މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (07:00 އިން 11:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ބިންހެލުމުގެ ޚަބަރު އިންޑޮނޭޝިއާއަށް M5.4 ގެ ބިންހެލުމެއް އަތުވެއްޖެ - 16 މިނިޓު ކުރިން

އެންމެ ފަހުގެ ލިޔުންތައް

39,393 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 346 ވަނަ ޞަފްޙާ

ހިންނަވަރުގައި 100 ހައުސިންގ ޔުނިޓު އަޅަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަނީ

ހިންނަވަރުގައި 100 ހައުސިންގ ޔުނިޓު އަޅަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަނީ

އަންނަ އަހަރުގެ ބަޖެޓުގައި ޅ. ހިންނަވަރުގައި 100 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަޝްރޫޢެއް ހިމަނުއްވާނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ފާދިއްޕޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހިންނަވަރަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ހިންނަވަރަކީ ބޯހިޔާވަހިކަމުގެ ގޮންޖެހުންތަކެއް ހުރި ބައިބޯ ރަށެއްކަމަށާއި، މި ގޮންޖެހުންތަކަށް ޙައްލެއް ހޯއްދަވައި ދެއްވުމަކީ އެމަނިކުފާނުގެ ސަރުކާރުން އިސްކ...

ޔުމްނާ ޢަލީ
އެންއައިސީގެ ރައީސްކަމުގެ މަގާމަށް ޝުޢައިބު ޢައްޔަންކުރައްވައިފި

އެންއައިސީގެ ރައީސްކަމުގެ މަގާމަށް ޝުޢައިބު ޢައްޔަންކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސްކަމުގެ މަޤާމަށް އެކޮމިޝަނުގެ މެންބަރު، ދަފްތަރު. ނަންބަރު ރސ 1188 އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަހްމާނު، މިއަދު ޢައްޔަންކުރައްވައިފިއެވެ. މިއީ، ޝުޢައިބު ޢަބްދުއްރަހްމާނު، މި ކޮމިޝަނުގެ މެމްބަރުކަމަށް ޢައްޔަންކުރެއްވި ދެވަނަ ދައުރެވެ. އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަހްމާނު، މިކޮމިޝަނުގެ ރައީސްކަމަށް ޢައްޔަންކުރައްވާފައިވަނީ ކުރިން މިކޮމިޝަނުގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ބޭފުޅާގެ ދައުރުހަމަވުމާގުޅިގެންނެވެ....

ޔުމްނާ ޢަލީ
މީޑިއާ ކޮމިޝަނުގެ ރައީސަކަށް ފަރުޝަތު އައްޔަންކުރަން ފާސްކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސަކަށް ފަރުޝަތު އައްޔަންކުރަން ފާސްކޮށްފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)ގެ ރައީސެއްގެ މަގާމަށް މުހައްމަދު ފަރުޝަތު ޢައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ. އެމްއެމްބީސީގެ ރައީސެއް ކަނޑައެޅުމަށް އެ ކޮމިޝަންގެ ހަތް މެންބަރުންނާ ކޮމިޓީން ވަނީ އިންޓަވިއުކޮށްފައެވެ. އެ އިންޓަވިޔުތަކަށް ފަހު، 23 އޮކްޓޯބަރު 2025 ގައި އޮތް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ނިންމާފައިވަނީ، އެމްއެމްބީސީގެ ރައީސްގެ މަގާމަށް ފަރުޝަތު އައްޔަންކުރުމަށެވެ. ފަރުޝ...

ޔުމްނާ ޢަލީ
ނައިވާދޫ ހަތަރު ބިމެއް ވިއްކުމަށް ހުޅުވާލައިފި

ނައިވާދޫ ހަތަރު ބިމެއް ވިއްކުމަށް ހުޅުވާލައިފި

ހދ. ނައިވާދޫއިން ވިއްކުމަށް ހަމަޖެހިފައިވާ 8 ބިމުގެ ތެރެއިން ނުވިކި އޮތް 4 ބިން ވިއްކުމަށް ނައިވާދޫ ކައުންސިލް އިދާރާއިން ނިންމާފައިވާތީ، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު އެ އިދާރާއިން ހުޅުވާލައިފިއެވެ. މިއިން ކޮންމެ ބިމެއްގެ ބޮޑު މިނަކީ އިން 3000 އަކަފޫޓެވެ. ނައިވާދޫ ކައުންސިލުން އާންމުކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ، އެ ރަށުން ވިއްކުމަށް ހަމަޖެހިފައިވާ 4 ބިން ވިއްކުމަށް ހުޅުވާލެވިފައިވާ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް -/250 ރުފިޔާކަމަށެވެ. އަދި މި ބިންތައް [...

