީމް (41އ) ދޫޑިގަން، ފަސީހްއާބާދު / ޏ.ފުވައްމުލައް އެވެ. އާއިލާއަށް މަސީޙްގެ ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މި އޯގަސްޓު މަހުގެ 25 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ. މަސީޙް ޢަބްދުލް ޙަކީމް މިހާރު ދިރިއުޅެމުންދަނީ ހުޅުމާލެ، އެމްޕީއެލް ޓަވަރުގައި ކަމަށާއި އޭނާގެ [...
ޔުމްނާ ޢަލީ
ހދ. ކުރިނބީ ބަނދަރު ތަރައްގީކުރުމުގެ ދެވަނަ ފިޔަވައްސެއްގައި މޫދަށް އެރޭ ސަރަހައްދަކާއި، އޮޑި އެހެލާނެ ސަރަހައްދަކާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ފުރިހަމަކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ކުރިނބީއަށް ކުރެއްވި ޒިޔާރަތުގައި، އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފ...
ޔުމްނާ ޢަލީ
ހދ. ކުރިނބީ ޞިއްހީ މަރުކަޒުގެ އަލަށް އިމާރާތްކުރާ ޢިމާރާތުގެ މަސައްކަތް ނިމުމުން އެ މަރުކަޒުން 24 ގަޑިއިރު ޚިދުމަތް ދެވޭނެކަމުގެ ޔަޤީންކަން ރައީސް މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މި ޔަޤީންކަން ދެއްވާފައިވަނީ، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ކުރިނބީއަށް ކުރެއްވި ޒިޔާރަތުގައި، އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައެވެ. މިއަދު ވަނީ ކުރިނބީ ޞިއްހީ މަރުކަޒުގެ އަލަށް ހަދާ އިމާރާތުގެ މަސައްކަތް އެމް.ޓީ.ސީ.ސީ.އާ ޙަވާލުކުރައްވާފަ...
ޔުމްނާ ޢަލީ
ހދ. ކުރިނބީ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ކުރިނބީ ސްކޫލްގެ މަލްޓި ޕާޕަސް ހޯލުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތައް ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ކުރިނބީ އަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައެވެ. […]
ޔުމްނާ ޢަލީ
ހދ. ނޭކުރެންދޫގައި ޖަލެއް އަޅަން ކަނޑައަޅާފައި އޮތް ބިން އެރަށު ކައުންސިލާއި ހަވާލުކޮށްފިއެވެ. އެކަން ހާމަކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ އެރަށަށް ކުރެއްވި ޒިޔާރަތުގައި ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، ނޭކުރެންދޫ ކައުންސިލްގެ އެދުމުގެ މަތީން، އެ ރަށުގައި ކުރިން ޖަލެއް ހަދަން ކަނޑައަޅާފައި އޮތް ބިމެއް ކައުންސިލާ ހަވާލުކުރައްވާފައިވާކަމަށެވެ. އެއީވެސް އިޤްތިޞާދީ ނަފާ ހޯދުމަށް ބޭނުންކުރުމަށް ހަވާލުކުރައްވާފައިވާ ބިމެއް ކަމަށް އެމަނިކުފާނު...
ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ކޭޕީއެލް) އާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މިއަދު ކުޅުދުއްފުށީ ޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ ގޮތުން، މި އެއްބަސްވުމުގައި އިޤްތިޞާދީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު މުޙައްމަދު ސަޢީދުއެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުޙައްމަދު ރިޝްވާންއެވެ. ރައީސުލްޖުމްހޫރިއ...
އައިޝަތު އައިނީ އާމިރު