ހއ. އަތޮޅު ކައުންސިލުން ދެމުން އަންނަ ތިލައުތުރު އެވޯޑްގެ "ތިލައުތުރު އެވޯޑް 2025" ދިނުމުގެ ރަސްމިއްޔާތު މާދަމާ ރޭ އޮންނާނެއެވެ.
ތިލައުތުރު އެވޯޑަކީ އެކިދާއިރާތަކުން ފާހަގަކުރެވޭފަދަ އަގުހުރި ޚިދްމަތްތަކެއް ހއ.އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އަދި މި ނޫނަސް ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދްމަތްތަކެއް އެ އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އެ އަތޮޅުގެ ސްކޫލް، މަދަރުސާތަކުން ފަޚުރުވެރި ވަނަތައް ހޯދާފައިވާ ދަރިވަރުންނާއި، އެ އަތޮޅަށް އެންމެ ޚިދްމަތްތެރި ރިޒޯޓާއި، އަދި އަތޮޅުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކާއި، ކްލަބު ޖަމްޢިއްޔާތަކުގެ މަސައްކަތް ފާހަގަކޮށް އެފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެ އަތޮޅު ކައުންސިލުން ދެމުން އަންނަ އެވޯޑެކެވެ.
ތިލައުތުރު އެވޯޑް ދޭ ދާއިރާތައް
- ތިލައުތުރު ޝަރަފުވެރިކަމުގެ އެވޯޑް
- ތިލައުތުރު ހިތްވަރުދިނުމުގެ އެވޯޑް
- ތިލަ އުތުރު ޚާއްޞަ އެވޯޑް
- ތިލައުތުރު މަތީ ދަރަޖަ އެވޯޑް
- ތިލައުތުރު ޚާއްޞަ ޚިދުމަތުގެ އެވޯޑް
- ތިލައުތުރު ހިންގުންތެރިކަމުގެ އެވޯޑް
ހއ.އަތޮޅު ކައުންސިލްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މި އަހަރުގެ އެވޯޑް ދިނުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވާނީ ކުރީގެ ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމެވެ. 2023 ވަނަ އަހަރުގެ މި އެވޯޑު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ.
2023 ވަނަ އަހަރު ދިން އެވޯޑު 6 ދާއިރާއަކުން 12 ފަރާތަކަށް ވަނީ ދީފައެވެ.
މި އެވޯޑު ދިނުމުގެ ހަފުލާ އޮންނާނީ މާދަމާ ރޭ ހއ. އަތޮޅުގެ ވެރިރަށް ދިއްދޫގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!