އައިޝަތު އައިނީ އާމިރު
ސްޓެލްކޯގެ ދެ މުވައްޒަފަކު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފި

ސްޓެލްކޯގެ ދެ މުވައްޒަފަކު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް ގިނަ ދުވަހު އިޚްލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ދެ މުވައްޒަފަކު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފި އެވެ. މި ދެ ބޭފުޅުންނަކީ ކުންފުނީގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނެވެ. ރިޓަޔާކުރެއްވި ބޭފުޅުންގެ އަގު ވަޒަންކުރުމުގެ ގޮތުން ސްޓެލްކޯއިން ވަނީ އިއްޔެ ހާއްސަ ހަފުލާއެއް ބާއްވާފަ އެވެ. މި ހަފުލާގައި ރިޓަޔާކުރެއްވި ދެ ބޭފުޅުންނަށް އެކަމުގެ ލިޔުން ހަވާލުކޮށް ދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަމާ...

އިބްރާހިމް އަސްވާޤް
ވީއައިއޭއިން ފޭރިގަތުން: ހަތަރު މީހަކު ހައްޔަރުކޮށް ލޯންޗު ހޯދައިފި

ވީއައިއޭއިން ފޭރިގަތުން: ހަތަރު މީހަކު ހައްޔަރުކޮށް ލޯންޗު ހޯދައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތެރެއިން ބޭންކެއްގެ މުވައްޒަފުން އަތުން ފައިސާ ހުރި ސޫޓްކޭހެއް ފޭރިގަތް މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށް، މި ކުށުގައި ބޭނުންކުރި ލޯންޗު ހޯދައިފިއެވެ. މިކަމާ ގުޅޭ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ ފަތިހު 4:45 ގައެވެ. ފުލުހުން ބުނިގޮތުގައި ފޭރިގެންފައި ވަނީ ވީއައިއޭގެ ޓާމިނަލް 1 އަށް ވަންނަން ދިޔަ ބެންކެއްގެ ދެ މުވައްޒަފެއްގެ އަތުގައި އޮތް ސޫޓް ކޭހެކެވެ. މި ސޫޓް ކޭސް ފޭރިގެންފައި ވަނީ މޫނު ނިވާކޮށްގެން […]

ޔުމްނާ ޢަލީ
އަންނަ އަހަރަށް ހުށަހަޅަނީ ވަޢުދުތަކުގެ ބާކީހުރި މަޝްރޫޢުތައް ފެށޭނެ ބަޖެޓެއް: ރައީސް

އަންނަ އަހަރަށް ހުށަހަޅަނީ ވަޢުދުތަކުގެ ބާކީހުރި މަޝްރޫޢުތައް ފެށޭނެ ބަޖެޓެއް: ރައީސް

އަންނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓަކީ، އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތަކުގެ ތެރެއިން ބާކީހުރި ހުރިހާ މަޝްރޫޢުތަކެއް ފެށޭނެ ބަޖެޓަކަށް ވެގެންދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާދިއްޕޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލް ކަމަށްވާ އޮޅުވެލިފުއްޓަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އޮޅުވެލިފުށީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑ...

ޔުމްނާ ޢަލީ
ޔާމީން ކޯޓަށް ހާޒިރުނުވެ, ދިއްދޫއަށް ފުރައިވަޑައިގަތުމުން ކޯޓުގެ އިންޒާރު

ޔާމީން ކޯޓަށް ހާޒިރުނުވެ, ދިއްދޫއަށް ފުރައިވަޑައިގަތުމުން ކޯޓުގެ އިންޒާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާކުރާ މައްސަލާގެ ޝަރީއަތަށް މިއަދު ހާޒިރުނުވެ, ހއ. ދިއްދޫއަށް ވަޑައިގަތުމަށް ފުރައިވަޑައިގަތުމުން އެމަނިކުފާނާ މެދު ގާނޫނީ ފިޔަވަޅު އެޅިދާނެކަމުގެ އިންޒާރު ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ. ޔާމީން މިއަދު ދިއްދޫއަށް ވަޑައިގަތުމަށް ފުރައިވަޑައިގަތީ ހއ. އަތޮޅު ކައުންސިލް އެވޯޑު “ތިލައުތުރު އެވޯޑް 2025” ހަފުލާ ޝަރަފުވެރިކޮށްދެއްވުމަށެވެ. ނަމަވެސް ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން އެމަނިކުފާނަށް ދައުވާކުރާ މައްސަލާގެ އަޑުއެހުމެއް މިއަދު ތ...

