ހދ. މަކުނުދޫގެ ސިއްހީ މަރުކަޒުގެ އައު އިމާރާތާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި އަދި ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ. މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން މިއަދު މަކުނުދޫ އަށް ކުރެއްވި ޒިޔާރަތުގައެވެ. މަކުނުދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ، ސިއްޙީ ވަޒީރު އަބްދުﷲ ނާޘިމް އިބްރާހިމެވެ. މަކުނުދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފ...
ޔުމްނާ ޢަލީ
ހދ. ނޮޅިވަރަންފަރު ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ. މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ނޮޅިވަރަންފަރަށް ކުރެއްވި ޒިޔާރަތުގައި މިއަދު ހެނދުނުއެވެ. ރަސްމިއްޔާތުތަކުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. ނޮޅިވަރަންފަރުގައި އަޅާ ކައުންސިލް އިދާރާގެ އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު...
ޔުމްނާ ޢަލީ
ހދ. ކުޅުދުއްފުށީ ސިޓީގެ ގެއެއްގެ ތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި އަތުލިޔުމަށް ބަލައިގެން މީހެއްގެ މައްޗަށް ކުށް ސާބިތުވެ, އުމުރަށް ޖަލަށްލާން އެރަށު މެޖިސްޓްރޭޓް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. ހދ. ކުޅުދުއްފުށީގައި 2021 ވަނަ އަހަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ތެރެއިން މަސްތުވާތަކެތި ފެނުނީ މީހަކު ދިރިއުޅޭ ކޮޓަރިއަކުންނާއި އެ ގޭގެ ގޯތި ތެރެއިންނެވެ. ކޮޓަރިން ފެނުނީ ޓްރެފިކިން މިންގަނޑަށް ނާރާ މިންވަރުގެ މަސްތުވާތަކެތި ނަމަވެސް ގޯތި ތެރެއިން ފެނުނީ ޓްރެފިކިން މިންގަނޑަށް އަރާ...
ހުސައިން ހަބީބް
ހދ. ނޮޅިވަރަންފަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗެއް މިއަދު ހުޅުވައިފިއެވެ. ނޮޅިވަރަންފަރުގައި ހުޅުވާފައިވަނީ ބީއެމްއެލް އިސްލާމިކް ބާރާންޗެކެވެ. ނޮޅިވަފަންފަރު ބީއެމްއެލް ބްރާންޗްގެ ހުޅުވުމުގެ އިތުރުން އެރަށުގައި މިއަދު ވަނީ ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ވެސް ފަށާފައެވެ. މި ޚިދުމަތްތައް ފަށާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ނޮޅިވަރަންފަރަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން މިއަދު ހެނދުނު...
ޔުމްނާ ޢަލީ
ހުޅުމާލެއިން މަރުވެފައި އޮއްވާ ފެނުނު މީހާ އަކީ ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީއެއް ކަމަށް ބެލެވޭ ބައެއްކަންކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެފިއެވެ. ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ހަދަން ދޫކޮށްފައި އޮންނަ ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިފައިވާކަމަށް ފުލުހުން ވަނީ އިއްޔެ ވަނީ ބުނެފައެވެ. އެ މީހާއާއި ގުޅޭ ފަހުގެ މައުލޫމާތު އަދާހަމަކުރަމުން ފުލުހުން މިއަދު ބުނ ހުޅުމާލެއިން މަރުވެފައި އޮއްވާ ފެނުނު މީހަކީ، 2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 21 ވަނަ ދުވަހުން […]
ޔުމްނާ ޢަލީ
ހދ. ނޮޅިވަރަންފަރުގެ ތަރައްޤީއަށްޓަކައި މިއަދު މި ފައްޓަވަނީ ވަރަށް މުހިންމު ޞަފުޙާއެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ނޮޅިވަރަންފަރަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ނޮޅިވަރަންފަރުގެ ތަރައްޤީއަށްޓަކައި މި ފައްޓަވަނީ ވަރަށް މުހިންމު ޞަފުޙާއެއް ކަމަށާއި، ރަށުގެ ތަރައް...
ޔުމްނާ ޢަލީ
ހދ. ނޮޅިވަރަންފަރުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅުއްވާފައިވާ ބިން އެރަށު ކައުންސިލާއި ރޭ ހަވާލުކޮށްފިއެވެ. މި ބިމުން ނަފާވެރިކަން ނުލިބި އެތައް އަހަރެއް ވޭތުވެގެންދާތީ، އެ ބިމުގެ މައްސަލަ ހައްލުކޮށް ރައްޔިތުންނަށް ބިން ހޯދައިދިނުމަކީ އެރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ވަކާލާތުކުރަމުން އައި ކަމެކެވެ. މި ބިން ނޮޅިވަރަންފަރު ކައުންސިލާއި ހަވާލުކޮށްފައި ވަނީ ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހަތް ވަނަ މަންޒިލްގެ ގިތުގައި ރޭ ނޮޅިވަންފަރަށް ކުރެ...
ޔުމްނާ ޢަލީ
ހދ. ނޮޅިވަރަންފަރުގައި ތަރައްޤީކޮށްފައިވާ 100 ހައުސިން ޔުނިޓު، އެރަށު ކައުންސިލާ ރަސްމީކޮށް ރޭ ހަވާލުކޮށްފިއެވެ. މި ހައުސިން ޔުނިޓްތައް ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ނޮޅިވަރަންފަރަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައެވެ. މި ހައުސިން ޔުނިޓްތައް ރަސްމީކޮށް ހަވާލުކުރުމުގެ ލިޔުން ނޮޅިވަރަންފަރު ކައުންސިލާ ހަވާލުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. ރޭގ...