ހުސައިން ހަބީބް
ޖިބޫތީގެ ވެރިކަމަށް ކުރިމަތިލެވޭ އެންމެ ދޮށީ އުމުރު އުވާލައި މިހާރުގެ ރައީސަށް ހަވަނަ ދައުރަކަށް މަގު ފަހިކޮށްދީފި

ޖިބޫތީގެ ވެރިކަމަށް ކުރިމަތިލެވޭ އެންމެ ދޮށީ އުމުރު އުވާލައި މިހާރުގެ ރައީސަށް ހަވަނަ ދައުރަކަށް މަގު ފަހިކޮށްދީފި

ޖިބޫތީގެ ޤާނޫނު ހަދާ މަޖިލީހުން އެ ގައުމުގެ ރައީސްކަމަށް ކުރިމަތިލާ މީހުންގެ އެންމެ ދޮށީ އުމުރުގެ ގޮތުގައި ކަނޑައަޅާފައިވާ އުމުރު އުވާލަން ފާސްކޮށްފިއެވެ. ޖިބޫތީގެ ގާނޫނުއަސާސީ މިހާރު އޮންނަގޮތުން އުމުރުން 75 އަހަރު ފުރުމުން ރައީސްކަމަށް ކުރިމައްޗެއް ނުލެވޭނެއެވެ. ނަމަވެސް އެ ގަުމުގެ ގާނޫނު ހަދާ މަޖިލީހުން އިއްޔެ ފާސްކުރި ނިންމުމާއެކު އުމުރުން 75 އަހަރު ފުރުނަމަވެސް އެ ގައުމުގެ ވެރިކަމަށް ކުރިމަތިލެވޭނެއެވެ.މި ނިންމުމުގެ ސަބަބުން އުމުރުފުޅުން 77 އަހަރު ގުނަމުންދާ މިހާރު ރައީސް އިސްމާޢީލް ޢުމަރު...

ނާޒިމާ އަލީ
ރައީސް ޅ.އަތޮޅާއި ކ.އަތޮޅަށް، ފުރަތަމަ މަންޒިލަކީ އޮޅުވެލިފުށި

ރައީސް ޅ.އަތޮޅާއި ކ.އަތޮޅަށް، ފުރަތަމަ މަންޒިލަކީ އޮޅުވެލިފުށި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޅ. އަތޮޅާއި ކ. އަތޮޅުގެ މީހުން ދިރިއުޅޭ ހަތް ރަށަކަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށާއި، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ހާލުބެއްލެވުމަށް ރައީސް ކުރަށްވާ ސިލްސިލާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާ...

ޔުމްނާ ޢަލީ
ވީއައިއޭ ތެރެއިން ބެންކް މުވައްޒަފުން އަތުން ފައިސާ ހުރި ސޫޓްކޭހެއް ފޭރިގެންފި

ވީއައިއޭ ތެރެއިން ބެންކް މުވައްޒަފުން އަތުން ފައިސާ ހުރި ސޫޓްކޭހެއް ފޭރިގެންފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތެރެއިން ބެންކް މުވައްޒަފުން އަތުން ފައިސާ ހުރި ސޫޓްކޭހެއް ފޭރިގެންފިއެވެ. ފުލުހުން ބުނިގޮތުގައި ފޭރިގެންފައި ވަނީ ވީއައިއޭ ޓާމިނަލް 1 އަށް ވަންނަން ދިޔަ ބެންކެއްގެ ދެ މުވައްޒަފެއްގެ އަތުގައި އޮތް ސޫޓް ކޭހެކެވެ. މި ސޫޓް ކޭސް ފޭރިގެންފައި ވަނީ މޫނު ނިވާކޮށްގެން ތިބި ބަޔެކެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލަ އެ އިދާރާއަށް ރިޕޯޓްކޮށްފައި ވަނީ ރޭ ފަތިހު 4:45 ގައެވެ. މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން […]

ޔުމްނާ ޢަލީ
އިހަވަންދޫގައި ބޭއްވި ހޭންޑްބޯލް ޓްރެއިނިންގ ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލައިފި

އިހަވަންދޫގައި ބޭއްވި ހޭންޑްބޯލް ޓްރެއިނިންގ ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލައިފި

ހއ. އިހަވަންދޫގައި ބޭއްވި ހޭންޑްބޯލް ޓްރެއިނިންގ ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ޓްރެއިނިންގ ކޭމްޕް ނިންމާލުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ، އެމް.އެން.ޑީ.އެފް ނޯރތު އޭރިއާ ޑެޕިއުޓީ ކޮމާންޑަރ އަޙުމަދު ބޫލާޤު އެވެ. އަދި މި ރަސްމިއްޔާތުގައި އިހަވަންދޫ ކައުންސިލުގެ ރައީސް އަޙުމަދު ސޮބާޙް އާއި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ޓްރެއިނިންގ ކޭމްޕަކީ އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި އިހަވަންދޫ ކައުންސިލް...

އައިޝަތު އައިނީ އާމިރު
މަމްދާނީ މުސްލިމް އައިޑެންޓިޓީ ދިފާއުކުރަށްވައި ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ވާހަކަދައްކައިފި

މަމްދާނީ މުސްލިމް އައިޑެންޓިޓީ ދިފާއުކުރަށްވައި ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ވާހަކަދައްކައިފި

ނިއުޔޯކް ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޒޮހްރާން މަމްދާނީ، އިސްލާމީ އަދި މުސްލިމުންގެ ދީނީ އަދި ޘަޤާފީ ވަނަވަރު ދިފާޢުކުރައްވައި، ވާދަވެރިންގެ “ނަސްލީ” ހަމަލާތަކަށް ފާޑުވިދާޅުވެއްޖެއެވެ. ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ އިންތިޚާބުގެ ވޯޓުލުން ފެށުމުގެ ކުރިން ދެއްވި ޖަޒުބާތީ ތަޤްރީރެއްގައި، މަމްދާނީ ވިދާޅުވީ އޭނާގެ އިސްލާމީ ދީނާއި ޘަޤާފަތް އިތުރަށް ދިފާއުކުރަށްވާނެ ކަމަށެވެ. އަދި ދިގު މުއްދަތެއްގައި ނިއުޔޯކް ސިޓީގެ މުސްލިމުން ކުރިމަތިލާންޖެހިފައިވާ “ނިކަމެތިކަމ...

ޔުމްނާ ޢަލީ
ޑރ.ޝިރާނީގެ 'ހަޔާތުގެ ސަފްހާތަކުން ބާބެއް-އެކްޒީމާގެ ދަތުރު' ފޮތް ކުޅުދުއްފުށީ ޕަބްލިކް ލައިބްރަރީއަށް

ޑރ.ޝިރާނީގެ 'ހަޔާތުގެ ސަފްހާތަކުން ބާބެއް-އެކްޒީމާގެ ދަތުރު' ފޮތް ކުޅުދުއްފުށީ ޕަބްލިކް ލައިބްރަރީއަށް

ޑރ. ޝިރާނީ ލިޔުއްވާފައިވާ ފޮތް، “ހަޔާތުގެ ސަފްހާތަކުން ބާބެއް – އެކްޒީމާގެ ދަތުރު” ކުޅުދުއްފުށި ސިޓީ ޕަބްލިކް ލައިބްރަރީ އަށް ހަދިޔާކުރައްވައިފިއެވެ. ޑރ. ޝިރާނީގެ މި ފޮތް އިއްޔެ ރަސްމީކޮށް ޕަބްލިޝްކޮށްފައިވާއިރު، ޑރ. ޝިރާނީގެ މަންމަ، ޚަދީޖާ އާދަމް އާއި ކޮއްކޮ، ސަނާ އަބްދުއްރަހްމާން، ޝަމްރާ އަބްދުއްރަހްމާން އަދި މަރިޔަމް ޝާދިޔާއަށް ހަދިޔާކޮށް ތަޙްސީސުކުރައްވާފައިވާ މި ފޮތް ނެރެދެއްވީ ޑރ. ޝިރާނީގެ މަންމައާއި ބައްޕަ އެވެ. ދިވެހި އަދި އިނގިިރޭސި ބަހުން ލިޔުއްވާފައިވާ އެ ފޮތުގެ ކޮޕީ […]

އައިޝަތު އައިނީ އާމިރު
ތިލައުތުރު ފުޓްސަލް މުބާރާތުގެ ގުރުއަތުލައިފި

ތިލައުތުރު ފުޓްސަލް މުބާރާތުގެ ގުރުއަތުލައިފި

ހއ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ގެ ގުރުއަތުލުން މިރޭ ބާއްވައިފިއެވެ. އުތީމުގައި ކުޅޭ މި މުބާރާތުގެ ގުރުއަތުލުން މިރޭ ކުރިއަށް ގެންގޮސްފައި ވަނީ އެކަަމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެެއްގައެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހއ.އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤް ވަނީ މި މުބާރާތުގެ އެއް މަގްސަދަކީ އެއްރަށް އަނެއް ރަށާއި ގުޅުން ބަދަހިކުރުންކަން ފާހަގަކުރަށްވައި، އެކަން ހާސިލްވަމުން އަންނަކަން ވަނީ...