ޔުމްނާ ޢަލީ
ހދ. ނޮޅިވަރަންފަރު ފުޓްބޯޅަ ދަނޑު ފީފާ ސްޓޭންޑަޑަށް ތަރައްގީކުރުމަށާއި އެރަށުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅަން ރޭ ހަވާލުކޮށްފި އެވެ. މި މަޝްރޫޢުތައް ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ނޮޅިވަރަންފަރަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގަ އެވެ. ނޮޅިވަރަންފަރު ފުޓްބޯޅަ ދަނޑު ފީފާ ސްޓޭންޑަޑަށް ތަރައްގީކުރުމަށް ހަވާލުކޮށްފައި ވަނީ ރޯޑް ކޯޕަރޭޝަން (އާރުޑީސީ) އާއެވެ. މ...
ޔުމްނާ ޢަލީ
ހދ. ނޮޅިވަރަންފަރު ސިއްހީ މަރުކަޒުގެ އައު އިމާރާތާއި ސްކޫލްގެ މަލްޓިޕާޕަސް ހޯލާއި އުމްރާނީ ވަސީލަތް ތަރައްގީކުރަން ރޭ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތައް ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ނޮޅިވަރަންފަރަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ. މި ރަސްމިއްޔާތުތަކުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. ނޮޅިވަރަންފަރުގެ ސިއްޙީ މަރުކަޒު...
ޔުމްނާ ޢަލީ
ހދ. ނޮޅިވަރަމް ފުޓުބޯޅަ ދަނޑު ފީފާ ސްޓޭންޑަޑަށް އަޕްގްރޭޑްކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ނޮޅިވަރަމަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ނޮޅިވަރަމްގެ ތަރައްޤީއަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން، ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއިންވެސް،...
ޔުމްނާ ޢަލީ
ހދ. ނޮޅިވަރަމުގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރެއްވުމުގެ މަސައްކަތް މި އަހަރު ފައްޓަވާނޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ނޮޅިވަރަމަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ނޮޅިވަރަމަކީ އާބާދީ ބޮޑު، ބިންބޮޑު ރަށެއް ކަމުގައިވާތީ، އެ ރަށުގައި ހ...
ޔުމްނާ ޢަލީ
ހދ. ނޮޅިވަރަމުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒާއި ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ ރޭ އަޅައިފިއެވެ. މި ރަސްމިއްޔާތުތައް ބާއްވާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ނޮޅިވަރަމަށް ކުރެއްވި ޒިޔާރަތުގައެވެ. މި ރަސްމިއްޔާތުތަކުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. ނޮޅިވަރަމުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުނޮޅިވަރަމުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވ...
ޔުމްނާ ޢަލީ
ހދ. ނޮޅިވަރަމުގެ ދަނޑުވެރިންނަށް ބޭނުންވާ ދަނޑުވެރިކަމުގެ ސާމާނު ފަސޭހައިން ލިބޭނެ ގޮތް ހެދުމުގެ ގޮތުން، އެރަށުގައި ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ވިއްކާ ފިހާރައެއް ގާއިމު ކުރުމަށްޓަކައި، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި ނޮޅިވަރަމް ކައުންސިލްގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ނޮޅިވަރަމަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭ...
ޔުމްނާ ޢަލީ
ހދ. ނޮޅިވަރަން ދަނޑުބިންތަކުން ރަށު ކައުންސިލަށް ފީ ނުނެންގެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިކަމަށް އިލްތިމާސްކުރެއްވީ ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ނޮޅިވަރަމަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. މިގޮތުން ރައީސް ވިދާޅުވީ، ނޮޅިވަރަމަކީ ދަނޑުވެރި ރަށެއް ކަމަށާއި، އެ ރަށުގެ ވަކި ވަކި އާއިލާތަކަށް އެންމެ ބޮޑު...
ޔުމްނާ ޢަލީ
ހދ. ނޮޅިވަރަމުގެ ބަނދަރު ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ އަދި މަގުތައް ހެދުމުގެ މަސައްކަތް އާރުޑީސީއާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތައް ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ނޮޅިވަރަމަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ. ބަނދަރު ހެދުމުގެ މަޝްރޫޢު ބަނދަރު ހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއ...
ޔުމްނާ ޢަލީ
ހދ. ނެއްލައިދޫގައި މިހާރު ބޭނުންކުރާ ބޯޅަ ދަނޑު ލައިޓް ޖަހައި ފުރިހަމަކޮށްދީ، އެރަށުގައި ފުޓްސަލްއާއި ހޭންޑްބޯޅަ ދަނޑެއް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފަސް ވަނަ މަންޒިލްގެ ގޮތުގައި މިއަދު ނެއްލައިދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ ނެއްލައިދޫގައި މިހާރު...
ޔުމްނާ ޢަލީ
ގއ. މާމެންދޫގައި މީގެ ފަސް އަހަރު ކުރިން މަރާލި އަހުމަދު އުދައްޔުގެ މަރުގެ މައްސަލާގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ. ފެބްރުއަރީ, 2021 ގައި މާމެންދޫގައި ހިންގި މާރާމާރީއެއްގައި އުދައްޔު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ އެރަށު ރިހިފަރުދާގޭ އަހުމަދު ޝަމީމާއި އެ ރަށު ގުލްފާމުގޭ މުހައްމަދު މާޒިންގެ އިތުރުން އެރަށު ބިލަތްމާގޭ ޝަރަފް ރަޝީދުގެ މައްޗަށެވެ. އޭގެ ތެރެއިން ކުށް ސާބިތުވީ ޝަމީމާއި މާޒިންގެ މައްޗަށެވެ. […]
ހުސައިން ހަބީބް