ޔުމްނާ ޢަލީ
ހޯމަ ދުވަހުން ފެށިގެން ކޭއާރުއެޗްގައި ހިތުގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރެއް

ހޯމަ ދުވަހުން ފެށިގެން ކޭއާރުއެޗްގައި ހިތުގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރެއް

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) ގައި ހޯމަ ދުހުން ފެށިގެން (މާދަމާއިން ފެށިގެން) ހިތުގެ ބަލީގެ ޚާއްސަ ޑޮކްޓަރެއް ބަލި މީހުން ބެލުމަށް ހަމަޖެހިއްޖެއެވެ. މިކަން ހާމަކުރަމުން ކޭއާރުއެޗުން ބުނެފައިވަނީ، ހިތުގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ބިލާލް ޝާހް 27 އޮކްޓޯބަރ 2025 އިން ފެށިގެން އެ ހޮސްޕިޓަލުގައި ފަރުވާދޭނެ ކަމަށެވެ. މިގޮތުން ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކުން އެޕޮއިންޓްމަންޓް ހެއްދުމަށް ހަވީރު 4 އިން ހެނދުނު 6 އާއި ދެމެދު ކޭއާރުއެޗުގެ ނަންބަރު، 6528864 […]

އައިޝަތު އައިނީ އާމިރު
ތުރުކީން ވިޔަފާރި ހުއްޓާލުމުން އިސްރާއީލުގެ ދަގަނޑު ކުންފުންޏެއް ބަނގުރޫޓުވެއްޖެ

ތުރުކީން ވިޔަފާރި ހުއްޓާލުމުން އިސްރާއީލުގެ ދަގަނޑު ކުންފުންޏެއް ބަނގުރޫޓުވެއްޖެ

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލުނައްތާލުމުގެ ހަނގުރާމައާ ގުޅިގެން ތުރުކީން އެ ޤައުމާ ކުރާ ވިޔަފާރި މުޅިން ހުއްޓާލުމާ ގުޅިގެން، އިސްރާއީލުގެ ދަގަނޑާއި ދަގަނޑު ކުނޑި ވިޔަފާރިކުރާ ބޮޑު ކުންފުންޏެއް ކަމަށްވާ “ޝައުލް ގުއެޓާ” ކުންފުނި ބަނގުރޫޓުވެއްޖެއެވެ. އިސްރާއީލުގެ މަޝްހޫރު ވިޔަފާރި ނޫސް “ކަލްކަލިސްޓް” ގައި ބުދަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ދެކުނުގައިވާ އަޝްދޯދުގައި ހުންނަ ޝައުލް ގުއެޓާ ކުންފުނި ބަނގުރޫޓުވެފައިވަނީ، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލުނައްތާލުމުގ...

ނާޒިމާ އަލީ
"ތިލައުތުރު އެވޯޑް 2025" ހަފްލާ މާދަމާރޭ

"ތިލައުތުރު އެވޯޑް 2025" ހަފްލާ މާދަމާރޭ

ހއ. އަތޮޅު ކައުންސިލުން ދެމުން އަންނަ ތިލައުތުރު އެވޯޑްގެ “ތިލައުތުރު އެވޯޑް 2025” ދިނުމުގެ ރަސްމިއްޔާތު މާދަމާ ރޭ އޮންނާނެއެވެ. ތިލައުތުރު އެވޯޑަކީ އެކިދާއިރާތަކުން ފާހަގަކުރެވޭފަދަ އަގުހުރި ޚިދްމަތްތަކެއް ހއ.އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އަދި މި ނޫނަސް ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދްމަތްތަކެއް އެ އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އެ އަތޮޅުގެ ސްކޫލް، މަދަރުސާތަކުން ފަޚުރުވެރި ވަނަތައް ހޯދާފައިވާ ދަރިވަރުންނާއި، އެ އަތޮޅަށް އެންމެ ޚިދްމަތްތެރި ރިޒޯޓާއި، އަދި...

ޔުމްނާ ޢަލީ